އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރާ ކެމްޕޭންގައި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްެއާރްއެމް) އިން ޝިއާރެއް ހަމަޖައްސައިފިއެވެ.
ކައުންސިލް އިންތިހާބަށް ކަނޑައެޅި ޝިއާރަކީ "ބާރުތައް ރައްޔިތުންނަށް" މިއެވެ. އެމްއާރުއެމްގެ ތަރުޖަމާނު އަބްދުލް އާލިމް "ވަގުތު" އަށް ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ކަނޑައެޅި ޝިއާރުގައިވާ ވިސްނުމުގެ ދަށުން ކައުންސިލް އިންތިޚާބަށް ކަނޑައެޅި ޝިއާރެއް ކަމަށެވެ.
މަޖިލިސް އިންތިޚާބަށް ކަނޑައެޅި އެމްއާރުއެމްގެ އިން ކަނޑައެޅި ޝިއާރަކީ "މާއްދާ 4" އެކެވެ. އެއީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއަށް ރިއާޔަތް ކޮށް ކަނޑައެޅި ޝިއާރެކެވެ. ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއަކީ ރައްޔިތުންގެ ބާރު ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގައިވާ ގޮތުން ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިންނެވެ.
އެމްއާރްއެމްގެ ކެމްޕެއިން ހަރަކާތް އަލުން ލޯންޗް ކުރުމާއި މެދު އަދި ގޮތެއް ނުނިންމާ ކަން އާލިމް ވިދާޅުވިއެވެ. ނަމަވެސް އެކަމާ ޕާޓީ ތެރޭގައި މަޝްވަރާ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއާރުއެމްގެ ޝިއާރެއް ކަނޑައަޅާފައިވާއިރު އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއާ ދެމެދުގައެވެ. އެމްޑީޕީއިން ކެމްޕޭން ކުރަމުން ދަނީ "ރަށްވެހި ފަތިސް" ޝިއާރުގެ ދަށުންނެވެ. ޕީޕީއެމްއާއި ޕީއެންސީއިން މި އިންތިޚާބަށް ކަނޑައަޅާފައިވާ ޝިއާރަކީ "މިއީ މަގޭ ރާއްޖެ" އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 2264 ކެންޑިޑޭޓުން ވާދަކުރާއިރު އެމްއާރުއެމްގެ ފަރާތުން 15 ކެންޑިޑޭޓެއް ވާދަކުރެއެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 15 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަކުރާ 4 ކެންޑިޑޭޓުންނެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެންނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުގެ ވަގުތީ ގާނޫނު އޮތުމުން އެ ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވެއެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން މިހާރު ނިންމާފައި އޮތީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށެވެ.
ތީތި ކަޑަ ރަގަޅީ "ތިންބާރު އެއްކޮށް ބެއްޔާއަށް!" މިޝިޔާރު
ބާރުތައް މައުމޫނަކަށް ނޫންތަ....މރމ ކިޔާބަޔަކު ކުރިމަތިލާތަ...ސަރުކާރުކޯލިޝަނުގެ ޕާޓީތަކުން މީދަލެނުކުތަސް އެއީ ސަރުކާރަށް ބާރުހޯދަން ނެރޭ މީދަލެއް..ދެން ކީކޭތަ ކަހުރަވަކެކޭތޯ ވިދާޅުތިވަނީ...ކޮއްމެ ޕާޓީއަކުން ނުކުތަސް މައުމޫނުގެދަރިންވާނީ މައުމޫނުގެ ދަރިންނަ..ނުކުތް ޕާޓީ ކިޔާނަން ބަދަލުކުރިޔަސް.....ރައްޔިތުންނޭ މިފަހަރު ގޯހެއް ނުހަދައްޗޭ މިނިކާބާޒު ވާލެއްގެ ސިފައިގަ އަޔަސް އެވާނީ އެޔަށް....މިނިކާބާޒަށް...
ދެން ކިހާބޮޑު ކަމެން މިތީސް އަހަރުގެ ހުދުމުހުތާރު މައުމޫނުގެ ކިބައިން މިގައުމުސާމަތްނުވެގެންމިއުޅެނީ ކޮންކަމެްއވެގެންތަ؟؟ މިސަރުކާރައްވެސް މީނަގެކިބައިން ސަލާމަތްނުވާތަން މިފެންނަނީ ދީނޭކިޔާގެން ދޮގުވާހަކަދައްކަނީ މީނާ ވީގުރާއިދޫގައިބަހައްޓަން
އާއިލީ ވެރިކަމަށް އަހަރުމެން ބުނަނީ ނޫނެކޭ
ޢެހެން ކިއާފަ އިބުލައް ވެރިކަން ދިނީ، ތާހިރުވެއްޖޭއްނު
ކަލޯގަޔާ 30 އަހަރު ބާރު ތައް ވީ ތަނެއް ނޭންގި މިހާރު މި ކިޔަނީ ކީކޭބާ؟
މައުމޫނު
ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދީގެން ގައުމު ވާނީ ސުންނާފަތި. މައުމޫނަށްވެސް އިނގޭނެ މީ ތެދެއްކަން. އެނގި އެނގިހުރެ ތިގޮތަށް ތި ޝިޔާރު ހެދީ. ރަންގަޅު ޝިޔާރަކީ " ބާރުތައް ހަރުދަނާ ވެރިއެއްގެ އަތްމައްޗަށް "
މައުމޫން ކަލޭ ދޭބަލަ މަހަށް.
30އަހަރުނުދެވުނުބާރެއްމިއަދނުދެވޭނެ
މީހުން އޫޅޭބާ ތިޔަ ޕާރޓީގަ ؟؟