ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އާންމުކޮށް ބޭނުން ކުރާ މަގުތައް އަލިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތައް ނުދިއްލޭ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. މަގުބައްތިތައް ނުދިއްލޭތީ ހުޅުމާލޭގެ ގިނަ މަގުތަކެއް އޮންނަނީ އަނދިރިކޮށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޮޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވިދާޅުވީ ގިނަ މަގުތަކެއް އަނދިރިވެ މަގު މަތީގައި ޖަހައިފައި ހުންނަ މަގުބައްތި މަދުވުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކުކުން އަބަދުވެސް ޝަކުވާ ހުށަހަޅާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓްރީޓް ލައިޓް މާސްޓަ ޕްލޭން އެއް އެކުލަވާލައިފައެވެ.

މި ޕްލޭން އެކުލަވާލުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މައްސަލަ ޖެހިފައިވާ މަގު ބައްތިތަކާއި އަނދިރި މަގުތައް ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީން ވިދާޅުވީ މިގޮތުން ފާހަގަ ކުރެވުނު 14 ސަރަހައްދެއްގައި ހުރި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކޮށް ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭހެން އައު މަގު ބައްތި ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ގޮތުން މިދެންނެވުނު 14 ޒޯނުގައި ހުރި ބައެއް މަގުބައްތިތައް ނިއްވާލައިގެން މަސައްކަތް ކުރަން ޖެހުމާއި، މިހާރު ހަރުކުރެވިފައި ހުރި ބައެއް މަގުބައްތިތައް މަރާމާތު ކުރުމުގައި ބައްތިތައް ނިއްވާލަން ޖެހޭކަން ފާހަގަ ކުރަމެވެ. އަދި މި ކަމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ،" އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކޮށް އަލުން މައްސަލަ ޖެހިފައިވާ މަގުބައްތިތައް ދިއްލުމަށް ކަމަށެވެ. ޖުމްލަ 1330 މަގުބައްތި ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޖޫން މަހު ނިންމުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ޒޯން 1، 2، 3، ގައި ކުރަމުން އަންނަ ކަން ވެސް އެޗްޑީސީން ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލަވީޓޯ

    ތިކަމާހުރެ މަގެއް މަތީގަ ހިނގޭވަރެއް ނޫން...80 ގެ އަހަރުތަކަށްވުރެ ހާލު ދެރަ..ކުރަން ހުރި ޝަކުވާ ވ.ގިނަ.ރޯދަމަސް ވީމަ ކުރުކޮށްލީ...

  2. Anonymous

    ތިކަމާހުރެ މަގެއްމަތީގަ ހިނގޭވަރެއް ނޫން..80ގެ އަހަރު ތަކަށްވުރެ ހާލުދެރަކޮށް މިދަނީ...ކުރަން ހުރި ޝަކުވާ ވ.ގިނަ.ރޯދަމަސްވީމަ ކު

    4
    1
  3. Anonymous

    މުޅި ހުޅުމާލެ ރޭގަނޑު އޮންނަނީ ކަނުއަނދިރީގަ

  4. ކާފަބޭ2020

    ހުޅުމާލެއަލިކުރުމުގެމަސައްކަތްކުރަނީ އިންޑިއާސަރުކާރުގެ އެހީގަތޯ ނުވަތަލޯންއެހީގަތޯ؟ މިހާރުކަންކަންވަމުންދާގޮތުން ހަމައަހާލެވުނީ! ކުރެވުނަސްނުކުރެވުނަސް ނަންބޯޑުޖަހާލާތި އެއީ އުފާވެރިމަންޒަރަކީ!

  5. މައިޒާން

    ވަނީ ހައްތާވެސް އަނދިރި