އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަޒީފާގެ މައްސަލަ ވަރަށް ބޮޑަށް އޮންނަ ކަމަށާއި ސަރުކާރުގައި ވަޒީފާ ހުރި މިންވަރަކުން އެމްޑީޕީގެ މެންބަރުންނަށް ވެސް ވަޒީފާ ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއަށް ނޫސްވެރިޔަކު އަމާޒު ކުރި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް މިހާތަނަށް އައި އިރު ވެސް ސަރުކާރުގެ ތެރެއިން ދެވެން އޮތް މިންވަރަށް ވަޒީފާ ދީފައިވާ ކަމަށެވެ. އިތުރަށް ވެސް ވަޒީފާ ދިނުމުގައި ޖާގަ އޮތް މިންވަރަކުން ދިނުމަށް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެމްޑީޕީގެ ތެރޭގައި ވަޒީފާގެ ކަންބޮޑުވުން އެބަ އޮތް. އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރޭ. އެހެން ނަަމަވެސް ސަރުކާރުގެ ތެރޭގައި ޖާގަ އޮތް މިންވަރު ބަލައި އަޅުގަނޑު ހިތުން ރަނގަޅު އަދަދެއް އެމްޑީޕީގެ މެންބަރުންނަށް މިހާރު ވެސް އޮންނާނީ ވަޒީފާ ދެވިފައި. ދެން އަދިވެސް އަޅުގަނޑު ބަލާނަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ވަޒީފާތަކަށް އައްޔަން ކޮށްފައި ވަނީ ތައުލީމީ އަދި ތަޖުރިބާގެ ފެންވަރު ނެތް މީހުން ކަމަށް ފާހަގަކޮށް ނޫސްވެރިޔަކު ސުވާލެއް އަމާޒު ކުރުމުން އޭގެ ޖަވާބުގައި ރައީސް ވިދާޅުވީ ކުންފުނިތަކުގެ ބޯޑާއި މިނިސްޓްރީތަކުގެ އެންމެ އިސް މަޤާމަށް އައްޔަން ކޮށްފައި ވާނީ އެ ފެންވަރު ހުރި ބޭފުޅުން ކަމަށެވެ. އެހެން ވިޔަސް ތައުލީމާއި ތަޖުރިބާ މަދު ބައެއް ފަރާތްތަކަށް ވެސް ސަރުކާރުގެ ބައެއް ވަޒީފާ ޖާގަ އޮތް ވަރަކުން ދެވިފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މަޤާމުތައް މަދު ކުރައްވާނެ ކަމަށް ރައީސް ސޯލިހް އެންމެ ފުރަތަމަ ވިދާޅުވެފައިވީ ނަމަވެސް އެމްޑީޕީއާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނަށް ސަރުކާރުގެ ވަޒީފާ ހަމަޖައްސާފައިވާތީވެ ސަރުކާރަށް ވަރަށް ގިނަ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.
ހުންްނަ ގޮތްކުޑަކަން ދަ އުލަތުގެ މާލި އްޔާގަ އޮތި އްޔާ އޮތް އެއޗެ އްވެސް ބަހާހުސްކޮ އެރުވީ އާލިލާގެ މީހުނަށާ ރަހުމަތްތެރިންނަށާ ޕާރޓީގެމީހުނަޢް ލަދުހަތްހުރި އިންސާނެ އްނަމަ މިހާރު އިސްތި އުފާދިފަ ރަ އްކާވިސް
ގޮތްކުޑަ މީހެއއް. ބޮޑު ކޮރަޕްޓެޑް އިންސާނެއް. މީނާގެ މައްޗަށް ފާޅުގައި ކޮރަޕްޝަނަށް ހިތްވަރު ދިނުމާ ކޮރަޕްޝަންހިންގާނެ ކަމަށް ބުނިކަމުގެ ދައުވާކުރަންޖެހޭ.
އެބުނާހެން ބަލަ ޕާޓީ މީހުންނަށް އެކަނި ވަޒިފާ ދޭން ތިބުނަނީ ކިބުލުގެ ތަރިކަ މުދަލެއްތަ މި ދައުލަތަކީ
ރައީސް ތީ ހަމައެކަނި އެންޑީޕީގެ ރައީސެއްދޯ؟ ބަލަ ގައުމުގެ ރައީސް ކަމާ ހަވާލުވެ ތިހިރީ އެއްވެސް ބަޔަކު ތަފާތުނުކޮއް ވަޒީފާ އެއްޗެހިދޭކައް ނޫންތަ؟ ތިދެއްކީ ވަރައް ދެކޮޅުނުޖެހޭ ވާހަކައެއް ހަމައެކަނި އެންޑީޕީ މީހުނައް ވަޒީފާ ދޭވާހަކަބުނުން .. ހަމަ ނާގާބިލުކަން ބޮޑީ
ކިހާރީތި؟
އިރުކޮޅެއްކުރިންކީ ކޮރޮޕްޝަނޭ ބަނޑު ހަންގަނޑޭ.
ވަޒީފާ ދޭން ވީތައުލީމީ މީހުންނަށެވެ. މުޒާހަރާ ކުރާ މީހުންނަކަށް ނޫނެވެ.
އެމްޑީޕީ މީހުން ނޫން މީހުންނަކަށް ވަޒީފާއެއް ނެތޭ ތިބުނަނީ. ބަލަ އަހަރުންވެސް ވޯޓް ދީ ގެން ރައީސް ސޯލިހު ވެރިކަމައް ގެނައީ. ވަޒީފާ ޕާޓީތަކު ނޫޅޭ މީހުންނައް ވެސް އޮންނާން ޖެހޭނެ. ދެން ނުދޭނަން ވޯޓެއް.
މިހާރު ސިވިލް ސާވިސް ކަމިޝަންއޭ ކިޔާ މުއައްސަސާވެސް މުށުތެރެއަށްލީ ދޯ! ސަރުކާރުގެ ވަޒީފާތަކަކީ އިންނަވަރު އިބްރާހިމް ބޭނުން މީހަކަށް ދޭން އޮތްއެއްޗަކަށް އެ ހެދީ!
ހާދަ ބޮޑާހާކާ ބައެކޭ.
ވަޒިފާވެސް ދީ
ފުލެޓްވެސްދީ.
ދެންވެސް ހުރިއްޔާ ހުރިއެއްޗެއްދީ.
ލަނޑަޔާއި ވަނީ ހަމަ ލަނޑަޔާ.
ރައީސެއްގެ މަގާމުގައި ހުރެގެން ނުދައްކަންޖެހޭވާހަކަ ހާދަހެއްވަޔޭ.
ކޮބާ ވަކި ބަޔަކަށް ވަޒީ ފާ ދޭން ތަރިކަ މުދާތަ މީ. ވަޒީ ފާ ދޭން ޖެހޭނީ އާއްމުކޮށް ހިޅުވާލައިގެން. އެހެންނޫނީ ކޮބާ އިންސާ ފަކީ.
ޢަވަހަށް ހައްޔަރު ކުރޭ. ކޮރަޕްޝަން އެންމެ ހޫނުކޮން ފާޅުގައި ކުރިޔައްގެންދަނި އިބޫ
ގައުމަށް ހިޔާނާތްތެރި ނުވޭ.ދަރަންޏަށް ފައިސާ ނަގައިގެން ޕާޓީ މީހުނަށް މުސާރަނަމުގަ ފައިސާދިނުމަކީ ހިޔާނާތްވުން. ކުރާނެމަސައްކަތެއްނެތި މުސާރަ ނަމުގަ ނަގާ ފައިސާ ހަލާލެއްނުވާނެ. ހަލަލު ފައިސައިން ކެއުމާއި އަނބިދަރިންނަށް ކަންބޯން ދޭންޖެހޭނީ.ބަނބުކެޔޮގަހަށް ނިދަންއަރައޮންނަ ކުކުޅު ވަގަށް ނަގައިގެން ކާންކެރޭ ބަޔަކު.ކޮންމެކަހަލަ ވައްކަމެއްވެސް ކޮށްފާނެ.
ނުޖެހޭ ވަކި އެމްޑީޕީ މީހުންނަށޭ ކިޔައިގެން ވަޒީފާދޭކަށް. ކޮންމެ މީހަކަސް ކަމަށް ކުފޫހަމަވާ މީހާއަށް ވަޒީފާ ދޭންޖެނީ. ޙައްޤުވެސް ވާނީ.
ތިއީ ކޮރަޕްޝަނުގެ ޢަމަލެއް. ހުތުރު ކަމެއްގެ އެ ކުރަނީ ރީތިކޮށްލައިގެން. މޮޅުކަމަކަށް ހަދައިގެން ނުސީދާކޮށް ކޮރަޕްޝަން ފާޅުގަ ތި ހިންގަނީ ކޮރަޕްޝަން.
ތިފަދަ ތާކުންތާކު ނުޖެހޭ ކަންކަމާހުރެ ރައްޔިތުން ނޫނެކޭބުނީ. ކޮންމެހެން މޑޕ މީހުންނަށް ވަޒީފާ ނުދޭތީ އެއް ނޫން. އެމްޑީޕީ އަށް ފޮނި އުންމީދު ކުރިމީހުންނަށް، މޑޕ ގެ ހަރުދަނާ ސިޔާސަތެއް ނެތްކަން ޔަޤީންވާންފެށީ.
ކަލޭގެ މަންމަ ބައްޕަގެ މުދާގަނޑެއްތަ ދައުލަތުގެ ވަޒީފާތަކަކީ. ކަލޭބޭނުންހާ މީހަކަށްދީ ބަހާލަން. ކުޅިކުޅެން ނޫޅޭ ރައްޔިތުން ބުނެފި ބޮޑުތަނޫން ނޫނެކޭ. މައިމޫނާ ބޭނުންކޮށްގެންވެސް ތިވީ ބަލި. ރަނގަޅަށް ކެންޕޭނު ކުރަން ލިބުންނަމަ ސޯޓު ބޭލޭވަރު ވީސް.
މިއީ ދިވެހި ގައުމުގެ ރައީސްއެއްނޫން. ކޮރަޕްޓް މޑޕނގެ ގުނޑާ އިންގެ ރައީސް.
ވަޒީފާގެ ސަރުތު އެމް.ޑީ.ޕީ މެމްބަރެއް ކަމުގައި ވުން! ކޮންވައްތަރު!
ހީވޭ؟ އަމިއްލަ އަށް މިކިޔަނީ ކޮރަޕްޝަން ހިންގާނަމޭ. މިވަރުގރ މީހުން ވެރިންނަށް ލައިގެން މި އިލްމީ ގައުމުގެ ޒުވާނުން މިތިބެނީ؟ މީނާގެ މައްސަލަ އޭސީސީއަށް ހުށަހަޅަންޖެހޭ.
ވަޒީފާއާ ބެހޭ ގާނޫނުގައި ވަޒީފާ ދިނުމުގައި ތައުލީމު ނުހިމެނުމަށް މަސައްކަތް މިކުެަނީ މޑޕ ގެ ނުކިޔަވާ ޖާހިލު ގުރޫޕަށް ވަޒީފާދޭންތާ ދޯ. މިގައުމުގެ ޒުވާން އިލްމީ ދަރިން ނުކުމެ މި ކޮރަޕްޓް ސޯއްޓޭ ވެރިކަމުން ދުރުކުރަން ވެއްޖެ އެއއްނު މިހާރު.
ތިޔަށް ކިޔަނީ ކޮރަޕްޝަން! ކޮރަޕްޝަންގެ ތަޢުރީފު ބައްލަވާލައްވާ! މިކަންކަން ނުބަލައި އޭސީސީ ނިދި ކުރައްވަނީތޯ؟
ތި ހެން ވެގެން މި ފަހަރު ވޯޓް ނުދިނީ
ތިޔަހަރަ ޒީރޯ ޓޮލަރެންސް ގިރައިގެން ބޮވެނީ.
އިސްތިއުފާ ދިނިއްޔާ މާތާހިރު ވާނެ
ދެން ވީ އާއްމު ރައްޔިތުން ފެލާގެން ޕާރޓީ މީހުންގެ ބޭކާރު ވަޒީފާ ތަކަށް މުސާރަ ދޭން! ހާދަ ދެކޮޅުނުޖެހޭ ވާހަކައޭ! އަނެއްކާ ހިދުކޮޅުބާ
ބައްލަވާ ތިހެންނަހައްދަވާ. ސަރުކާރުގެ ވަޒީފާ ދެއްވަންވާނީ އެކަމަށް އެންމެގާބިލް މީހާ އަށް. މިހާރު ގާބިލް ތަޖރިބާ ހުރި އެތައްބަޔަކު ވަޒީފާ ނެތި މަގުމަތީގައި. އަދި މަގުގައި މުޒާހަރާ ކުރި އެއްވެސް އެއްޗެއް ނުދަންނަ އެތައްބަޔަކަށް ވަޒީފާ!!!.
ބަލަ ތިޔަކިޔާއެއްޗެއްނޭނގުނޭ ދޮހޮއްކޮބޭ ބުނާހެން ނޭންގުނޭ ތިޔަ ވިދާޅުވާ ބަހުގެ މާނައެއް ނޭންގުނޭ މިހީވަނީ އެމްޑީޕީ ކިޔާ ބަޔެއްގެ ތަރިކަ މުދާހެން ނޫންތޯ ވޯޓް ހޯދަން ލޮބުވެތި ރައްޔިތުން މިހެންވީމައޭ ކިޔެނީ ޕާޓީތައް އުވާލާށޭ
އިބުރާހިމް މުހައްމަދު ސޯލިހު މަނިކުފާނުގެ ލަދު ހަޔާތް ކެނޑި ހޭވެރިކަމެއް ނެތެއްނުން ދިވެހި ރައްޔަތުން ވޯޓުދީގެން ރައީސް ކަމައް ގެނެއްސަހުރީ ތިޔަގޮތައް ސައިޒު އޮޅިވަޑާގެން މަނިކުފާނާ މުހައްމަދު ނަޝީދައް ފެންނަނީ އެމްޑީޕީ މެންބަރުން އެހެންބަޔަކު ނުފެނޭ އޭގެނަތީޖާ މިހާރު ތިޔަފެންނަނީ ވެރިކަމައް އާދެވުނަސް މީހާގެ ބޮލުގަ ބޭނުން ހިފަނީ ފުނާއަޅަން އިލްމެއް ނެތްތަނުގަ ހިލްމެއްވެސް ހުރީކީނޫން
މިހާރު ނުދޭބާ؟ވަޒީފާ ދުވަހަކު ނެތަސް ވޯޓާއި ކައިރިވީމަވެސް ވަޒީފާދޭ؟މޮޅުކަމަކީ ވަޒީފާއަށް ދާ މީހާއަށް ނޭގެ އޭނަގެ ވަޒީފާ ކޮބާކަމެއް.ކުރަންޖެހެނީ ކީއްކަމެއް.ހިތަށް އެރީމަ ވަޒީފާ ދެނީ.