ކޮވިޑް-19ގެ ވޭދަނަތައް ފެނުމުން މިހާރު މޮނީޓަރިންގއަށް ލާފައިވާ ހއ. ބާރަށު ރައްޔިތުންނަށް އެހީވުމުގެ ގޮތުން، އެ އަތޮޅު މުރައިދޫ ރައްޔިތުންގެ ފަރާތުން އެ އަރަށް އެއް ޓަނަށްވުރެ ގިނަ ކަނޑު މަސް ހަދިޔާ ކޮށްފިއެވެ.
އެރަށުން ނުވަ މީހަކު ފައްސިވުމާއެކު ގާތުން އެއްްތާވި މީހުން ހޯދުމަށް އެރަށަށް ވަނީ އަރާ ފޭބުން މަނާ ކޮށްފައެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެރަށުން ކަރަންޓީންގައި ނެތް ހަތަރު މީހަކު ވަނީ ފައްސިވެފައެވެ. މިއާއެކު އެ ރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.
އެ ރަށް މޮނީޓަރިންގއަށް ލާފައި އޮތުމުން މިހާރު އެރަށުގެ ރައްޔިތުންނަށް މަހަށް ނުފެރޭނެއެވެ. އަދި އެރަށަށް އެއްވެސް މަސް ދޯންޏަށް ނާދެވޭނެއެވެ. އެރަށަށް މަސް ދޯންޏެއް އައިކަމުގައިވިޔަސް ކަރަންޓީން ކުރާނެއެވެ. އެހެންވެ އެރަށު ރައްޔިތުންނަށް އެހީވުމަށް މުރައިދޫ ރައްޔިތުން ދެއްކީ ނަމޫނާ އެކެވެ.
މުރައިދޫ ކައުންސިލް މެންބަރު އަބްދުﷲ މުފީދު "ވަގުތު"އަށް ވިދާޅުވީ، ބާރަށަށް މަސް ފޯރުކޮށްދިނުމަށްޓާކައި މުރައިދޫ ކައުންސިލުން ބާރަށު ކައުންސިލަށް ގުޅައި، އެރަށުގައި މީހުން ދިރިއުޅެނީ ކިތައް ގެތޯ ބެލި ކަމަށެވެ.
އެރަށުގައި މީހުން ދިރިއުޅެމުން ދަނީ 270 ގޭގައެވެ.
އަދި އެރަށަށް އެހީވުމަށް މަސް ހޯދުމަށް އިއްޔެ ކައުންސިލްގެ ލޯޑް ސްޕީކަރު ގޮވައި އެހީވެގެން ހުރި ފަރާތްތަކުން އެހީވުމަށް ހުޅުވާލި ފުރުސަތުގައި 16000 އަށްވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް މުފީދު ވިދާޅުވިއެވެ. އެ ހުރިހާ ފައިސާއިން ގަތީ މަހެވެ. އެއީ 564 މަހެވެ. ކިލޯގެ ގޮތުން ބަލާނަމަ 1113 ކިލޯ އެވެ.
"އަޅުގަނޑުމެން ފަންޑް ރައިޒް ކޮށްގެން ލިބުނު ފައިސާއިން ދޯންޏެއްގައި ހުރި މަސް މި ގަތީ، އަޅުގަަނޑުމެން މަހަށް ދިޔައީކީ ނޫން، މަސްތައް އަޅުގަނޑުމެން ގަތީ ގަނެފައި ބާރަށު ރައްޔިތުންނަށް އަޅުގަނޑުމެން ހަދިޔާ ކުރީ. އަޅުގަނޑުމެން 1113 ކިލޯގެ މަސް ހަދިޔާ ކުރިން އެކޮޅަށް". މުފީދު ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ، އެ 270 ގެއަށް ވާވަރަށް ކޮންމެ ގެއަކަށް ގަތީ ދެ މަސް ދެވޭނެ ވަރަށް ކަމަށެވެ.
މުފީދު ވަނީ، އެކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.
މިފެންނަނީ ދިވެހިންގެ އެއްބައި ވަންތަކަން، ﷲ އަށް ޝުކުރު ކުރަން މިގޮތުގައި ދިވެހިން އަބަދުވެސް ލައްވާށި، އާމީން
މުރާދޫ އަކީ ވ ކިބުރުވެރި ދެއްކުން ތެރި ބައެތް އުޅޭ ރަށެއް
ހަޖަމު ކުރަން ދަތީ ދޮތޮ!
ސާބަހޭ މުރައިދޫ ރައްޔިތުން ފަށްފަށުން ސުކުރިއްޔާ ، ﷲ ތިޔަބައިމީހުއްނަން ހެތޮރަހުމަތްލައްވާށި އާމީން
އެއްޓަނު ހަކުރު ފޮނުވާލިނަމަ
ރީތި ސިފައެއް. މިއީ ދިވެހިންގެ ދިވެހި ވަންތަ ކަމަކީ، މުރައިދޫ ރައްޔިތުންނަށް ބާއްޖަވެރިކަމަށް އެދެން. ވަރަށް އުފާވެއްޖެ