ހއ.އަތޮޅު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބޭނެކަން މިހާތަނަށް ސާފުކުރެވިފައިވާ ނަތީޖާތަކުން ދައްކައިފިއެވެ.
އަތޮޅު ކައުންސިލްގައި ހިމެނެނީ ހުރިހާ ރަށެއްގެ ރައްޔިތުން ވޯޓް ލައިގެން ހޮވާ އަތޮޅު ކައުންސިލްގެ ރައީސް އާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް އެވެ.
"ވަގުތު" އަށް މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ކެލާ، ދިއްދޫ، އުތީމު، ވަށަފަރު، އިހަވަންދޫ ކައުންސިލްގެ ރައީސްކަން ހޯދާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.
އެމްޑީޕީއަށް ކަށަވަރުވެފައި ވަނީ ތަކަންދޫ، ހޯރަފުށި، މުރައިދޫ ކައުންސިލްގެ ރައީސް ކަމެވެ. އަދި ބާރަށު ކައުންސިލް ރައީސްގެ އިންތިހާބުގައި ވެސް ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އޭނާ އާއި ޕީޕީއެމްގެ ކެންޑިޑޭޓާއި ދެމެދު 32 ވޯޓްގެ ތަފާތެއް އެބައޮތެވެ. މިހާތަނަށް ނަތީޖާ ސާފުނުވާ 200 ވަރަކަށް ވޯޓް އެބައޮތެވެ.
ތުރާކުނާއި މާރަންދޫ ކައުންސިލްގެ ރައީސް ކަން ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެންޑިޑޭޓުންނެވެ.
މޮޅަދޫ އާއި ފިއްލަދޫގެ ނަތީޖާ އަދިވެސް އޮތީ ވަރަށް ވާދަވެރިކޮށެވެ. މޮޅަދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ދެވޯޓްގެ ތަފާތަކުން ކުރީގައި އުޅުއްވާއިރު ފިއްލަދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގައި އުޅުއްވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
"ވަގުތު" އަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ހއ.އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް ހުސައިން ރަޝީދު އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ޝަފީގް އަށްވުރެ 100 ވަރަކަށް ވޯޓުން ކުރީގައެވެ.
އަތޮޅު ރައީސްގެ ގޮނޑި އެއޮތީ ނަގައިފަ
މެޖޯރިޓީ ޕީޕީއެމްއަކަށް ވެސް ނުލިބުނޭ ޖަހާލިނަމަ؟؟ އެމްޑީޕީ އެކަނިތަ އިންތިހާބުގަ ވާދަކުރީ؟؟ ރައީސް ގޮނޑިޔާ ގިނަ ގޮނޑި އެމްޑީޕީ ނެގީ
ހއ.އަތޮޅު ރައީސް ގޮނޑި އެމް.ޑީ.ޕީ އެއް އޮތީ ނަގާފަ ކިތަމެން މޭ ކަރައިގެން އުޅުނަސް