ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން – ފޮޓޯ: މަޖިލިސް
ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން – ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ވިލިމާލޭ މެންބަރު އަހްމަދު ނިހާން އިންޑިއާ އަށް އެތެރެވިޔަ ނުދީ ފޮނުވާލި މައްސަލައިގައި އިންޑިއާ ސަރުކާރުން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.

އިންޑިއާ ސަރުކާރުން މިއަދު އެޤައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ނިހާނަށް އިންޑިއާ އަށް އެތެރެނުވެވުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ނިހާނަށް އިންޑިއާއަށް އެތެރެނުވުނު މައްސަލައިގައި ސުވާލު ކުރުމުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށެވެ.

"އޭނާ މަޑުކުރުވީ ޗެންނާއީ އަށް ވަޑައިގެންނެވި ތަނުން އިމިގްރޭޝަންގެ އޮފިޝަލުން. މިކަން ހިނގީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ. އަޅުގަނޑުމެން މިގެންދަނީ މިކަން ހިނގި ގޮތެއް ސާފުކުރުމުގެ މަސައްކަތް ކުރަމުން. މައުލޫމާތު ލިބުމުން މައުލޫމާތު ހިއްސާކުރާނަން." ރަވީޝް ވިދާޅުވިއެވެ.

މިހާދިސާ ހިނގީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ނިންމާފައިވާ ދަނޑިވަޅެއްގައި ކަމުން އެކަމާއި ސުވާލު ކުރުމުން ރަވީޝް ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތީ ވަރަށް ވަރުގަދަ އަސްކަރީ ގުޅުމެއް ކަމަށެވެ. އަދި އެކަމާއި ބެހޭ ގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން އިންޑިއާ އަށް އެތެރެވުން މަނާކޮށް އިންޑިއާ އިން ނިހާން ރާއްޖެ ފޮނުވާލުމަކީ ބުލީ ކުރުމުގެ އަމަލެއް ކަމަށް ނިހާން ވިދާޅުވެފައިވެއެވެ. ނަމަވެސް އެއީ ރާއްޖެ އާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

ނިހާން ރާއްޖެ ފޮނުވާލި މައްސަލައިގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް ދެގައުމުގެ ސަރުކާރުން އެކަން ދޮގު ކުރެއެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވާން ފަށާފައި ވަނީ ރާއްޖެ އިން ޖީއެމްއާރާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ވެފައިވާ އެއްބަސްވުން އުވާލި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަހަރެމެން ދިވެހިންވެސް އެމައްސަލަ ބަލަމުން ދަނީ. އެގޮތުން އަޅަން ހަމަޖެހިފައިވާ ފުރަތަމަ ފިޔަވަޅަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާމީހުން ޗުއްޓީއަށް އިންޑިއާއަށް ދިއުމަށްފަހު ދެން އަނބުރާ ރާއްޖެއަށް އެތެރެވުމުގެ ކަންކަން ކުޑަކޮށް އޭތި އަރާގޮތް ހަދާލުން.

    • ތާޢީދު

      • ބަދަލަށް ބަދަލު ހިފައިގެން ވާނެ ފައިދާއެއް ނެތް. ތިހެން ހެދީމާ ގެއްލުން ވަނީ އިންދިޔާއަށް ބޭސް ފަރުވައަށް ދާނިކަމެތިންނަށް

  2. ކަލޭމެން މަތިއޮމާން ކޮށްފަ ފާޑުފާޑުގެ ވާހަކަ ނުދައްކާތިބޭ

  3. ރާއްޖޭމީހުން އިންޑިޔާގެ ސްކޫލްތަކަށް ބޮޑު އަގުދައްކައިގެން ކިޔަވާއިރު، އިންޑިޔާމީހުންގެ ދަރިން ރާއްޖޭގައި ހިލޭ އެޑެކްސެލް ކެމްބްރިޖް ސުކޫލްތަކުން ކިޔެވޭ..ކިހާ މޮޅު.
    އެހެޔޮ އިންޑިޔާ މަސައްކަތު މީހާގެ ދަރި ކަމުގައިވިޔަސް...

  4. އިންޑިޔާ ސައިޒައް ތިރިކޮއްލަންވީ

  5. ފިތުރު ޢީދު ދުވަހު އިންޑިޔާ އެމްބަސީ ކައިރީގަ ގެރިމަސް ބަހަންވީ

  6. ކެނެރީ ސޮނި މުގާބޭ

    ހުރިހާ މުސީބާތަކީ ދީނާ ބީރައްޓެހި އެމްޑީޕީ ފިކުރު... އަމިއްލަ އެދުންފުއްދާ ހައިވާނުންފަދަ ހަމައެއް އުސޫލެއް ސުލޫކެއް ނެތް ރޯނުއެދުރުން ވީމަ ވާނެގޮތް ތީ

  7. އިންޑިޔާ އަށް އަސްކރީ ހަމަލަ އެއް ދޭންފެނޭ

  8. މިގައުމުން ބޭރަށްދާ ހުރިހާ އިންޑިޔާ މީހުން އަބުރާ އެތެރަ ވިޔަ ދީގެން ނުވާނެ! އެކަމާއި ސުވާލު ކޮށްފިއްޔާމު އެކަންތަށް ބަލާވާހަކަ ނޫސްތަކުގަ ޖަހާނީ! އިންޑިޔާ ކުޑަކޮށް ވިކައިގަނެފަ މަޑުމަޑުން އެއޮންނަނީ ޕޮލިޓިކަލީ ފްރަސްޓެރޭޓް ކުރަންވެގެން!

  9. ޖައްސަބަލަ

    މަމެން ޕިންކީންގެ ވެރިކަމުގައި އިންޑިއާ އިން މަމެންގެ ޕީޖީ ގްރޫޕްގެ ލީޑަރު ނިހާނު ބޭރު އަރުވާލި އިރު މިރާއްޖޭގެ އިގްތިސާދުގެ ކްރީމް ކޮޅު ދިވެހިންނަށް ނުދީ ބޯލަނީ އިންޑިއާ އަދި ލަންކާ އަދި އޮސްޓްރޭލިޔާ މީހުންނެވެ. އެކަން އިނގޭ ސަރުކާރަށް ވެސް ސްޕެޝަލީ ޓޫރިޒަމް މިނިސްޓަރަށް މިކަން އިނގޭ އެކަމަކު ޓޫރިޒަމް މިނިސްޓަރު އޮންނަނީ މިކަން ރައީސް އޮފީހަށް ސިއްރު ކޮށްފައެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ ރާއްޖޭގެ ރިސޯރޓްސް ތަކަށް ވޯކް ވިސާ ދިނުމުގައި މަހަކު 300 ޑޮލަރަށް ވުރެން މަތިން މުސާރަ ދޭ ހުރިހާ މަގާމް ތަަކަށް ބޭރު މީހުން ގެންނަނަމަ އެފަދަ މަގާމް ތަަކަށް ވާރކް ވިސާ ދޭނީ ސީދާ ރައީސް އޮފީހުގައި އޮންނަ އިގްތިސާދީ ކޮމެޓީގެ ދަށުން އެކުލަވާލާފައިވާ ސަބްކޮމެޓީ އަކުން އެންޑޯރސް ކުރުމުން ކަމަށް ހަދަން އެއިރުން މިކަން ހަމަ އަކަށް އެޅިގެން ދާނެއޭ މިދެންނެވުނު ސަބް ކޮމެޓީ ހިންގަން ރައީސް އޮފީހުގެ މިނިސްޓަރަކު ވެސް އައްޔަން ކުރެވިދާނެ ނޫންތޭ. އެއިރުން އިންޑިއާ ތަން ތަންދާނެ ސައިޒުން ކެނޑިގެން.

  10. ރެސްޕެކްޓް

    ނިހާންގެ މައްސަލައިގައި އިންޑިއާއިން ފިނި ޖަވާބެއް ދީފިނަމަ ދެން ސަރުކާރުން އެކަމުގައި އިންޑިއާ ގާތަށް ސަލާމް ޖަހަން ނުޖެހޭނެއޭ ސަބަބަކީ އިންޑިއާ އާލާތުންނަކީ އެއީ މަމެންގެ ނޯކަރުންނޭ އެވަރު ސަރުކާރުން ދަނެގަތީމާ ހުންނާނީ ރަނގަޅަށޭ. ސަރުކާރުން އެބަޖެހޭ ރާއްޖޭގެ ރިސޯރޓްސް ތަކުގައި މަހަކު 300 ޑޮލަރަށް ވުރެން މަތިން މުސާރަ ދޭ ބޭރު މީހުން ނަށް އެއްވެސް ހިފެހެއްޓުމެއް ނެތި އިމިގްރޭޝަން ކޮންޓްރޯލަރ ކަޓް ކާލައިގެން އޭނާ އަނެއް ޕިއްޒާ ހަޓް ހުޅުވަން ވެގެން ފައިސާ ހޯދަން ވެގެން ދިވެހިންނަށް ރިސޯރޓްސް ތަކުގެ މުސާރަ ބޮޑެތި ވަޒީފާ ދިނުމުގެ ބަދަލުގައި ބޭރު މީހުންނަށް އެވަޒީފާ ތައް ކަޓް ނަގައިގެން ދޭން ވެގެން އޭނާ ކޯޓާ އެއްވެސް ހިފެހެއްޓުމެއް ނެތި ރިސޯރޓްސް ތަކަށް ދޭތީވެ އިމިގްރޭޝަން އިން އެކަނި ރިސޯރޓްސް ތަކަށް ކޯޓާ ނުދެވޭ ގޮތަށް ހަދާ އޮޕަރޭޓް ކުރަމުންދާ ރިސޯރޓެއްގައި ވަޒީފާ އަދާ ކުރާ ބޭރުމީހެއްގެ މުސާރަ މަހަކު 300 ޑޮލަރަށް ވުރެން ބޮޑު ވެއްޖެނަމަ ރައީސް އޮފީހުން ހުއްދަނަގަން ޖެހޭ ގޮތަށް ހަދަންވީއޭ. މަޓީގެ ބޮޑުންނަށް ނޭގޭނެއޭ ރާއްޖޭގެ އިގްތިސާދު ޑްރައިވް ކުރަން ޖެހޭނެ ގޮތެއް އެއާލާތުން ޓެކްސް އަށް މަކަރު ހަދަން ވެގެން ބޭރު އިންޑިއާ ލަންކާ އާލާތުން ސީއެފްއޯ މެން އަދި ދޮން އާލާތުން ޖީއެމްއަށް ލައިގެން ގަންނަ ގަނޑު މަަމެންނަށް ނޭގެނީ އެއް ނޫނޭ މިކަން ސަރުކާރުން ޖައްސަން ޖެހޭނެއޭ ވަރަށް ލާރޖް ކޮށް މަޓީގެ ބޮޑުންނަކަށް ނޫނޭ ރައްޔިތުން ވޯޓް ދިނީ. ޔޫ ކޭން ޗޭންޖް ދަ ވޯލްޑް ޔޫ ކޭން ޓަޗް ދަ ސްކައި އައި ކާންޓް ޑޫ އިޓް ބައި މައިސެލްފް އައި އޭމް ގޮނާ ނީޑް ސަމްކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް. ރެސްޕެކްޓް ޓު ބިލީވް އިން އަވަރ ޑްރީމްސް...

  11. ނިހާންގެ މައްސަލައިގައި އިންޑިއާއިން ފިނި ޖަވާބެއް ދީފިނަމަ ދެން މަމެންގެ ވެރިކަމުގައި މަމެން ނުޖެހޭނެއޭ މަމެން ނޯކަރުންގެ ގޮތުގައި ގެންގުޅޭ އިންޑިއާ އާލާތް ގަނޑެއް ގާތު ރޮއި އާދޭސް ކުރަން ނިހާނު އިންޑިއާ އަށް ދިއުމުން އޭނާ އިންޑިއާ އިން އިންޑިއާ އިމިގްރޭޝަން ގައި އުޅޭ އާލާތުން ބޭރު އަރުވާލީ އެއީ ކީއްވެގެން ކަމެއް މަމެން ނަމަ އަހާ ވެސް ނުލާނަމޭ އެއީ ކީއްވެގެން ކުރި ކަމެއް ކަމަށް މަމެން ނަމަ އޭގެ ބަދަލުގައި ވަރުގަދަ އިކޮނޮމިކް ސެންކްޝަންސް ތަކެއް އިންޑިއާ އާއި ދެކޮޅަށް އަޅާނަމޭ އެގޮތުން އިންޑިއާ އިން ފޭކް ސެރޓިފިކެޓްސް ތައް ހިފައިގެން ރާއްޖޭގެ ރިސޯރޓްސް ތަަކަށް އައިސް ރާއްޖޭގެ ރިސޯރޓްްސް ތަކުގައި ދިވެހިންނަށް ހުރި ބޮޑެތި މުސާރައިގެ ވަޒީފާ ތައް އިންޑިއާ އަދި ލަންކާ އާލާތުން ދަމައިގަންނާތީވެ އެކަމަށް ނިމުން ގެންނަންވީއޭ ގެންނާނެ ބަދަލަކީ ރިސޯރޓްސް ތަކުން މަހަކު 300 ޑޮލަރަށް ވުރެން މަތިން މުސާރަ ދޭ މަގާމަކަށް ބޭރު މީހަކު ގެނެވޭނީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލް ހުއްދަދީގެން ކަން ނިންމާނީ. ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ޓައިޕް އޮފް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމް ކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  12. މަހަށްދޭބަލަ

    އިންޑިއާ އަށް އެއުޅެވެނީ އަދި ކުޑާ ކޮށް އިންޑިއާ އަށް އިންޑިއާ ގެ ސައިޒު އޮޅިގެން ނޭ ސަރުކާރުން ޖެހޭނެއޭ މިފަހަރު އިންޑިއާ ގެ ސައިޒުން އިންޑިއާ ކަނޑާ ތިރިއަރުވާލަން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް. އިންޑިއާގެ ބޮޑު ވަޒީރު މޮދީ މަހަށް ދޭބަލަ ދެން މަަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  13. އޭއި އިންޑިއާނޭ ތަމެން ހާދަ ބޮޑަށް ސައިޒު އޮޅިގެން ތިޔާ އުޅެނީ އިނގޭތޭ އޭން ބުނެ ބަލަ ކޮށި އަރައިގަނެގެން ތަނެއް ކަހާތީ ތޭ އަނެއްކާ ތަމެން ތިޔާ އުޅެނީ ތަމެންގެ ލެވެލްގެ މީހުންނާއި ތަމެން ކުޅެލަން އުޅޭނީ އިނގޭތޭ ތަމެންނަށް އިނގޭނެ އެއް ނޫންތޭ އިންޑިއާނޭ ތަމެން ތިޔާއީ ލޯލެވެލް ކަން މަމެން މީ ހައިލެވެލް ކަން ދޯ މަމެންނާއި އެކު ޗައިނާ އޮތީ އެއްގޮތެއް ވެސް ނެހެދޭނެއޭ މާ ބޮޑަށް އިންޑިއަނޭ މެން ފުއްޕާނަމަ ނިއުކް ގައި މަމެން އަތް ލާން ޖެހިދާނެއޭ މަމެން ބުނަން ނެތީމު ދޯ. ކޯއްޗެކޭ، ބައްލަވާ ނޫނެކޭ އެހެންނަހައްދަވާށޭ އެހެންތޭ މިހާރު އެބަ ރަނގަޅުވޭ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.