ޕޮލިސް ބޯޑުގެ ފުރަތަމަ ރައީސް އަކަށް އަލީ ފާއިޒު އަދި ނައިބް ރައީސް އަކަށް އަހުމަދު ފަޔާޒް ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަގަމަށް ބައްޓަން ކުރުމަށްޓަަކައި ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

"މިއަދު އިންތިހާބުވި ރިޔާސަތާއެކު އެ މަގަަށް މިސްރާބު ހިފާނެ ކަމަށް ޔަގީން ކުރަން". އިމްރާންގެ ޓްވީޓްގައި ވެއެވެ.

ފުލުހުންގެ ބޯޑަކީ ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ޕޮލިސް ބޯޑް އެކުލަވާލެއްވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ޕޮލިސް ބޯޑް އެކުލެވިފައި އޮންނަނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ މީހުންނެވެ.

މި ބޯޑުގެ އެކުލަވާލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ.
1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ފުލުހުންގެ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ފުލުހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމަށް ޤާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ، ހާމަކަންބޮޑު، އަދި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ބައްޓަންކުރެވިފައިވާ އުސޫލުތަކެ އްކަން ކަށަވަރުކުރުމާއި، އެ އުސޫލުތައް ގަވާއިދުން މުރާޖަޢާކޮށް، އެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލާމެދު ލަފާ ދިނުން ހިމެނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އެއިރަކަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު ބަލައި، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޯޑަށް ފެންނަ ލަފާދިނުމާއި ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ކުރިމަތިލާ ފަރާތްތަކާއި އެބޭފުޅުން މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޕޮލިސް ބޯޑުން ކުރުމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުމަކީ ވެސް ބޯޑުގެ މަސްއޫލިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޭޗާރާ

    ހޮނޑައިދޫ ކުޑަ ކަތީބު ދެން ކީއްކުރާނީ؟ އަނެއްކާވެސް ހޮނޑައިދޫ ޝަރާބު ކުޅިވަރު ފަށާނީ ނޫން ބާ!

    18
  2. ސަޓޯ

    ކޮބާ ކެރަމްބޯރޑު ؟

    16
  3. Anonymous

    ޤާނޫނަކީނފަހަތަށް ދުވާ އެއްޗެއް ނޫނޭ. ފަހުން ހެދޭ ޤާނޫނަކުން ކުރި މީހަކު ކޮށްފައިވާ ކުށަށް އަދަބެއް ނުދެވޭނެ. އަދި ވެރިކަން ދޫކޮށްލީ އަމިއްލައަށްކަން އެހުރީ ފެންނާށޭ. ބަޣާވާތެއް ނޫންކަމަށް އެވަނީ ކަނޑައަޅާ ނިމިފއޭ. ޤާނޫނާއި ޤަވާއިދު ނުދަންނަ ޢަދުލުއިންސާފާއި ހމަ ނުދަންނަ ބަޔަކަށް ބާރެއް ލިބޭއިރަށްއެފަދަ ބައެއްގެ ކަމަކަށްވާނީ އަބަދުވެސް ބަދަލު ހިފުމާއި ޙަސަދަވެރިކަމޭ. އެފަދަ ބަޔަކަށް ދުވަހަކުވެސް ކުރިއެރުމެެއް ނުލިބޭނޭ. ކުރިއަރާ ދާކަށްވެސް ނޭނގޭނޭ. ބަދަލު ހިފަން އުޅެން ހަދައިގެން އަބަދުވެސް އޮންނާނީ ފަހަތު ފަޔަށް ބުރަވެފައޭ.
    އެއްވެސް މީހަކީ އަދި ބަޔަކީ ތާ އަބަދު ބާރުވެރިކަން މަތީ ދެމިތިބޭނޭ ބައެއް ނޫންކަން ފިރްޢަުނާއި ޤާރޫނާއި ހާމާނުގެ ވާހަކައިން އެނގޭނޭ މުދަލާއި ޖާހު ހުރެގެން ދެމިތިބޭނެނަމަ އެމީހުން މިއަދުވެސް އެގޮތުގައި ދެމި ތިބީހޭ.
    ބަދަލު ހިފުމުގެ ރޫޙަކަށްވާނީ މާދަމާ ބާރުވެރިކަން ލިބޭ މީހުން ބަދަލު ހިފި މީހުންގެ ކިބައިން ބަފަލު ހިފޭ. އޭރު ދުވަހަކުވެސް ނިމުމަކަށް އެކަމެއް ނުދާނެ. ބާރު ހުރި ފަރާތްތަކުން ތަޅާ ފޮޅަން ފަށައިފިނަމަ އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ އަބަދުވެސް އެތަނެއްގައި ތިބޭ ނިކަމެތި ރައްޔިތުންނަށޭ. ދުވަހު މަސައްކަތުން ލިބޭ އެއްޗަކުން ދިރިއުޅުން ހިފަހައްޓާ ފަރާތްތަކަށޭ. އެކަން މިއަދު ކޮވިޑް 19ގެ ސަބަބުން މިހެރެގެންދަނީ ފެންނަަމުންނޭ.

  4. ޓައިލްސް އިއްބެ

    އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫ
    ޕޮލިސްކަމިޝަނަށް!! ދެން މިނިސްޓްރީ އޮފް ޗައިލްޑް އެފެއާރސް ހަދާފަ، ހޯރައިއްބެއަށް މިނިސްޓަރުކަން. މިއޮތީވާ ގައުމެއް. ﷲ ސަލާމަތްކަން ދެއްވާށި. އާމީން.

  5. ސަމީރު

    ފުރަތަމަ ތަހުގީގު ކުރަންޖެހޭ އިމްރާން ގެ ބަޢާވަތް. އެއީ އޭގެ އެއްބޮސް. ރާއްޖޭގެ ތާރީޚަށްޓަކައި މިކަން ކުރަންޖެހޭ. އަލީ އަކީވެސް ބަޢާވަތެކޭކިޔާ ވަރަށްގޮވާ ބޭފުޅެއް. އެނގިދާނެތާ.

  6. މެގަސޭލް

    ނަމުން ކޮންމެވެސް ކޮމިޝަނެ އް ނޫނީ ކޮންމެވެސް ބޯޑެ އް. ބޭނުމަކީ ޕާޓީމީހުންނަށް ބޮޑުމުސާރަ އެ އްދިނުން!
    ފުލުހުންގެބޯޑުންބަލަންތިބުނާކަންކަން މަޖިލީހުގެބޮޑުވަޒީރުގެންގުޅޭ ހާކާލިބުރުވާލި ގުރޫޕުންނުބެލީކީ އްވެގެންބާ ؟