އިއްޔެ ބޭއްވި ލޯކަލް ކައުންސިލް ތިންހާބުގައި މާލެ އާއި އައްޑޫގެ އިތުރު ގޮނޑިތަކެއް އެމްޑީޕީއަށް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައި ވަނީ ދެންމެ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މި އިންތިހާބުގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު، މާލޭގެ 18 ގޮނޑީގެ ތެރެއިން ފަސް ގޮނޑި އެ ޕާޓީއަށް ކާމިޔާބު ކުރިކަން ކަށަވަރުވެފައިވާ ކަމަށާއި، އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން ހަ ގޮނޑި އެ ޕާޓީ ކާމިޔާބުކޮށްފައިވާ ކަމަށެވެ.
އަދި މާލެއާއި އައްޑޫ ސިޓީ އިން މިޕާޓީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން، މާލޭގެ އެހެން ފަސް ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ ހަތަރު ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެ ޕާޓީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ 40 އަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި މި ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50-60 ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މިއިން ކޮންމެ ދާއިރާއެއްގައި ބާތިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
"އެހެންކަމުން، މިޕާޓީން މިގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ". އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
އަދި އެކަންކަން ހުރުމުން އެ ޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްލެވޭ ކަމަށް އެ ބަޔާނުގައިވެއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އިއްޔެ އޮތް އިންތިހާބަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނު ފަހުން މާލެ އާއި އައްޑޫ އިން އެޕާޓީއަށް އެންމެ ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހުނު އިންތިހާބެވެ.
ތިކަންކޮށްފަ މިފަހަރު ވޯޓު ކަރުދާސްތައް އިލެކްޝަނުން އަންދާލަންވާނީ.
ތި އުޅެނީ ވައްކަން ކުރަން ...
ރިޔާސީ އިންޔިޚާބުގަ ހެދި ހެން ހަދާ ޝަރީފޫ ގޮޑިތައް އަންނި ޕާރޓީއަށް ދީފަ އަވަ ހަށް ވޯޓް ކަރުދާސް ތައް އަންދާލާ ، މާލޭގެ މޭޔަރުކަން ވެސް
ތިޔަ ޕާޓީއަށް ޔަގީންވާނެ ހެން މަށަށް ހީވަނީ ، ޝަރީފް ދެން ތިޔަ ހެން ހަދާފަ ދާއިމީ ނަތީޖާ ނެރޭނެ ތިޔަ އޮތީ ހަދަންވީގޮތް ބުނެދީފަ.
ދޮގެއްނޫން. ތިމަރަގަނޑު މިފަހަރުވެސް އެހެންނުހަދާނެއޭ ބުނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭނެ.
2023 ރަގަޅުބަލިޔަކުން ބަލިކުރާނެ މަކަރުހަދާނެ ވަރަކަށް މަކަރުހަދާ މިފަހަރުތިޔަފެނުނީ ރައިޔަތުންގެ ކުޑަމިންވަރެއް ތިޔަކަށްދެން އާއެކޭނުބުނާނެ......
އެމް.ޑީ.ޕީ އަކީ އެންމެ ހަޖަމް ކުރެވޭ މީހުން ތިބޭ ޕާޓީ އޭ ބުނާ އަޑު އިވޭ..
Gunan vaanee emmenah fenna gothah. Mi faharu makaru hadhan noolheythi
ހަހަހާ ފެށީ ފެށީ. ދެން ވޯޓު ނަތީޖާވެސް ބަދަލުވާނެ ގާޒީންވެސް ހައްޔަރުކުރާނެ މާ ބޮޑުވަރުވަންޔާ އިނޑިޔާ ސިފައިންވެސް ރެޑީގަ ތިބީ.
ޑިކްޓޭޓަރު ނަށީދު އައުޓް!
ވައްކަންކުރަން ރެޑިވަނީދޯ
ހާދަހެއްވައޭ؟
ލޫޓުވަން ނޫޅޭތ!. ފަހުން ލިބޭ ދެރަ މާބޮޑުވާނެ. އޭރުން ރައްޔިތުން ނުކުންނާނީ ދިމާ އިދިކޮޅަށް.
ތިޔައުޅެނީ އަނެއް ވައްކަމެއްކުރަން ކަލެމެންތީ ކޮންބައެއް ސާޅިހެއްނޫން އެއްވޯޓްގެ ފަރަގު އިނަސް ބަލިވާނީ ބައްޔައް އީސީ ސަރީފައް އެތިވަރު ބޮނޑިއެއްދީގެންވިޔަސް މިފަހަރުވާނެ ތިކަންކުރަން ތިއުލެނީ ބަލިވިމަ ކަރުބުޑުގަ ހިތިރަހަލާގެން ނުފިލާގެން
މިހާރު ތިއުޅެނީ ކަޑައެޅިގެން އޮޅު ވާލަން
ނުވާނެ ބަދަލެއް، ދެން ތަންތާ ރޯކުރަން ދުވެގަނޭ! ޗޯބެ
އއެއުޅެނީ ޖަލައށް ވަގަށް ގޮޑިތަކެއް ވަށްދައިގެން ވޯޓް އޮޅު ވައިލަން އެމްޑީޕީ އަށް އަބަދުވެސް އިގޭނީ މަކަރާއި ހީލަތް ހެދުމާއި ދޮގުހެދުމާއި އޮޅު ވާލުން
ކޯޓުގެ ގާޒީން ބަދަލު ކޮށްފަ އެކއނޑިޑޭޓުންނަށް ހުކުމެއް އިއްވާލާ، އޮޓަމެޓިކުން އެލިބުނީ.
ތިޔަށް ކިޔަނީ ގޮނޑި ފޭރުން ފޭރިގަނެގެން ގޮނޑީހޯދިޔަސް ތާ އީދެޢް އޮތްކަމަކަށް ނުބަލަން
ދެންއިތުރައްލިބޭނީ އަނދަގޮޑި ނޫނީ ލަނގޮޑި ރައްޔިތުންގެމިނިންމުމުން ވައްކަންކޮށްފިނަމަ އެކަމުގެއަދަބުލިބޭނެ އެކަންހަނދާނުގަބަހައްޓާތި އެއީއަނދަގޮނޑި
ތި އުޅެނީީ ބަދަލަށް ލާރިދިގެން ވޯޓް އޮޅުވަން.
ވައްކަންކޮއްގެން ދޯ😲😲😲
ދިވެ ހި ރާއްޖޭގެ ޓުރަމްޕު.
ދެން އަތްޖަހާ
މިފަހަރު ފާހަގަ ނުވެއްޓޭތަ މިފަހަރުު ފާހަގަތަށް މައްޗަށް ދޯ މިފަހަރު އީސީ ޝަރީފުވެސް ރަނގަޅުދޯ
ރާއްޖޭގެ އިންތިހާބީ ގޮޑި ތަކަކީ ނީލަން އަޅުވައިގެން ސޭލް އަޅުވައިގެން ގަނެއް ވިއްކަން ހުންނަ އެއްޗަކީތޯ ؟
ފުޅަންމަތިން އަރައިގެންވެސް މި ވެރިން ބަލާނެ ވޯޓްތައް ބަދަލުކުރެވެއިތޯ މިފަހަރު އަންދައެއް ނުލާނެ އިތުރުކުރަނީދޯ ބޮޑުވަގުންތީ
އިތުރު ގޮނޑި ހޯދަން ނޫޅޭ. ކޮޅުފިލާ ގޮނޑި ބަހައްޓާ އޮރިމަސް ވަކަރު ހުންނާނެ.