މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް އިންޓަނެޓުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެމްއެންޑީއެފް އަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ދިނުމަށާއި، ވައިޑް އޭރިއާ ނެޓްވޯކް އެންހޭންސްކޮށް އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.
މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑަރެހަށް ފޮނުއްވަންވާނެއެވެ.
މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000ރ. ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އީމެއިލް ކުރަން ޖެހެއެވެ.
ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށާއި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރޯއެލް އިންނެވެ. ނަމަވެސް ތިން ވަނަ އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.
ޢިންޑިޔާގެ ރިލައިންސްސަށް މަރުހަބާ
ސަރުކާރުގެ ލަގަންވެސް އަދި ދޭނެ އިންދިޔާ އަށް
މަލީހަށް ވާނެ މިހާރު
އުތުރު ތިލަފަޅު ވަށާގެން އިންޑިއާމީހުން ދާޖަހާ ބައްދަނީ ކީއްކުރަންތަ؟ އަހރެމެން ނައް ބޯވަ ނަގަން ވެސް ފޭބިއަނުދޭ ކިހާދެރަކަމެއް..
އަޖައިބުވާވަރުގެ ކަމެއް މީ އަނެއްކާ ، ބަލަގަ އިންޓަނެޓް ހިދުމަތް އަދި ރާއްޖޭގައި ދެނީ އޫރެދޫ އާއި ދިރާގު އެކަނި އެތަނުން ބަޔަކާ ވާހަކަ ދެއްކީމަ ނިމުނީ ނުން.