ޕެޑާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) މާފަށް އެދިއްޖެއެވެ.

އަނދުން ހުސޭން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ކަނބަލުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މާފަށް އެދޭކަމަށާއި އޭނާ ދެއްކި ވާހަކައަކީ ބަލައިގަނެވޭނެ ފަދަ ވާހަކައެއް ނޫންކަން އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ. "އަޅުގަނޑު މިފަދަ ބަސްތަކަށް އިތުރަށް ސަމާލުވާނަން." އަނދުން ހުސޭން ވިދާޅުވިއެވެ.

ޕެޑާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް އަނދުން ހުސޭން މިއަދު މާފަށް އެދިފައި މިވަނީ އޭނާ އާއި ދެކޮޅަށް މުޒާހަރާ ކުރަން އަންހެނުންތަކެއް ތައްޔާރުވަމުން ދަނިކޮށެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އަނދުން ހުސައިން މަސްތުވާތަކެތި ބޭނުން ކުރައްވާ ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވުމުން އެ ކަމާ ހިތްހަމަޖެހިވަޑައިނުގެން އަނެއްކާ ވެސް ނިޒާމީ ނުކުތާއެއް އަނދުން ނެންގެވިއެވެ. ނިޒާމީ ނުކުތާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ "އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާއިރު ޕެޑް ޖައްސަވާފައި ހުންނަވާ ތަން، ފަހަތުން ލޭ ތެމިފަ،" ހުންނަތަން ފެންނަ ކަމަށެވެ.

މީގެ ކުރިން ވެސް އަނދުން ހުސައިން ދައްކަވާފައިވާ ބައެއް ވާހަކަތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މި ގޮތުން މާލޭގެ ރައްޔިތުންނަކީ "ފަލަސްތީނުގެ ރައްޔިތުން" ކަމުގައާއި އަތޮޅުތަކުގެ ރައްޔިތުންނަކީ "އިޒްރޭލް" ގެ ބައެއްގެ ގޮތުގައި ސިފަކުރައްވައި ދެއްކެވި ވާހަކައަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ފަހުން އަނދުން ވަނީ އެއީ އަތޮޅުތަކުގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ވިދާޅުވި ބަހެއް ނޫން ކަމަށް ވިދާޅުވެ މައާފައަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

 1. ކަޅުދުން

  ހަމަ ބުއްދި އައީބާ؟

  71
  2
  • ގަމީސް އަދުން

   ނުކިޔަވާ ތިބި ޖާހިލުން ތިޔަތަންތާ ބައިތިއްބާ އަދިވެސް

  • ހިނިއަންނަނީ.

   ޅަ ޢެތަކަށްވުރެން ކުޑަ ބީތާއެއް.

 2. ކަޅުދުން

  ހަމަ ބުއްދި އައީބާ

  59
  3
 3. މައިމޫނާ

  އަނދުން ހުސޭން ދުލުގެ ބޭނުން ރަގަޅުގޮތުގައި ހިފުމަށްް ނަސޭހަތްތެރިވަން.

  81
  2
 4. ފިދަނަ

  އެޖެންޑާ 19 ގެ ދަށުން އަދުން މަޖިލިސް މެންބަރު ރާއްޖޭގެ ލޮބުވެތި އަން ހެން ކަނބަލުން ނަން ފުރައްސާރަ ކޮށްފަ މާފައް އެދިއްޖެ ހަމަ ހިނި އަންނަނީ.

  73
  1
 5. Anonymous

  ތިކަހަލަ ގޮތެެން މިހުން

  35
  1
 6. ހޯގުޅާ

  ބޯބުރާތި ބޯގޯސް ބޯ ހަލާކު.

  54
  1
 7. އިއްޒަތް

  އިއްޒައްތެރި ލަދުފުޅު

  52
  1
 8. ޕްޕް

  ތަސައްރަފު ނުފުދޭމީސް ކޮޅު

  55
  1
 9. 🦅

  ޕެޑް ހުސޭނު 😀

  70
  2
 10. ޖައިސަމް

  ނުކިޔަވާ ތިބި ޖާހިލުން ތިޔަތަންތާ ބައިތިއްބާ އަދިވެސް.

  69
  1
 11. ހާމިދު ޝާހިދު

  އަޖައިބެއްކަހަލަ މީހެއް. އެއްދުވަހު އަރާ ރާއްޖެތެރޭ ރައްޔިތުންނަށް ބަވާފާނެ. އަނެއްދުވަހު އަރާ، އެކަނިވެރި މައިންނަށް ބަވާފާނެ. އަނެއްދުވަހު، ރޭޕްގެ ޝިކާރަ ވެރިންނަށް ބަވާފާނެ. އަނެއްދުވަހު އަރާ ދީނީ އިލްމުވެރިންނަށް ބަވާފާނެ. އަނެއްދުވަހަކު އަރާ އަންހެނުންނަށް ނިސްބަތްކޮށް، ޕެޑޭ ކިޔާފާނެ. ލޭ ފައިބަނިއްޔޭ ކިޔާފާނެ. ދެން މިބުނަނީ "މާއާފު"،، "މާއާފު"، "މައާފު".... ކޮން މާފެއް ކުރާކަށް. ނުކުރާނަށް މައާފެއް. ވަގުތުން އިސްތިއުފާދީ، ނޫނީ ހުރިހާ އަންހެނުން ނުކުމެ، އޮރިޔާން ކުރަންދެކަށްތަ ތި މަޑުކުރަނީ...!

  69
  1
 12. ޖުހާ

  އަދުނޭ މެނަކައް ނޭނގޭ ކިޔޭނުކިޔޭއެއް... ކިޔާނެ އެޗެއް ނޭނގޭކަމުގައި ވާނަމަ ނުކިޔާ ތިބެންވީ.

  51
  1
 13. ރަދީފް

  ކޮބާ ކަލޯ ރީތިވެއްޖެއެއްނު.އަދިވެސް އަނގަ ފުޅާކުރާތި.ލަދު ކޮބާ؟ ވ.ވެދުން

  50
  1
 14. ކީކޭ ބުނާނީ...

  ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް. ވާންވީގޮތަށް މިވަނީ. ޢަދިވެސް ރައްޔިތުން ވާނެ 500ރ އަށް ވޯޓު ވިއްކާފަ، މިކަހަލަ ތަންދޮރު ނުދަންނަ ރނު އެދުރުންނަށް ގައުމުގެ މަތީ މަގާމުތަށް ހަވާލު ކުރަން. ގައުމުގެ މުސްތަގްބަލް ވ ބަނަ. ޢަދިވެސް ވަގުތުފާއިތުވުމުގެ ކުރިން މިމީހުން މައިތިރި ކުރަންވީ. ޥެރިކަން ބަދަލު ކުރަން އެދޭ މީހުންގިނަވެ އެ އަޑު ވަރަށް ގަދަ އެބަވޭ.. ﷲއަކްބަރް.

  46
  1
 15. ވާނުވާ

  އަމަލުވެހުރެތަ ވާހަކަ ދެއް ކީ؟ އަމަލު ފިލީމާ މާފަށް އެދުނީ؟

  38
  2
 16. Anonymous

  ހިނދުކޮޅުގައިތޯ

  35
  1
 17. ކަމަރުޤަދީދް

  އެއްބަސް ވުން ހާމަކުރޭ. އެހެންނޫނީ ގަބޫލެއް ނުކުރާނަން........ވައްކަން ކޮއްފަ ކާކު ބުނާނީ މަ ވައްކަން ކުރީމޭ.......އަދި ތަޖުރިބާކާރު ޕޮރޮފެޝަނަލުން ވައްކަން ކޮއްފިއްޔާ މަތިއަޅަން ކިހާ ހޭރޭނެ.......

  28
  1
 18. ސައިމާ

  އަނދުން. ކަލޭ ތަސައްރަފެއް ނުފުދޭނޫންތަ ތިތާ އިންނާކަށް. ތީ މޮޔަގޮވަން މީހުން ވަންނަ ތަނެއްނޫނޭ. ކުޑަކޮށް ހޭޖެހެންދެން ގޭގަ މަޑުކޮށްލަން ފެންނަނީ. ފަހަރެއްގަ ވެދާނެ އާދަމް ޝަރީފް ވިދާޅުވާހެން ވަނީ ކަމަށްވެސް.

  37
  1
 19. އަދް

  ކީއްވެހޭ ރައްޔިތުން ނުގަބޫލު މީހުން ވަކި ނުކުރެވެނީ

  35
  1
 20. ހަސަން ފުތާ

  ހަމަހޭވެރިކަން ވީއުތަ؟

  28
  1
 21. އަދުން

  ކަލޯ ހުސޭނާ އަގައޮތީމަ އެއްޗެއް ކިޔަނީ ދޯ

  29
  1
 22. ޕެޑް

  އަދުން ހުސޭން ނަން މިއަދުން ފެށިގެން ޕެޑު ހުސޭންއަށް ބަދަލުވެއްޖެއެވެ.

  42
  1
 23. ކޮސްބެ

  ކޮހުން ގޮވާނީ ކޮސް.
  އަމިއްލަ އަނބިމީހާގެ މަސްސަރުކަންތައްޖެހުނީމާ ހުސެންއަށް ކުރެވޭ އިހްސާސް މަޖިލިހަށް ގެންދާނެކަމެއްނެތް.
  އަހަރުމެން އަނބިންދެކެ ލޯބިވޭ، އެދުވަސްކޮޅު އެހީތެރކަންވެސް ފޯރުކޮށްދެން.

  37
  2
 24. ގަރަ

  މިކަހަލަ ފިރިހެނުންނަކީ އަބަދުވެސް އަންހެނުންނަށް މަލާމާތް ކުރާހިތްވާ ބައެއް އަންހެނުން ހައިޟުވުމާ އަންހެނުން ފިރިހެނުނަށްވުރެ ޖާނުންވަރުގަދަނުވުން އެއީ އެމީހުން އަމިއްލައަށް ލިބިގަތްކަމެއްނޫން އެއީ ހެއްދެވި ފަރާތް މިންވަރު ކުރެއްވިގޮތް ބާރެއް ލިބުމަކީ ބޮޑާވެ ކިނބުރުވެރި ވާންޖެހޭ ކަމެއްނޫން.

  42
  1
 25. ރައްޔިތު މީހާ

  ހަމަ އަޖާއިބުވެ އަންތަރީސްވޭ...! ވަރަށް ދަށުދަރަޖަޔަށް ވެއްޓިގެން ތިދިޔައީ، އެއްވެސް ހާލެއްގަ ހީނުކުރާތި މާފަށް އެދުމުން ބަލައިގަނެވޭނޭ...!

  32
  1
 26. ޢަލިބެ

  އަމިއްލައަށް ދައްކާވާހަކައަކީ ރަނގަޅުވާހަކައަށް ވާނީ ތިމާގެ ވިސްނުމާއި ބުއްދިހަމައަށް ހުރެގެންދޯ. އެވަގުތަކު ދުލަށްއައި އެއްޗެއް ގޮވާހަޅޭލެވިޔަކަސް އެ ގޮވާހާއެއްޗެއް ރަނގަޅެއްނުވާނެދޯ.

  20
 27. ކިސްމަތު

  ހަޔާތްކުޑަ މީހެއް އެނޫން މީހަކުނެތް އެ މްޑީޕީގައެއް

  40
  1
 28. ނޫސްކިޔާމީހާ

  އެހެންނޫންވާނީ ކުފޫހަމަނުވާ މީހަކުތިފަދަ ކަރާތްމާތްތެރިތަނަކަށް ވެއްދީމާ ހިތައްއާހާ އެއްޗެއްކިޔާފާ މާއާފްއަށް އެދެނޭ ވާ ކިހާރީތިދޯ ( ބަލައެއްނުގަންނާނަށް ދެން )

  14
  1
 29. ރާއްޖެ

  ބުއި އެއްޗެއްގެ ބާރު ކެނޑުނީ؟!

  15
  1
 30. އަހްމަދު

  އާދަމް ޝަރީފް ވިދާޅުވަރައްރަނގަޅުވާހަކައެއް މީހާހަމައިގަނެތިއްޔާ ކިޔޭނުކިޔޭއެއްޗެއް ނޭނގޭނެ ހޭވެރިކަންވީމަ މާފައްއެދުނީ

  22
  1
 31. މޫސަ

  އޭނާ މިހާރު ސިކުނޑީގެ ޓެސްޓެއް ހަދަންޖެހޭކަމަށް ފެންނަނީ. އެޓެސްޓުގެ ނަތީޖާ ނައްސި ވު މުން ނޫނީ އޭނާ މަޖިލީހަށް ނުވަދެވޭ ގޮތަށް ހަދަންހޭ.

  14
  1
 32. ނޑޕ

  އެންޑީޕީ ގަ އުޅެނީ ހުސް މިހެން ހޭބުއްދި ފިލާ މީހުން ހިނދު ކޮޅުކޮޅާ

  12
  1
 33. ބޭރުމީހާ

  ތިޔައީ ހަމަ ރ ނަޝީދު އެބުނާފަދަ “ހަމައިން ނެއްޓޭގަޑި”އަންނަ މީހެއްކަން ކަށަވަރެވެ. ތަމެންން ކުރާހާ ކަމަކަށް މަޢާފެއް ނުދެވޭނެއެވެ.

  11
  1
 34. ކޮވިޑް

  އާދަމް ޝަރީފް ބުނީ ތެދަކަށްތާ މި ވީ. ރޭގަނޑު ކަރުހިއްކުން ފިލުވައިގެން އަވި އަރާ ވަރަކަށް ދޮންބޮޑު ދޯ މި ވަނީ؟ ލަދުން ބޯހަލާކު .

  9
  1
 35. Anonymous

  ގިޔަ މީހުނެއް އިސްލާހެއް ނުވާނެ މޑޕ އެއް ނު.

  10
  1
 36. އަހުމަދު

  ޕެޑް ހުސެއިން

  13
  1
 37. ލޮލް

  ބަލަގަ ޕެޑު ޖެއްސަސް ވެސް ފެސް ލީކުކޮއްގެން އާމިނަތު އާދަމް ޝަރީފު އުޅެންޔާ އުދަގޫ ވެގެން އެވާހަކަ ދައްކާނެ ދޯ.

 38. އަދުން

  މިހާރު އާދަ މް ސަރީފު ދެއްކެވި ވާހަކަ އަކީ ހަގީގަތެއްކަން މިސާބިތުވީ. މި މީހުންނަށް މިތިބެނީ އަންނި އިސްތިއުފާ ދިންއިރު ވެފަހުރި ގޮތް ވެފަތާ... ހަ މަ ހަ މަހޭވާއިރަށް މިރެއަކާލަނީ

 39. ގަލަން ތުނޑު

  ހިތުން މޮޅު އެއްޗެއް ހަދާލީ މުޒާހަރާކުރިއަށް

  10
  1
 40. ރާއްޖެތެރޭ މީހާ

  އަޖައިބެއްކަހަލަ މީހެއް. އެއްދުވަހު އަރާ ރާއްޖެތެރޭ ރައްޔިތުންނަށް ބަވާފާނެ. އަނެއްދުވަހު އަރާ، އެކަނިވެރި މައިންނަށް ބަވާފާނެ. އަނެއްދުވަހު، ރޭޕްގެ ޝިކާރަ ވެރިންނަށް ބަވާފާނެ. އަނެއްދުވަހު އަރާ ދީނީ އިލްމުވެރިންނަށް ބަވާފާނެ. އަނެއްދުވަހަކު އަރާ އަންހެނުންނަށް ނިސްބަތްކޮށް، ޕެޑޭ ކިޔާފާނެ. ލޭ ފައިބަނިއްޔޭ ކިޔާފާނެ. ދެން މިބުނަނީ "މާއާފު"،، "މާއާފު"، "މައާފު".... ކޮން މާފެއް ކުރާކަށް. ނުކުރާނަށް މައާފެއް. ވަގުތުން އިސްތިއުފާދީ، ނޫނީ ހުރިހާ އަންހެނުން ނުކުމެ، އޮރިޔާން ކުރަންދެކަށްތަ ތި މަޑުކުރަނީ...!

 41. ޕެޑް ހުސެއިން

  މީގެ ފަހުން ކިޔަންވީ "ޕެޑް ހުސެއިން"

  15
  1
 42. ޫޕެޑު ޙުސައިނާ

  ކޮހުން ގޮވާނީ ކޮސް.
  އަމިއްލަ އަނބިމީހާގެ މަސްސަރުކަންތައްޖެހުނީމާ ހުސެންއަށް ކުރެވޭ އިހްސާސް މަޖިލިހަށް ގެންދާނެކަމެއްނެތް.
  އަހަރުމެން އަނބިންދެކެ ލޯބިވޭ، އެދުވަސްކޮޅު އެހީތެރކަންވެސް ފޯރުކޮށްދެން.

 43. މައްރޫ.

  އެމްޑީޕީ އަށް ނިސްބަތްވަނީ ހުސް ތިކަހަލަ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް މީހުން. އެކަން މިރާއްޖޭގެ ހިސްޓްރީ އަށް ބެލިޔަސް އެނގޭނެ. މިރާއްޖޭގެ މުވައްސަސާތަކަށް އިސްވެގެންތިބެނީ އެމްޑީޕީގެ މަގުމަތީގެ އެކްޓިވިސްޓުން ތަކެއް.. ވެރިކަމަކާ ކުފޫ ހަމވާބައެއްނޫން.ޚިޔާލުތަފާތުވުމުން. އިސްލާމްދީން މަތީންވެސް ހަނދާނެއްނުތިބޭ. ޑިމޮކްރަސީއަކީ އިސްލާމީ ގިއުގަޑުން ބޭރުވެ ދީން މަތީން ހަނދާން ނެއްތޭ އެއްޗެއްނޫން.

 44. ބުރާންޗެއް

  އަދުންޕެޑް
  ކަޓާފަ ހުރީމަ ވާނުވާ ނޭގެނީ

  13
  1
 45. އަހައްމަދޫ

  ޕެޑުއަދުން އިއްޒަތްތެރި

 46. ސސ

  ކަބަލުންނަށް ބަދުބަސް ބުނެ އެއްޗެހި ގޮވުމަކީ ތިމާގެ މަންމަ އަށް ނިސްބަތްކޮށް އެއްޗެހި ބުނުން، ތިމާގެ އަންހެން ދަރިފުޅަށް އެއްޗެހި ގޮވުން، ތިމާގެ ދައްތަޔަށް އެއްޗެހި ގޮވުން !

 47. ލައްޗޭ

  މީނާގެ ނަން "ޕެޑް ހުސެއިން"އަށް ބަދަލުކުރަން ފެނޭ

 48. ޖޮބޭ

  މިކަހަލަ ހަމަހޭގަނުތިބޭމީހުނަށް ކަންކަން ހަވާލުކުރީމަ މިހެންވެސް ވާނެ. ގޮތެއް ފޮތެއް އިލްމެއް ހިލްމެއް ސިކުނޑިއެއް ނެތް މޮޔައެއް.

 49. ބިންގޯ

  މަމޮޅު އަނދުން ހަސަނު. ކަލޭ ހިތައްއަރާ ދޯ ތިމަންނާއަށް މިދެއްކުނީ ވަރަށް މޮޅު ވާހަކައެކޭ. ކަލޭތީ އެމް. ޑީ. ޕީ އެކްޓްވިސްޓް ޖޯރޭ އާ އެއްފެންވަރުގެ މީހެއް. ކަލޭކިޔާ އެއްޗެހި އެންމެ ކަމުދާނީ ޖޯރޭ އަށް. ގޭގެ ސިޓިންގ ރޫމް އަށް ޖޯރޭ ގެނެސްގެން ތިކަހަލަވާހަކަ ދައްކަން އިދެބަލަ. ޖޯރޭ އަށް ވަރަށް ކަމުދާނެ ކަލޭ ދައްކާ ވާހަކަ. މަމޮޅު . މަމޮޅު

 50. ޣޮތެއް ފޮތެއް

  ޥަރަށް ގޮތްކުޑަ ދަށުދަރަޖައިގެ އިއްޒަތްތެރި މެމ މްބަރެއް... ތަ މުސީލު ކުރާދާއިރާގެ ކިބައިންވެސް މައާފަށް އެދެން ޖެހޭ.

 51. ޙިނި

  ތީ ޖާހިލެއް. މުޑުދާރުވާހަކަ ދައްކާނެ ތިޔަކަހަލަ ތަންދޮރު ނުދަންނަ ޖާހިލުން

 52. ބލބޑ

  މިކަހަލަ މީހުން ޕާޓީންވެސް ބޭރުކުރަނަވީ. މަޖްލިހުންވެސް ވޭރުކުރަންވީ. ދިވެހި ރައްޔިތުން ތަމްސީލުކުރަން އަދި ގާނޫނުހަދަން އެކަށީގެންވާ މީހެއްނޫން މިއީ.

 53. އިއްޒަތްތެރި

  ޥަރަށް ދަށުދަރަޖައިގެ ފެނވަރުދަށް ގޮތްކުޑަ މެމްބަރެއް.