ރ. އިނގުރައިދޫގައި ގޮވުމެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެރަށުގެ ގުލްހަޒާރުގެ ގެއެއްގައި ކައްކާ ގޭސް ފުޅިއެއް ގޮވައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ދެ މީހުންނަށްވެސް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް އެެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެ މީހުންނަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއް ކަން އަދި ސާފެއް ނުވެއެވެ.

މި ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްއޫދު

    ޖާހިލު ހަސަންޓޭ އަންހާލަ ހުރިހާކަމެއް ހަމަޖެހޭނެ! އިދިކޮޅުމީހަކު ވާހަކަ ދައްކަންޏާ ހަސަންޓޭގެ ގައިކަހާވަރުން ނުއިދެވޭ! ވަރަށްގާބިލް މީހެއް އިގުރައިދޫ ރައްޔިތުން ހޮވައިފައިތިހުރީ!