މާލެ ސަރަހައްދުގައި ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާތީ އެ ސަރަަހައްދުގެ ސްކޫލްތައް އެލްކޭޖީއިން ފެށިގެން ހައެއް އާއި ހަމައަށް ބަންދު ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އަންނަ ހަފްތާގައި ވެސް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް ހަ ގެ ކުދިން ސްކޫލަށް އައިސް ކިޔެވުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ގްރޭޑް ހަތެއް އިން ފެށިގެން 12 ގެ ދަރިވަރުން ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސްކޫލަށް ހާޒިރުވެގެން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމުމެއް ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މިއަހަރު ފެށުނު ފަހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، ރާއްޖެ އަށް ކޮވިޑްގެ "ތިންވަނަ ރާޅެއް" މިހާރު އަރާފައިވާ ކަމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ ހާމަ ކޮށްފައެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 100 އަށްވުރެ މަތީގައެވެ.
މިކަމަކީ ކުދިންގެ އިލްމީ ގާބިލްކަން ދުއްވާލާ ސޯޝަލީ އޮކްވާޑް ކަންނެތް ދިވެހި މުޖުތަމައެއް ބިނާކުތުމަށް ހިންގާ ޖަރީމާއެއް.
ސަރުކާރަކަށް ތައުލީމު ދެވޭނެ ގޮތެއް ނުހެދުނެއްނު. ދެން ހަދަންވީ ގޮތަކީ، ދީނީ އިލްމުބއުގަންނައިދިނުމާއި ފިޒިކަލް އެކަޓިވިޓީން ކުދިން ބިނާ ކުރަންވީ. ރަސޫލް ޒަމާނާ އެއްގޮތަށް ލަޝްކަރުތައް އުފައްދަންވީ.
ޅަ ޖީލެއް ގަސްދުގައި ހަލާކު ކޮށްލަނީ.
އައއިއެމްއެފް ގެ ލޯނު ހޯދަން މިގައުމުގެ ޅަ ދަރިން ގުރުބާން ކުރަނީ. މިއީ ނުލަފާ ސަރުކާރެއް.