މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ފަރަގު ކުޑަކޮށް އެމްޑީޕީއަށް މަދުން ވޯޓު ލިބުނު ފޮށިތަކުގެ ނަތީޖާ ބަދަލު ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ޕާޓީއިން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފުރަތަމަ ފަހަރަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އާއި މާލެ ސިޓީގެ މޭޔަރު ކަން ވަނީ ޕީޕީއެމްއިން ކާމިޔާބުކޮށްފައެވެ. އެހެން ސިޓީތަކުގެ މޭޔަރު ކަން އެމްޑީޕީއަށް ލިބުނު ނަމަވެސް އައްޑޫގައި ވެސް ސުޕަ މެޖޯރިޓީއެއް އެމްޑީޕީއަށް މި ފަހަރު ނުލިބެއެވެ. އަދި ގިނަ އަތޮޅު ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ނުލިބޭ ކަން ނަތީޖާ އިން ދައްކައެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށެވެ. މާލެ ސިޓީ އަދި ބޮޑެތި ސިޓީތަކުގެ ފަރަގު ކުޑަ ނަތީޖާތައް ބަދަލު ކުރަން އެމްޑީޕީން މަސައްކަތް ކުރިޔަސް ރައްޔިތުން އެ ވަނީ ގޮތެއް ނިންމާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެމްޑީޕީން ކެނޑިނޭޅި ދަނީ އީސީއަށް ނުފޫޒު ފޯރުވައި ފޮށިތަކުގެ ނަތީޖާ ބަދަލު ކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.

މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭހެން ސިޓީ ކައުންސިލްގެ 12 ގޮނޑިއެއް ޕީޕީއެމްއިން ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަތް ގޮނޑިއެވެ.

އައްޑޫ ސިޓީއިން ވެސް އައްޑޫގެ މޭޔަރުގެ ގޮނޑި ހިމެނޭހެން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ހަތް ގޮނޑިއެވެ. އަމިއްލަ ކެންޑިޑޭޓުން ކާމިޔާބު ކުރި ތިން ގޮނޑިއާއި ޕީޕީއެމްއިން ކާމިޔާބު ކުރި ތިން ގޮނޑިއާ އެކު އައްޑޫ ސިޓީގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް މި ވަނީ ގެއްލިފައެވެ.

ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީ ވަނީ އެމްޑީޕީއިން ހޯދައިފައެވެ.

އަތޮޅު ކައުންސިލްތަކުގެ ރައީސްގެ ގޮނޑިއަށް ބަލާއިރު މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްއަށް ނުވަ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެމްޑީޕީއަށް ވެސް ނުވަ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެވިފައެވެ.

ނަމަވެސް ގިނަ އަތޮޅު ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ސަރުކާރު ވަޓާލަން ތައްޔާރުވޭ

  32
  1
  • ޙައްގުބަސް

   މިސަރުކާރަށް ރައްޔިޔުން އެވަނީ ވަރަށް ސާފުކޮށް ނޫނެކޭ ބުނެފަ މިގަހަރުގެ މިނެގި ކައުންސިލް އިންތިޚާބުގައި!! މިއީ ދެބަސް ވެވޭނެ ކަމެއްނޫން!! އިދިކޮޅަށް ސަރުކާރުން ދިޔައީ އެތައްގޮތަކުން ދުއްޕާންކުރަމުން!! ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތެއް ސަރުކާރުން އިދިކޮޅަށް ފަހިކޮށްނުދީ ސަރުކާރުންދިޔައީ މާކުރީއްސުރެ ކެމްޕޭންފަށާ ކުރިންވެސް ހެދިފަދަ އެތައް ދޮގުވަޢުދުތައްވަމުން! ރައްޔިތުންނަށް އެތައް ދޮގެއްހަދާ ރައްޔިތުން ވާ ވައްދައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ!! ހަމަ އެގޮތަށް ރައްޔިތުންގެ މަޖްލީހުގެ ސުޕަ މެޖޯރިޓީ ނެގީ!! ރައްޔިތުން ސަރުކާރާ މަޖްލިސްގެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީއަށް ދިނީމާވެސް އެއްކަމެއްވެސް ނުކުރެވުނު!! ރައްޔިތުންގެ ޖީބުތައް ހުސްވެއްޖެ!! ކުރާނެ މަސައްކަތެއްނެތް!! ތަރައްގީއެއްނުފެނުނު!! ބެންކް އޮފް މޯލްޑިވެސްއިން ދީފައިވާ ކްރެޑިޓް ކާޑުތައް ވޮލެޓްގައި އޮންނަ ޕްލާސްޓިކް ކޮޅަކަށް ބަދަލުވެެއްޖެ!! އެކާޑް ބޭނުންކޮށްގެން އޮންލައިންކޮށް ޓިކެޓެއް ނަގާނުލެވޭ!! ބޭރުގެ ހޮޓަލެއްގެ ކޮޓަރި ބުކްކޮށް ނުލެވޭ!! މަހަކު ނެގެނީ 250 ޑޮލަރު!! މިއީ ވެސް ގިނަ ރައްޔިތުންނަށް ލިބުނު ބޮޑުތަކުލީފެއް!! ޔާމީންގެ ސަރުކާރުގައި މިކަން އޮތްގޮތެއްނޫން މިއީ! މުޅި ގައުމުގެ އިގުތިސޯދު މިސަރުކާރުން ފުނޑާލައިފި!! ވައްކަން ކުރަނީ އިންތިހާއަށް!! ރައްޔިތުންގެ ނޭވާހޮޅިންވެސް ކުރީ ބޮޑު ވައްކަމެއް އެއީ ވެންޓިލޭޓަރުގެ ވައްކަން! އިންޑިޔާއާއެކު އަޑިނޭގޭ އަދި ގާނޫނާ ޚިލާފު އެއްބަސްވުންތައް ހަދާ އެމީހުންދިން ރިޝްވަރުގެ ފައިސާގައިވެސް ވަނީ މިސަރުކާރުގެ އިސް މަދު ބަޔަކު ވަނީ ހިފާފަ!! މިނިވަންކަމާ އިސްތިގުލާލު ފުނޑާލައިފި!! ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަން ފަހިކޮށްދިބުނަށް ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ އެޅި 7000 ފުލެޓުންވެސް މިސަރުކަރުން ކުރީ ވައްކަން!! ޙައްގުވެރިން އަތުން ފޭރިގަތީ!! އެތަން ނުނިންމާ އެއުޅެނީ މިނާގާބިލް ސަރުކާރުން ބޮޑު އަގުގަ ރައްޔިތުން އެތަނަށް ވައްދަން!! ރައްޔިތުން އެބަޖެހޭ މިސަރުކާރު ބަދަލުކުރަން!! މިއީ ނާގާބިލް ސަރުކާރެއް!! ވައްކަމާ ކޮރަޕްޝަނާ އަނިޔާވެރި ސަރިކާރެއް!! ޖޭއެސްސީއޭ ކިޔާ އެމްޑީޕީގެ ގޮތްޕަކުން އެގެންދަނީ ކޯޓްތައް މެދުވެރިކޮށް ރައިސް ޔާމީނަށާ އިދިކޮޅަށް އަނިޔާވެރިވަމުން!! އެކަން އެނގޭނެ އެމްއެމްޕީއާރުސީގެ މައްސަލަ ހިނގާ ދިޔަގޮތާ އެކަމުގައި ބައިވެރިވި ފަރާތްތަކާ ދޭތެރޭ ޢަމަލުކުރާ ގޮތުންވެސް!! 2023 ގައި މިސަރުކާރު ބޭރުކޮށްގެން މެނުވީ ރާއްޖެއަށް ހަމަޖެހުމެއް، ތަރައްގީއެއް، މިނިވަންކަމެއް އަދި ރައްޔިތުންނަށް އުފާ ފާގަތިކަމެއް ނުލިބޭނެ!!

   9
   1
 2. އުތުރުން

  ފޮށިތަކުގެ ނަތީޖާ އޮޅުވާލައި މަކަރާއި ހީލަތް ހެދުން ވަގުތުން
  ހުއްޓާލުމަށް މޑޕ އަށް ގޮވާލަމެވެ. ނުލިބޭ ކާމިޔާބެއް މަކަރު
  ވެރި ގޮތެއްގައި ހޯދަން ނުފޫޒްގެ ބޭނުން ނުކުރުމަށް ގޮވާލަމެވެ. އީސީ އިން މިކަމަށް ފާރަވެރިވެ އިންސާފްވެރި
  ވުމަށް ގޮވާލަމެވެ.

  45
  1
 3. ކޮވިޑް

  ލަދުން ބޮލާ ފޮށާ އެޅުނީމަ އިންޑިޔާ އަށް ދިން ޔަޤިންކަން ގެއްލި ނެގި ލާރިގަނޑު ހޯދަން އިންޑިޔާ އިން ތެޅިގަތީމަ މަޖުބޫރުވާނެ ދޯ މަކަރުން ނިވިއްޔާ ޝަރީފް ގަނެލައިގެން ވެސް ތިކަން ކުރަން، ގޮތެއް ފޮތެއް ހުރި މީހެއްނޫން މި އަންނިޔަކީ ހުވާ.

  8
  1
 4. ރަށްޔަތުން މިފަހަރު ގުއިރޯނުގަ ނުޖެހޭނެ

  40 ވަގުން ބަގުޑި ބައްދާގެން ވެސް ވޯޓް ފޮށި ފަޅާލާންވެސް އެތިބީ ތައްޔާރުވެގެން.

  7
  1
 5. މުޕޮރާ

  މމޯދީ ކައިރީ ބުނީ ސުޕަރ މެޖޯރިޓީ ނަގާނަ މޯ.
  މި ހަފުތާގައި މޯދީޖީ އާއި އެކު އޮންނަ ކޯލްގެ ކުރިން ތަފާތު ކުޑަކުރަން ތިއުޅެނީ.
  މޯދީ ޖީ ހުރީ އަންނިގެ ނާކާމިޔާބާއި ދޭތެރޭ ހިތް ހަމަނުޖެހިފައި.

  8
  1
 6. ޖަނާޒާ

  ދިވެހި ރައްޔިތެއްގެ ހައިޞިއްޔަތުން އީސީއަށް އިތުބާތުކުރަން

  4
  3
 7. ސޮއްޓި

  ކަރަޕްޝަން ހިންގައި އެކަން އެންޓިކަރަޕްޝަންގެ ތަހުގީގަށް ސާބިތުވެ އެފައިސާ ދައްކަވާފައި ހުރި ރައީސަކު :އެހެންމީހަކާ ދިމާލަށް ކަރަޕްޝަން ހިންގަނިއްޔޭ ގޮވުމުގެ ބޭނުމެއް އެބައޮތްތޯ؟

  2
  1
 8. Anonymous

  ތިއުޅެނީ ލިބުނު ވޯޓް އަދިވެސް ގިނަވެގެން. ރައްޔިތުން މިތިބީ ރަތުގަ! ފްލެޓް ނުދީ ހިފަހައްޓައިފި. ރޭޕްގެ މައްސަލަތައް ނުބަލާ. ފުލުހުންގެ ގާނޫނު ހެދީ ބަދަލުހިފަން. ރައްޔިތުންނަށް ފުރައްސާރަ ކުރަނީ.
  ރިޔާސީ އިންތިހާބުގަ 100 ވޯޓްވެސް ނުލިބޭނެހެން މޑޕގެ އަމަލުތަށް ބެެހެއްޓީމަ ރަނގަޅުވާނީ.