ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ހިޔާލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ނުކުރެއްވެވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ކުރެއްވެވި މެސެޖް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެފަދަ ވޯޓަކަށް ދިއުމަށް ސަރުކާރުން ތައްޔާރުތޯ އާއި ނަޝީދު ވިދާޅުވާ ގޮތަށް އެފަދަ ފުރުސަތެއް ތަނަވަސްކޮށްދޭން ތައްޔާރަށް އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އިތުރު ނިންމުމެއް މިވަގުތު ނެތް ކަމަށެވެ.
ގައުމު ހިންގަވަން ބޭނުންފުޅުވާ ކަން ފާހަގަކުރައްވައި ނަޝީދު، ރައީސް ސޯލިހަށް މެސެޖެއް ފޮނުއްވީ އިއްޔެ ހަވީރެވެ. ނަޝީދު އެދިވަޑައިގަތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.
ހަމަ އެ ނޭވާގައި ނަޝީދު ވިދާޅުވީ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށެވެ.
އެމްޑީޕީ އިސްވެ އޮވެ ސިޔާސީ ގިނަ ޕާޓީތަކާއެކު، ކޯލިޝަނަކުން އުފެއްދި، ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނުނިމެނީސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ނަޝީދު މީގެ ކުރިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެއް ނުވެއެވެ. އެކަމަކު ރާއްޖެ އަށް އެންމެ އެކަށޭނެ އަދި ވެރިކަން ކުރަން އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމް ކަމަށް ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވައެވެ.
ނަޝީދު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީގެ "ޚަބަރު ސިޓީ"އަށް ލިއުއްވާފައިވަނީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ބޭނުންފުޅުވާ ކަމަށާއި ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރު ވާނެ މަގަކީ ބަރުލަމާނީ ނިޒާމެއްކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށް ދެވެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވިއެވެ.
ނަޝީދު އޭރު ވިދާޅުވީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވާން އެދޭ ނަމަ، އެ ވާހަކަ ދަންނަވާނެ ކަމަށެވެ. އަދި މިހާރު ވެސް ކުރަން ހުރި ކަންކަން މަދު ނޫން ކަމަށާއި ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމު ގެންނެވުމަށް ނަޝީދު ދައްކަވާ ވާހަކަފުޅާ ގުޅިގެން ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ނިޒާމް ބަދަލު ކުރަން ވިސްނަވަން އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނުއަސާސީ އެކުލަވާލި އިރު ވެރިކަން ހިންގާނެ ނިޒާމަކާ މެދު 2007 ގައި ނެގި ވޯޓުގައި ރައްޔިތުން ބުރަވީ ރިޔާސީ ނިޒާމަކަށެވެ. ނިޒާމް ކަނޑައެޅުމުގެ ވޯޓުގައި ވެސް އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެވެ.
ނަޝީދުގެ އަރިސް ބައެއް މެމްބަރުން މި ފަހުން ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެކަމަކު ބަރުލަމާނީ ނިޒާމަކަށް ދެކޮޅު ހައްދަވާ މެމްބަރުން ވެސް އެމްޑީޕީގެ ތެރޭގައި އެބަތިއްބެވިއެވެ. ބަރުލަމާނީ ނިޒާމެއް ގެންނަވަން ނަޝީދު ބޭނުންފުޅުވިޔަސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ އެ ނިންމުމަށް ތާއީދު ނުކުރާނެ ކަން ހާމަކޮށްފައެވެ.
ބަގާވާތް ކަމިންގް ސޫން.
ނަޝީދު މިއުޅެނީ މަޖްލިސްގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ބަޣާވާތެއް ގެންނަންކަމަށް ވަރަށްބޮޑަށް ބެލެވޭ މީނާ މިއުޅެނީ ވަރަށް ބޮޑަށް ފެންވަރު އޮޅިގެން! ރައްޔިތުން ނިންމަވާފައިވާ ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ ރައީސާ ނަޝީދަށާ ގައުމުގެ ރައީސަކަށް! އެނިޒާމު ބަދަލުކުރަން ބޭނުންވާނަމަ، ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދާންޖެހޭނެ! ރައްޔިތުން ބަރުލަމާނީ ނިޒާމަކަށް އާއެކޭ ބުނެފިނަމަ އަދި އަލުން މަޖިލީހުގެ އިންތިހާބުވެސް ބާއްވަން ޖެހޭނެ!! ސަބަބަކީ، މަޖިލީހަށް މިހާރު ހޮވާފައިތިބި މެމްބަރުންނަކީ، ރިޔާސީ ނިޒާމުގެ ތެރެއިން ހޮވާފައި ތިބި މެމްބަރުން ކަމަށްވާތީ!! ހުރިހާ މޮޅެއްނުލިބޭނެ!!
ކާކުތަ ބޭނުން ވާނި ސަރުކާރު އުވާލާފަ ބާރުތައް ދޫކޮށްލަން؟؟ ނަޝީދު ބުންޏަސް ކަތީބު ބުންޏަސް؟؟ އެހެން ނޫނަސް ރައްޔިތުން ވެރިކަން ދިނީ 5 އަހަރަށް.. މެދުތެރެއިން ކާކު މި އުޅެނީ ބަޢާވާތްކުރަން؟؟ ކޮބާ މީނާގެ ދަރި މީރާ؟؟ އައްޕަ ބަޢަވާތް ނުކުރާނޭ ބުންޏެއްނު.. މިހާރު އެ ފެށީ ޕާޓީ ބައިކޮށް ބަޢާވާތްކުރަން ކެތެއް ނުވި ވެރިކަމުގަ ބެސްޓު ފުރެންޑު ހުންނަންވެސް.
ތި ބައިގަނޑު އުޅުނީ ކައުންސިލް ދަމާގަނެފަ ގައުމު އޮކޮޅުކޮޅުންޖަހާލަން ﷲސވއލ ގެ ހެޔޮ ރަހުމަތް ފުޅުން އެކަންނުވީ ތި 2 ޔަހޫދީ ވަގުން ބޭނުންވިގޮތް ނުވީ ލަސްތަ ގައުމު ދިރުވާންލަން އުޅުނުލެއް މިހާރު އިނގޭ އެހާފަސޭހެއްނުވާނެކަން ގިނަމީހުން ތިބީ ދެކޮޅު ހަދާގެންކަން މިވަރުވެސް މިވަނީ މިގައުމުގާތިބި ދީނީ ތާކިހާ އަޅާހެން ގެން ގައުމަށްގައއދާރުވާ 6ކަ ކޮހުންގެ ސަބަބުބް ނޫންނަމަ ނަސީދު ހުންނާނީ 12އަހަރުގެ ޖަލުކުކުމުގަ އެދުވަސް އަންނާނެ ހަނދާންކުރާތި 2 ޙާއިނުން ނަށް ކުޑަގޮޅަ ޖާގަ އެބަ އޮތް
ޙެހެ.. ބޮޑުވަޒީރޯ..
ސޯލިޙްގެ ތިޔަ ހުރި ގަޓަކާ ހިތްވަރެއް އެނގިދާނެތާ މިތިބީ ބަލަން.. ފަހު ވަގުތު ނަޝީދު ފައިބުޑަށް ނުވެއްޓިއްޖެއްޔާ ރަނގަޅު..
މި ޤައުމު ބަނޑު އަޅަންވީނުން
ހުރިހާ އެންމެން ކުރިމަތީ ނަޝީދު އޮރިޔާންތިކޮށްލެވުނީ އިބޫ!
ޅިޔަނަކަސް ބެސްޓް ފްރެންޑަކަސް ނުޖެހޭ މޮޔަސޮރު ބުނާހާގޮތެއް ހަދާކަށް . މަމެން އިބޫއަށް ވޯޓް ދިނީކީ ދޭއްބައި އަހަރުކޮށްފައި އިސްތިއުފާ ދީފައި ކެނެރީގޭ ނަޝިދުއާ ވެރިކަން ހަވާލު ކުރާކަށްނޫން. ތިމާ ﷲ ގަންދީ ކޮށްފައިވާ ހުވަޔާ އެއްގޮތަށް ކަންތައް ކުރެވޭތޯ ބަލާތި . ކެނެރީގޭ މޮޔަ ސޮރުވެސް ވެރިކަމަށް ކުރިމަތިލައިގެން ހޮވޭތޯ މަސައްކަތް ކުރޭ. މަޖްލިސްގެ ބާރާ ޑިފެންސްގެ ބާރު ތިމާމީހާއަށް އޮތޭ ކިޔާފައި އިބޫސާލިހްގެ އިތުބާރު ނެތްކަމަށް ވޯޓްނަގާ ނޫނީ ބިރު ދައްކައިގެން ވެރިކަމުން ދުރުކުރަން ނަހަދާތި ނަމަނަމަ މޮޔަސޮރާ.
އަންނި އަކީ އުރައްޕަތެއް ހުރި އެއްޗެއް ނޫނޭ ލާދީނީ ހައެއްކަ ކެނަ އެއަށް ވޯޓް ދީފާނެ
މިއަދު ނޫނެކޭބުންޔަސް ތިކަން ނަޝީދު ބޭނުން ވާގޮތަށް ސޯލިހު ކުރާނީ... މިހާރުވެސް ހިގަމުންމިދަނީ ނަޝީ ބޭނުންވާ ގޮތައް.
ދަޅައެއް ފަހުވަގުތު ދެމީހުން ތިބޭނީ އެއް އޮޑިއެއްގައި
ޅިޔަނަކަސް ބެސްޓް ފްރެންޑަކަސް ނުޖެހޭ މޮޔަސޮރު ބުނާހާގޮތެއް ހަދާކަށް . މަމެން އިބޫއަށް ވޯޓް ދިނީކީ ދޭއްބައި އަހަރުކޮށްފައި އިސްތިއުފާ ދީފައި ކެނެރީގޭ ނަޝިދުއާ ވެރިކަން ހަވާލު ކުރާކަށްނޫން. ތިމާ ﷲ ގަންދީ ކޮށްފައިވާ ހުވަޔާ އެއްގޮތަށް ކަންތައް ކުރެވޭތޯ ބަލާތި . ކެނެރީގޭ މޮޔަ ސޮރުވެސް ވެރިކަމަށް ކުރިމަތިލައިގެން ހޮވޭތޯ މަސައްކަތް ކުރޭ. މަޖްލިސްގެ ބާރާ ޑިފެންސްގެ ބާރު ތިމާމީހާއަށް އޮތޭ ކިޔާފައި އިބޫސާލިހްގެ އިތުބާރު ނެތްކަމަށް ވޯޓްނަގާ ނޫނީ ބިރު ދައްކައިގެން ވެރިކަމުން ދުރުކުރަން ނަހަދާތި ނަމަނަމަ މޮޔަސޮރާ.
ޔެސް. އޭރުން އިބޫ ހުންނާނީ ރައީސަކަށް . އެއްވެސް ޒިންމާއެއް ނޯންނާނެ. ހަމަ އިއްޒަތާ އަރާމުގައި ގަނޑުވަރުގައި ހުންނަވަންވީ ބޮޑުމުސާރައާއެކު. ސަރުކާރު ހިންގާނީ މޮޔަސޮރު. އިންޑިއާގައިވެސް ރައީސްއަކީ ކާކުކަން އެގައުމުގެ ގިނަމީހުން ނުދަނޭ . ދަންނަ މީހަކީ ބޮޑުވަޒީރު ސަރުކާރުގެ ވެރިމީހާ.
ނަންވާނީ މައުމޫން. އެންމެންވެސް ބޭނުންވަނީ ވެރިކަމުގައި ބަގުޑި ބައްދައިގެން އުމުރަށް އުޅެން.
ލޯކަލްކައުންސިލް އިންތިހާބު ގަސްތުގާ މިކަލޭގެ ވަނީ އަތަަށް ގޮއްވާލަދީގައެވެ. މާލޭ މޭޔަރު ޝިފާލައްވާ ހަޑިތަކެއް ހޭވިއެވެ. ފައްޔާޒުގެ އޭއްޗެކޭ މީއްޗެކޭކިޔާ ރައްޔިތުން ރުޅިއެރުވިއެވެ. މިނިސްޓަރު އަސްލަމް ޓިވީއަށް އަރުއޭނަލައްވާ ފުލޯަޓިން ހައުސްތަކަކީ އާދައިގެ މީހުންނަށް ހަދާތަނެއްނޫނޭ އެއީ މަހުޖަނުންނަށް ހަދާތަނެކޭ ކިޔައިގެން ވެސް ރައްޔިތުން ރުޅިއަރުވައިފިއެވެ. ގދ ގެ އަތޮޅުވެރިޔާ ގެ ގޮނޑި ގެއްލުވާލީވެސް އަސްލަމްލައްވައެވެ. ކާޑެއްދޫ ތަރައްގީކިރަން ދިން ބަޖެޓުން ފަރެސް މާތޮޑާގެ އެއާޕޯޓު ހެދީމާ ހުވަދުއަތޮޅުގެ އެންމެ ގިނަމީހުން އުޅޭ 3 ރަށް ކަމައްވާ ތިނަދޫ މަޑަވެލި ހޯޑެއްދޫގެ ވޯޓުތަކެއްގެއްލި ގޮނޑި ގެއްލުނީއެވެ. ފޮރުވިފައިވާ އެޖެންޑާ 19 އަކީ ކޮބާތޯ އަމިއްލައަށް ވިސްނާލާށެވެ. ބޮޑާވަޒީރުކަމަށް އައުމަށް ދެވި ހިފައިފާ ހުއްޓަސް ތިއީ ބޮޑުވަރެވެ. މިފަހަރު އެމްޑީޕީ އެތެރޭ އިންތިހާބަށްފަހު ހަވަރު ތިނަދޫ އިން ދެން އެމްޑީޕީއަށް ލިބޭނީ 43% އާއި 47% ދެމެދުގެ އަދަދެކެވެ. ރިޔާސީ ވޯޓުތަކުގެ ހިސާބު ތަކުން ދައްކާގޮތުން އެމްޑީޕީއަށް ތިނަދޫއިން ލިބޭ އިންސައްތައަކީ މުޅި ރާއްޖެއިން ލިބިފަ ހުރި އިންސައްތައެވެ. އެހެންވީމާ ބޮޑާ ވަޒީރުކަމަށް ގިނަވެގެން 47% ވޯޓު ހޯދިޔަސް އަދި އާދެވޭކަށްނެތެވެ.
ސާބަހޭ ރައީސް ސޯލިހް! ތީ ފިސާރި ރައީސެއް! ރައްޔިތުންވަނީ އެމީހުން ބޭނުންވާ ނިޒާމް ކަނދައަޅާފައި
2022ގެ ފަހުކޮޅު ޖަވާބެއް ނުދީފިއްޔާ ބަގާވާތަކާ ދިމާލަށް މިސްރަބު ޖަހާނެ. އ
ތިކަލޭގެއަށްއެންމެއައުލާވެގެންވަނީ ޖަލުގެބޮޑުބަނޑޭ ރިކަން!ތިކަލޭގެތިހު ރިގޮނޑި ގެއްލޭފަދަގާނޫނެއްފާސްކު ރަންފެނޭ !!
ނަސީދު ބޭނުން ވެގެން އުޅެނީ ވެރިކަން ކުރާށޭ އޭނަ އެއީ ދިވެހި ރައްޔިތުން ނައް ހެޔޮއެދޭމީހެއްނޫން.
ޜާއްޖެއަށް ރަނގަޅީ ބަރުަލަމާނީ... ރ ނަޝީދަކީ ދުރުވިސްނޭ ބޫފުޅެއް!
ކޮންތާކު މިއަދު އެހެން ބުންޏަސް ނަޝީދު އެބުނާ ދެހާސް
ތޭވިސް ފެބްރުއަރީ އަންނަންވާއިރައް އެކަން ނަޝީދުބޭނުންވާ ގޮތައް ރައީ އިބުރާހިމް ސޯލިހު ކުރާނެ ކޯލިޝަން ރޫޅިދާނެކަމައްބިރުން މިއަދު އެހެންއެބުނީ ތީހަމަ ދެބޯ ހުއްޓަ
ސް އެއްސިކުނޑިއެއް
ޚުދުމުޚުތާރު ޑިކްޓޭޓަރު ނަޝީދުގެ ކިބައިން މި ގައުމު ސަލާމަތްކުރަންވެއްޖެ. އަދި ޑިކްޓޭޓަރ ނަޝީދުގެ ކިބައިން އެމްޑީޕީ ސަލާމަތް ނުކޮށްފިއްޔާ އެ ޕާޓީވެސް ހަލާކުވެގެންދާނެ. އެމްޑީޕީގެ އާންމު މެންބަރުން މިކަމަށް ވިސްނަވައިގެން ކުރިޔަށް އޮތް އެމްޑީޕީގެ އިންތިޚާބުގައި ޑިކްޓޭޓަރު ނަޝީދުގެ ވިސްނުމަށް ތާއީދު ނުކުރާ މީހުންނަށް ވޯޓު ދިނުމަކީ ޤައުމަށާއި އެމްޑީޕީގެ ސަލާމަތާއި ރައްކާތެރިކަމަށް ލާޒިމުކަމެއް.
ދާއިމީގޮތެއްގައި މޑޕ ވެރިކަމުގައި އޮތުމަށްޓަކާ ނަސީދަކީ
ރަދުންކަމަށް ކޮލިލާން މޑޕގެ މަޖިލީހުން ފާސްކޮށްލީމާ
އެއޮތީ ތިކަން ނިމިފައެވެ. އެތާގައި ފަތްކޮޅުދީފައި ތިބޭ
އޭނާގެ އައުވާނުން އެކަން ކު ރަންވެސް ފަހެއް ނުޖެހޭނެއެވެ.
ރައްޔިތުންގެ ތާއީދު މަކަރުވެރިކަމެއްގެ ތެރެއިން ހޯދުމަށް ދެމީހުން ކުޅޭ ޑްރާމާއެއް. ވޯޓު ނުދޭތި.
އާއްމު އިންތިހާބުގެ ނަތީޖާ ބުނެދެނީ މޑޕ އަކަށް ދެން ފުރުސަތެއްނެތޭ.
ޢަދި އައްނިއަށް ވެރިކަމާއި ކައިރިއަކަށްވެސް ދެން ނާދެވޭނެ ކަމުގެ ޔަގީންކަން ލިބުމުން ދެންވެސް ވެރިކަމަށް އާދެވެން އޮތްމަގު ހުޅުވޭތޯ ބަލަނީ. ތިތާ ތިބި ގިނަ މެމްބަރުންނަކީ މިހާރު ރައްޔިތުންގެ ވޯޓަކށް ދިޔައަސް ފެއިލްވާނެ މީހުން . ޥީމާ އެމީހުން މެދުވެރިކޮށް 4 ލައްކަ މީހުންގެ ނިޒާމެއް ބަދަލު ނުކުރެވޭނެ.
2022 ގައި ނަށީދު ބަގާވާތެއް ކުރާނެކަމުގެ އަޑުތައް އެބައިވޭ.
އެގޮތަށް ހަދައިފިނަމަ އައްޑުމީހުން ވަކިވާން ތެދުވާނެ އަދި އިންޑިއާ މީހުން އައްޑުއިން ބޭރުވެސް ކުރާނެ.
މިއީ ކިހާ ބޮޑު ދުއްޕާނެއްތަ؟
ނަޝީދަށް ބޮޑުވަޒީރުކަން، ރައީސަށް ކެރިވަޑައިގަންނަވާނެބާއޭ އެހެންތޭ އެއީ ކޮންމެހެން ރައީސް އިބޫ އަށް ފެންނަ ގޮތްތޯ ނޫންތޯ މަމެން ބަލަން ނުޖެހޭނެއޭ މަމެން ބޭނުންވީ ބަރުލަމާނީ ނިޒާމޭ އެއިރުން ޕާރޓީގެ ރައީސުން ވޯޓަކާއި ނުލައި މަޖްލީސް މެމްބަރު ކަން ކުރެވޭނެއޭ އެއިރުން މަމެން ޕިންކީންނޭ ބޮޑު ވަޒީރު ކަން ކުރާނީ އިނގޭތޭ ކޮންމެހެން މިކަމުގައި ރައީސް އިބޫ އެއްބަސްވާން ނުޖެހޭނެއޭ ނުޖެހޭނެއޭ ބޭނުމެއްނުވާނެއޭ ރައީސް އިބޫގެ ރައުޔު އެއް މިކަމުގައި ބޭނުމެއް ނުވާނެއޭ...
ރައްޔިތުން ސަމާލުވޭ މީފެށުނީ ހީލަތްތެރި ރޭވުމެއްގެ ފެށުން
ހެހެ ބޮޑުވަޒީރޯ ކަލޯ ސަލާންޖަހައިގެން ބޮޑުވަޒީކަން ކުރަން ސޯމާލިޔާހިޔާރު ކުރަންވީނު.
މި ޢާއިލާއަކީ އަބަދުވެސް އެއި ރެއްގަ އޮންނަ ސަ ރުކާ ރަކާއި ދެކޮޅަށް ބަޣާވާތްކު ރާ ޢާޢިލާއެކެވެ.
ސުޕްރީމް ކޯޓު ނިދާފަ ތޯ އޮތީ. ތިތަނުން ވެއްޖެ އެއްނޫންތަ މިހާރު މި ނަޝީދު މަޖްލިސް ގެ ރައީސް ކަމުން ވަކިކުރަން. އޭނާ އެމަގާމަށް ހޮވުނީވެސް، ޣައިރު ޤާނޫނީގޮތަކަށް. އެ މަގާމަށް ކުފޫ ހަމަނުވަނީސް. ކޯޓުގައި ބައިވަރު މައްސަލަތައް ފުނިޖެހިފައި ހުއްޓާ. އަނެއްކާ ކުރިން ރައީސްކަން ކޮށް އެކަމުގެ އިނާޔަތުގެ ފައިސާ ހިފަމުންދަނިކޮށް. މިގައުމަށް މުސީބާތާއި ބަލާވެރިަކން ގެންނަމުންދާ ހަމައެކަނި ފަރާތަކީ މި ނަޝީދު. މީނާ އަށް، ހެޔޮނުވާނެ ގޮތެއް ހަދާ މައިތިރި ކޮށްދެއްވާ. މިގައުމަށް ބޭނުންވަނީ ރައްޔިތުންގެ ޕޮޕިއުލާ ވޯޓަކުން ހޮވާ ރައީސެއް. ބޮޑުވަޒީރަކު ބޭނުމެއް ނުވޭ. ރައީސް ކަމާއި، މަޖްލިސްގެ ސުޕަރު މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންވެސް، 3 އަހަރު ވެރިކަމަށް ވަމުންދާއިރު ވީކަމެއް ހަރާން. މިހާރު ލައިނުގަނެގެން، އެބައުޅޭ، މާލޭގައި ދަގަނޑު ވަގުތީ މިސްކިތެއް އަޅަން. އެވެސް ސަލްމާން މިސްކިތް ނުހުޅުވާ ބަހައްޓައިގެން ލޮލުގައި އަނދުން އަޅުވަން ކުރާކަމެއް.
އަންނިއަށް މިކަން ކުރަން އެެއަންގަނީ ގެރި މޯދީގެ ރޯވް އެމްބަސަޑަރ ޢޭރުން އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރެއް މިތާ އޮންނާނީ މީކޮންފަދަ ދުއްޕާނެއް
ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންނަށް ކަމަށް ނޯންނާނެއޭ ގާނޫނު އަސާސީގައި ލިޔެފައެެއް އެކަން ކުރެވޭނެއޭ ރައްޔިތުންގެ މަޖްލީހަށް ރައީސް އިބޫ އަށް އަދި ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެންނޭ މަޖްލީހުގެ ރައީސް އަންގަވާ ގޮތަށް ކަންކަން ކުރަން ފަސްޖެހޭނަމަ ރައީސް އިބޫ ސައިޒަށް ކަނޑާ ތިރިއަރުވާލާ ގެއަށް ފޮނުވާލަން ޖެހިދާނެއޭ އެދުވަހަކުން އަލިފާނޯއިއޭ ކިޔާ ދުވަން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ތަމެން ނަހަދާތި އިނގޭތޭ ވަގުތު އޮތްވާ އަވަހަށް ތަމެން އިސްތިއުފާ ދީފައި އިހު އުޅުނު ގޮތަށް ކަޅު ކަނޑިކި އަނދެގެން ވަލަށް ދަރުހޮވަން ދަގަ ދަގަ ދަގަ ދަރުހޮވަން ދަރުހޮވާދޯ...
ހަމަ އެ ނޭވާގައި ނަޝީދު ވިދާޅުވީ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށެވެ.........މިއީ ކޮންޤާނޫނެއްގަ އޮތް ވާހަކައެއް
މާލެ ރައްޔިތުންގެ ވޯޓު ހޯދަނަ ޖައްސާ އަނެއް ސްޓަންޓް. މަމީ އަންނި އެއް ނޫނޭ ކިޔާ ރައްޔިތުން ގެ ލޯބި ހޯދަން ޖައްސާ ބޮޑު ސްޓަންޓް. އެ ތެޅެނޯ 2023 ނުލިބިދާނެތީ. ކަލޭމެން ދެމީހުންނަކީ އެއް ފޮތަކުން އެދުރުވެ ތިބި އެއް ބަޔެއް. ރައްޔިތުން ގުބޯ ހައްދަނީ
ނަޝީދޫ ކަލޭމެން 1000 އަހަރު ވަންދެން ވެރިކަން ކުރިޔަސް މިގައުމަކައް ލިބޭނެ މަންފާއެއް ކުރިއެރުމެއްނެތް.
ކަލެޔާ އެހީވާނެ ހަމަ އެކަކުވެސް ނުވިދޯ.
ނަޝީދަކީއަހަރުމެންނައް ކަމުނުދިޔަޢީމަ ވެރިކަމުން ބޭރުކޮއްފަހުރިމީހެއް ކިރިޔާ ދާއިރާއިންވެސް ހޮވުނީ މިގައުމުގެ ރައިޔަތުން ހޮވާފައޮތީ ކޮންނިޒާމެއްކަން މިކަމާއުޅެންވެއްޖެއިޔާ މިކަލޭގެ މޯދީގެ ގެރިޔަކައްހަދާފަ މިގަމުން އިންޑިޔާޔައް ބޭރުކުރަން ރައިޔަތުނިކުންނާނެ މަޖިލީހުގެ ތިގޮޑިންވެސް ވައްޓާލާނެ މެންބަރުންތައްނިކުމެ ފެނޭމާތިރިވާން ..........