ކޮވިޑް-19 އާއެކު ދިރިއުޅުުމުގެ ހާލަތު ދަށްވެ މާލޭގައި ދިރިއުޅެން ދަތިވެފައިވާ މީހުންނަށް ރަށަށް ބަދަލުވުމަށް އެހީތެރިވުމުގެ ގޮތުން "އަހުލު ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ޖެންޑާ މިނިސްޓްރީ އިން ނިންމައިފިއެވެ.
ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުން ޖެންޑަ މިނިސްޓްރީ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދޭން ނިންމިކަން މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ އިއުލާން ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމަށް ބޭނުންވާ ފަންޑުވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
" އަހުލު ޕްރޮގްރާމްގެ ނަމުގައި ފެށި ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅެން ދަތި ފަރާތްތަކަށް އަނބުރާ ރަށަށް ބަަލުވާން ފުރުސަތު ހުޅުވާލާފައިވާކަން. އަދި މިކަމަށް ބަޖެޓް ލިބި އަމަލީ ގޮތުން މި މަސަައްކަތް ވަނީ ފެށިފައި. މި ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވާ އަންހެނުންގެ ތެރެއިން އާމްދަނީ އެއް ހޯދަން މަސައްކަތް ކުރާ މީހުންނަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި، ވޯލްޑް ބޭންކު މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާކަން މި ފުރުސަތުގައި ދަންނަވާލަން. އަދި މިފަދަ ފުރުސަތުތަކުގެ ސަބަބުން މިންތީގެ ފަރަގު ކުޑަވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ޖެންޑަ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ އޯގާތެރި ސަރުކާރު ސިޔާސަތުގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމާއި ގަދަރުވެރި އާއިލާ އެއް ބިނާ ކުރުމުގެ އިތުރުން ޖަޒީރާ ދިރިއުޅުމާއި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުންމާއި ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ ކަމަށާއި މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ އާއިލާތަކަށް، މި ގަވާއިދުގައިވާ ގޮތުގެ މަތިން، ރަށަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެއާއިލާތަކުން ރަށަށް ބަދަލުވުމަށް ކުރަންޖެހޭ ޚަރަދުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
އަހަރުމެން އާއިލާވެސް ބޭނުން ރަށަށް ބަދަލުވާން އެކަމު އެހީލިބެނީ ދަރިން ތިބި މީހުންނަށް ދަތި ހާލުގައި އުޅެނީ ހަމަ އެކަނި ދަރިން ތިބޭ މީހުންތަ ތީންވެސް ފައިދާ ވަނީ ވަކި ބަޔަކަށް ތީ ކަން ދެއްކުމަށް ކުރާ ކަމެއް
ރަށަށް ބަދަލުވާ މީހުން ރަށުގައި ކަމެއްފެށޭވަރުގެ އެކަށީގެންވާ އެއްޗެއް ނުލިބޭ ތިޕްރޮގްރާ،މްގެ ދަށުން. އަނެއްކާ ދެނީ ރިބަވީ ލޯންތޯ؟ ބޯހިޔާވަހިކަން ނެތް މީހުން ކިހިނެތްތޯ ހަދާނީ؟ ރިބާ ނުހިމެނޭ ލޯނެއް ނަގައި ޗައިނާއިން އެސެމްބްލް ކުރެވޭ ގެތަށް ހަދައި އަދި ރިބާ ނުހިމެނޭ ލޯނަކުން އާމްދަނީއެއް ފެށޭވަރުގެ އެއްޗަކާއިއެކު ރަށަށް ދިއުމަށް ތައްޔާރަށް މިހުރީ.
އެބުނީ އޯގާވެރިސަރުކާރުގެ އޯގާވެރިސިޔާސަތުގެދަށުން ޖަޒީރާ ރައްވެހި ދިރިއުޅުމައްކަމައް އެނހީދެނީ ވަރައްފުރިހަމަ ދެން ނިދަންޖެހޭނީ ފުޅިބައްތި ދިއްލައިގެން
Kameh vaa baehtha thy