ރ. ފައިނުގައި އެއަރޕޯޓު އަޅަން ބޭނުން ނުވަނީ މަދު ބައެއްކަމަށާއި، އެރަށުގައި އެއަރޕޯޓު އަޅަން، އެރަށުގެ މެޖޯރިޓީ މީހުން ބޭނުންވާކަމަށް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު އުމަރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެޕޯސްޓުގައި، މިނިސްޓަރ ވިދާޅުވެފައިވަނީ ފައިނުގައި އެއަރޕޯޓު އެޅުމަކީ ރަށުގެ ވަރަށް ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވާ ކަމެއްކަމަށާއި އެކަމަށް މެޖޯރިޓީ ތާއީދުކުރާކަމަށެވެ. ހަމައެހެންމެ، މީގެ 26 އަހަރު ކުރިންސުރެ އެކަން، ސަރުކާރުން ކުރަން ރާއްވަވާފައިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރ. ފައިނު

މީގެއިތުރުން، އޭނާ ވިދާޅުވެފައިވަނީ އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ އައިލެންޑް އޭވިއޭޝަނުން، ފައިނުގައި ބޭއްވި ބައްދަލުވުމަށްވެސް އެތައް ބަޔަކު ހާޟިރުވިކަމަށެވެ. އަދި، ކަންބޮޑުވުން ފާޅުކުރީ ތިން ފަރާތަކުންކަމަށާއި އެފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކުރީ ކޮންސެޕްޓް ކުރަހާފައިވާ ގޮތަށްކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އައިލެންޑް އޭވިއޭޝަން އިން ފައިނުގައި ބޭއްވި މީޓިންއަށް ވަރަށް ގިނަ ބަޔަކު ހާޒިރުވި. ކަންބޮޑުވުން ފާޅުކުރީ ތިން ކުއްޖަކު. އެއީވެސް ކޮންސެޕްޓް ޑްރޯވިން އިން ގޮތުން. އެމީޓިން އަކީ ރަށު ކައުންސިލްވެސް ބައިވެރިވި މީޓިން އެއް." ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި ފަރާތްތަކުގެ ބައެއް ނުހޯދާ ބައެއް މީޑިޔާތަކުން ފަތުރަމުންދަނީ މަދު ބައެއްގެ ވާހަކައެއްކަމަށްވެސް އާދަމް ޝަރީފު އުމަރު ވިދާޅުވެފައިވެއެވެ.

ފައިނުގައި އެއަރޕޯޓު އެޅުމުން، އެރަށުގެ ތިމާވެއްޓަށް ގެއްލުންވާކަމަށް ބުނެ ބައެއް މީޑިޔާތަކުން، ބައެއް ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާފައިވެއެވެ. ހަމައެހެންމެ، މި ސަރުކާރުން ހަދަން ފެއްޓި ހދ. ކުޅުދުއްފުށީ އެއަރޕޯޓާއި ށ. ފުނަދޫ އެއަރޕޯޓާ ގުޅިގެންވެސް އެފަދަ ވާހަކަތަކެއް ދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަމީޒް

  ބޯދާ ހިޔާލުގެ މީހުން އެފަދަ ތަރައްޤީގެ ކަންކަމަށް ހުރަސް އަޅާނެ. މިސަރުކާރުން ކަންބޮޑެއް ނުވާނެ ދެއްތޯ. އެމްޑީޕީ މޮޔަކުދިންކޮޅެއް އެހެން އަދި އުޅުނަސް.

 2. ފައިޒް

  ރީނދޫ ފިކުރުގެ ޖެއްސުން ކުރާ ބައިގަނޑު ކިޔާ އެއްޗެއް ބަލާނެ ކަމެއް ނެތް . ސަރުކާރުގެ ތަރަށްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގޮވާލަން..ސާބަސް ރައީސް ޔާމިން

 3. ޢަބުދުލް ޤާދިރު ޙުސައިނު

  ރ ފައިނުގައި އެއާރޕޯޓެއް އެޅުމަކީ އެއީ ފައިނުގެ މުޅިރައިއްޔަތުނަށާއި ދާއިރާގެ ރައްޔިތުނނާއި ޓްވަރިޒަމާއި މުޅި ދިވެހި ރާއްޖެ އަށްވެސް އަދި މިކަމާ ދެކޮޅަށް ވާހަކަ ދެއްކި 3 މީހުނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއްކަން އެނގި ތިބެ ރަށުގެ އާއްމު މަސލަހަތު ނަގާލާ ރައީސް ޔާމީނުގެ ސަރުކާރުން ހިނގަމުންދާ މިފަދަ ތަރައްޤީގެ ބޮޑެތި ބިޔަ މަސރޫޢްތައް ފެނިފައި ހަޖަމުނުވެގެން އުޅޭ ރީދޫ ހުންޖެހިފައިތިބި 3 މީހުންގެ ފަނާކުރަނިވި ހިޔާލު އެކަމަށް ނުވިސްނާ މުޅިފައިނު އޮތީ ފެންބޮވާގަނެގެން ކަރުހިއްކުން ފިލުވާލަން ފެންފޮދެއް ބޭނުންވެފާ ތިބިފަދައިން އެކަމަށް އެދިއެދި މިކަން ފައިނަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ސައްކެއްނެތްވަރަށް ޔަޤީންވާނެ ސާބަސް ރައީސް ޔާމީން

 4. އާދަމް

  ފައިނުން މީނައަށް ސަޕޯރޓް ނެތުމުން އެންމެ ފަހުން ވޯޓާއި ކައިރިކޮށްފަ އެއާޕޯޓޭ ގޮވަން ފެއްޓީ ، ރައްޔިތުން ވޯޓު ހޯދަން އެއާޕޯރޓް އަލާނަމޭ ކިޔަނީ ،ކޮބާ ކުޅުދުއްފުށީ އެއާރޕޯރޓް؟ ބުނީމެއްނު ނުހުޅުވޭނޭ ކުޅުދުއްފުށިން ކިތަންމެ ވަރެއްވިޔަސް ސަޕޜޓެއް ނުލބޭނެ ، ފައިނުންވެސް ސަޕޯރޓެއް މީނައަށް އަދި ޔާމިނަކަށް ވެސް ނުލިބޭނެ، ވަގުތު މީހުން މިކަހަލަ ކޮމެންޓް ނުޖަހާދެނީ ކީއްވެ ބާ؟

 5. ކޮބާ

  ފައިނުގައި އެއާޕޯޓު އަޅަން ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވާނަމަ އެކަން މަމެން ހިތުގެ އަޑިން ގަބޫލުކުރާނަމޭ ފައިނު އަކީ އެއީ މިހާތަނަށް ކުށުގެ ރިކޯރޑެއް އޮތް ރަށެއް ނޫނޭ ފައިނު މީހުން ތެދުވެރިވާނެތީ ނޫންތޭ ފެބް އެކެއްގައި އެމެންނަށް ވެރިކަން ވައްޓާނުލެވޭނެ އުސޫލުން ޑިފެންސް މިނިސްޓަރޭ މަމެން ޕިންކީންގެ ވެރިކަން ދިފާއު ކޮށްދިނީ ޑިފެންސް މިނިސްޓަރޭ އަދި ހޯމް މިނިސްޓަރޭ އެއީ މަމެން ވަރަށް އިތުބާރު ކުރާ ދެ މިނިސްޓަރުންނޭ ތަމެން ހަމަ ބޭނުންތަނެއްގައި އެއާރޕޯރޓް އެޅޭނެއޭ އެކަން ނުވެސް ހުއްޓުވޭނެއޭ ރަންރީނދޫ ޓްވިޓަރޭ މެންނަށް ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. ގިވްމީ ވަން ގުޑް ރީޒަން އެއާރޕޯރޓް ފައިނުގައި އެޅުމުން ތިމާވެއްޓަށް ވަނީ ކޮންގެއްލުމެއްތޭ.