އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އޮޅުވާލައި އިންތިޚާބު ވަގަށް ނަގަން މަސައްކަތް ކުރާ ކަމަށް ޕީޕީއެމް އިން ތުހުމަތުކޮށްފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބަށް ކުރިމަތިލާ އިރު އެންމެ ދެރަ ކަމަކީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ކައިރިއަށް ދެވޭނެ ގޮތެއް ނެތުން ކަމަށެވެ. ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއް ނެތް ކެންޑިޑޭޓުން ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އިން ކަންބޮޑުވާ އަމަލުތަކެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ރީރެޖިސްޓްރޭޝަންގެ މަރުހަލާ އާ މެދު ސުވާލު އުފެދޭ ކަމަށާއި ރީރެޖިސްޓްރޭޝަން އާ ގުޅުން ހުރި ކަންކަން ބަދަލު ކުރުމަށް ކޯޓަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމަކީ ވަަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ..
މީގެ އިތުރުން ޕީޕީއެމްގެ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން އެދިފައި ނުވާ މީހެއްގެ ނަމުގައި އެހެން މީހަކު ނުވަތަ ބަޔަކު އޭނާގެ ނަން އަނބުރާ ގެންދަން އެދުނު މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔަ ކަމަށް އިޢުލާން ކުރި މީހުންނަކީ އިލެެކްޝަންސް ކޮމިޝަން އާއި ސަރުކާރުގެ އިދާރާތަކުގެ ނުފޫޒުގެ ސަބަބުން ކުރި ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާގޮތުން އެ ކޮމިޝަންގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުންނަ ގޮތުން އިންތިޚާބުގެ ކުރިން ވަކި ކެންޑިޑޭޓުންތަކެއް ހޮވައިގެން ތިބި ކަމަށް އިހުސާސްކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
" ހަމަހަމަކަމާއި އެކު ފުރުސަތު ފޯރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް. ނަމަވެސް ހިތާމައާ އެކު ފާަހަގަކުރަން ބޭނުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިޔަތް ރަނގަޅު ނޫން ކަން ފާހަގަކުރެވޭ. އެއީ އިންތިޚާބު ވަގަށް ނަގަން މަސައްކަތް ކުރާ މަންޒަރު ފެންނަނީ." އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ކުރިއަށް ގެންދާ ރީ ރެޖިސްޓްރޭޝަން މަރުހަލާއާ މެދު ރައްޔިތުންނަށް އޮންނަ އިތުބާރު ބޮޑުވާނެ ގޮތަށް މައްސަކަތް ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.
އެ ކޮމިޝަނުން ވިދަާޅުވީ ވިދާޅުވީ ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާގެ އަލީގައި ރީ ރަގިސްޓްރޭޝަން މަރުހަލާއަށް ރައްޔިތުންގެ އިތުބާރު އަދިވެސް ބޭނުންވާ ވަރަށް ނުލިބޭ ކަމަށެވެ.
އަބަދުވެސް ތިމާމެންގެ ސިކުނޑީގަ އެނބުރޭ އެއްޗަކީ ވައްކަން އެހެންވީމަ ހަސަނައްހީވާނެ ފުޅައްބުޑުން މީހަކު ދަންޏާ ކެޔޮގަނޑު ކަނޑާފާނެހެން..
މިފަހަރު ކޮޮންމެގޮތެއް ހަދައިފައި ނަމަވެސްއިންތިޚާބު ވަގަށްނެގިޔަ ދީގެންނުވާނެ! އެއްފުރުސަތު އީސީ ސަރިފަށް ލިބެއްޖެ! މިފަހަރު ވާންވާނީ އަހަރެމެންގެ ފަހަރަށް! އީސީ ސަރީފަކަށް އަބަދަކު ވަށްކަންކޮށްގެނެން ދެކޮޅެއް ނުޖެއްސޭނެ!
ވަގުންނަށް އަބަދުވެސް ހީވާނީ ދެންތިބޭނީވެސް ވަގުންނޭ
ނިޔަތްވެސް އެނގެޔޯ.. ރޯނުއެދުރުންތައް.. 3 ބަލިވަނިތި
2013 ގެ ރިޔާސީ ރިޕީޓެއްތަ؟ މިފަހަރު ޕޮލިސް އިންޓެލިޖެންސް ރިޕޯޓު ހޯދާނީ ކިހިނެއް؟ ސުޕްރީމް ކޯޓަށް ދާން ހަދަންޖެހޭ އުކުޅުހަދަން ހަރަދުކުރާނީ ކާކު؟
ލޮލް
ވަރަށް ބޮޑު ތެދެއް. ޢެހެންވެތާ ރިޔާސީ އިންތިޚާބުގެ މައްސަލަ ކޯޓުގައި އޮއްވައި، ވޯޓު ކަރުދާސްތައް އަންދާލާނީ.
ކަލޭމެން ދެމީހުންވެސް ތިޔަ ސޯލިހައް ވަގައްގޮޥީ މާދަމާ އޮތީ ކުޑަގޮޅި