ގަލްފުގެ ޤައުމުތަކުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނާއި އެގައުމުން ގަލްފަށް ދާ މީހުން ކަރަންޓީނުވާ މަންޒިލަކަށް ރާއްޖެ ބޭނުން ކުރަން ފަށައިފިއެވެ.
އިންޑިއާއިން ގަލްފުގެ ގައުމުތަކަށް ދަތުރު ކުރުމުގައި ހުރަސްތަކެއް އެޅިފައިވަނީ އިންޑިއާއިން ކޮވިޑް-19 ގެ އާ ވައްތަރެއް ފެނި، އެގައުމުގެ ހާލަތު ގޯސްވެފައިވާތީއެވެ. އެގޮތުން ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް އެގައުމުން 20،000 ވުރެ ގިނަ މީހުން ފައްސިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އިންޑިއާއިން ގަލްފަށް ދާ އެގައުމުގެ މީހުންނަށް ރާއްޖެއަކީ އެމީހުންގެ ކަރަންޓީނު މަންޒިލްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވަނީ ކޮން ދުވަހަކުން ފެށިގެން ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް މީސްމީޑީއާއިން އެކަން އެގޮތަށް ކުރަމުން އަންނަކަން މި ވަނީ އެނގިފައެވެ.
އެގޮތުން ފޭސްބުކުން ފެނިފައިވާ ޕޯސްޓެއްގައި އިންޑިއާއިން ސައުދީ އަރަބިއްޔާއަށް ދިއުމުގެ ކުރިން ރާއްޖޭގައި މަޑުކޮށް ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ސައުދީއަށް ދަތުރުކުރާ ގޮތަށް ރާވާފައިވާ ޕެކޭޖެއް އިޝްތިހާރެއް ވަނީ ފެނިފައެވެ.
މި ޕެކޭޖުގެ އަގަކީ 1،400 ޑޮލަރެވެ. އެ ޕެކޭޖުގައި އިންޑިޔާއިން ރާއްޖެއަށް އައުމުގެ ޓިކެޓާއި، ރާއްޖެއިން ސައުދީއަށް ދިއުމުގެ ޓިކެޓުގެ އަގެ އިތުރުން ރާއްޖޭގެ ހޮޓަލެއްގައި 15 ދުވަހަށް މަޑު ކުރުން، ހުރިހާ ކެއުމެއް، ދުވާލަކު 2 ފުޅި ފެން، ޕީސީއާރު ޓެސްޓް އަދި އެއާޕޯޓް ޓްރާންސްފާ ހިމެނެއެވެ.
1،400 ރުފިޔާގެ މި ޕެކޭޖަކީ ރާއްޖޭގެ ގެސްޓް ހައުސްގެ އަގުތަކަށް 14 ދުވަހަށް ބަލާލާއިރު، އެ ހިދުމަތްތަކާއި އެކީ ވަރަށް "ހެޔޮ" އަގެކެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ހާރިސް މުހައްމަދު ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ވިދާޅުވީ، ފަހަކަށް އައިސް ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން ގިނަ ވެގެން ބަޔަކު ފަހުރުވެރިވެ، އުފާ ކުރާ ކަމަށެވެ. އެހެން ނަމަވެސް އެއީ ފަތުރުވެރިން ގިނަވުން ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"ހަގީގަތަކީ، މިދުވަސްވަރު މެދުއިރުމަތީގެ ގައުމުތަކުގައި މަސައްކަތް ކުރާ އިންޑިއާ 'ލޭބަރުން' ނަށް ކޮވިޑް-19 އާއި ހެދި ސީދާ އެގައުމުން ފުރައިގެން މެދުއިރުމަތީގެ ގައުމުތަކަށް ނުދެވޭތީ، އެމީހުން ކަރަންޓީނު ވުމަށްޓަކައި ރާއްޖެ އަންނަ އައުން" ހާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަކީ މީހަރު އިންޑިއާގެ މަސައްކަތު މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ކަމަށާއި އެންމެ ބޮޑު ހިތާމައަކީ އެ މީހުން ރާއްޖެ އަންނަން ނައްސި ޕީސީއާރު ޓެސްޓެއް ވެސް ބޭނުން ނުވާ ކަމަށެވެ. އަދި ދުނިޔޭގެ މުއްސަނދިންގެ މެދުގައި މަގުބޫލު ކަމެއް އޮންނަ މި ރާއްޖޭއަށް މިކަމުގެ ސަބަބުން ނުހަނު ބޮޑު ބިރެއް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުއޮތީ ބޮޑުތަނުން ރޭޕަށް ފައްސިވެފަ.. ދެން ކިހިނެތް ހަދާނީ
ހޮޓަލަކު ނޫން ބައިތިއްބަނީ ހުޅުމާލޭގެ ފޭސް 2 ގަ ހުންނަ ލޭބަރ ކަރަންޓީނު ފެސިލިޓީތަކުގަ.. އެމީހުން ދަނީ އެއަރޕޯޓުން ސީދާ ފޭސް 2 އަށް ކަރަންޓީނު ނިންނާފަ ސީދާ އެއަރޕޯޓުން ސައުދީއަށް..
ތިޔަ ކަހަލަ ކަންކަން ސަރުކާރު ބޮލަށް ކަނޑާނުލާ.....
ދިވެހިންވެސް މިހާރު ހަމަ ނުލަފައީ..... ތީސަރުކާރުގެ މައްސަލައެއްނޫން..... ތީ އަހަރެމެންގެ ދަރިންނަށް ދޭންވާ އިސްލާމި ތަރުބިއްޔަތު ނުދެވިގެން ދިމާވާ މައަސަލައެއް... ޒިނެއަކީ ހަރާމް އެއްޗެއް ކަމާއި ނަރަކައިގެ އަލިފާނަކީ ހޫނުއެއްޗެއްކަން އަންގައިދެވުންނަމަ މިއަދު މިހިނގާ ތިޔަފަދަ ހާދީސާ ތަކަކީ ހިނގާނެ ހާދިސާ ތަކެއް ބާއޭ ހިތަށްއަރަނީ......
ރާއްޖެއަކީ މިހާރު އިންޑިއާ މީހުން ގެ ތަނެއް ވީމަ އެމީހުން ބޭނުންގޮތެއް ހެދޭނެ ....
ސޯލިހު މުޅި ގައުމުގަ ކޮވިޑު ފަތުރައިފި އިންޑިއާ މީހުން ގެނެސްގެން
ގެސްޓުންނޯ ފޮނިވެލާފަ ބުނަނީ
ވަރައް ރަނގަޅު ވަަހަކައެއް ތި މިހާރު މާފުށީ ގައިވެސް ގިނައީ ތިބުނާ ފަތުރު ވެރިން. ސަރުކާރުގެ އިދާރާތަކުން މިކަމައި ވިސްނާ މިކަމަށް ފިޔަވަޅެއް އަޅަންޖެހޭ!
ކިހާ ދެރަކަމެއްމީ އަހަރެމެން ރަށްދާން ވީ ޓެސްޓް ހަދާގެން އެކަމަކު އެކަމަކު އިންޑިއާ މީހުން އޯކޭ؟؟؟ މި މީހުން އުޅެނީ މަގުމަތީ ގިނަވެގެން
ޗޕއ އަށް ބޮޑުކަމަކަށްވަނީ ރޔާމީންގެ ފޮޓޯޖެ ހި މާސްކާ ހެދި..ފަސްމީ ހުން ޕޕމގެ އޮފީސްކުރިމައްޗަށް ތިބެއްޖެއްޔާ..ރާއްޖޭގެ ހުރިހ ހާ ރަށަކަށް ކޮވިޑް ޑެލިވަރީކުރީ މޑޕގެ އެކްޓްވިސްޓުންނާ ސަރުކާރުގެބޮޑުން..ބާކީ އިންޑިޔާ ބަންގުލަދޭޝް. ދައުލަތުގެ ފޫގޮއްސި ފެންނު ހިފޭ.މިވަރުވީމަވެސް ސޯޝަލްމީޑިޔާގަ ސޯލި ހު ޕްރޮމޯޓުކުރަން ކެންޕޭންކުރަނީ އެކްޓްވިސްޓުން..
މައްސަލައެއްނޫން.. އެކަމަކުވެސް ރޭޓުބޮޑުވޭތޯބަލާ... މިހެން ބުނޔަސް އެތަައްސަތޭކަ ގެސްޓުހައުސް ރާއްޖޭގަ އެބަހުރި... ހަމަ ކުޑަކޮއްވިއްކާއިގެން އެމީހުންކޮލަށް އެންބުރުން ކުރާހާވެސް ކަމަކީ.. އެކަށްވެސް ޔީލްޑެއްނުވޭ...
ރަސްދޫ ހެސްކިޔާފައި ޕޮސިޓިވް ވާއިރު ކީއްވެބާ ޕޮސިޓިވް ކަމަށް ނުނިންމަނީ، ކައުންސިލްގެ ނުފޫޒުން ބާ
ސޯލިހުމަކަރާ ހީލަތުން ސަރުކާރު ހިންގާނަމަ ދައުވާކޮށް ޖަލުގޮޅިއަށް ލާނެކަން ހަނދުމަނަށްތާނުލާތި.
އިންޑިއާ ބޭނުންވާ ކޮންމެ ކަމެއް ކުރާނެ. މި ސަރުކާރު މިއޮތީ އިންޑިއާއަށް އަޅުވެތިވެފާ. ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު މުހިންމެއް ނޫން. މުހިންމީ އިންޑިއާ މީހުންގެ ވަޒީފާތައް.
އިންޑިޔާބޭނުން ކޮންމެކަމެއް މިސަރުކާރުން ކޮއްދޭންޖެހޭނީ
މީއިންޑިޔާއިން ވެރިކަންކުރާސަރުކާރެއް މިތާގަހިނގަނީ އިންޑިޔާގެ ވެރިކަން
ހުޅުމާލެ 3 އިން ގެސްޓް ހައުސް ފުލްވެފަ އެހެން ޤައުމުތަކަށްދާ އިންޑިއާ މިހުން. އެމީހުން ނަމުގަ ކަރަނޓިން މަސްކުވެސް ނާޅާ ބިޗުގަ އުޅެނި މީހަމަ ހަޤީޤަތް.
ކިހާބޮޑު ބލާއެއްމީ ރާއްޖޭ މީހަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން އިންޑިއާ އަށް އެއްދުވަހަށް ދާންވިޔަށް ވިސާޖެހުމާއި ޕީސީ އާރު ޓެސްޓް ހެދުމުގެ އިތުރުން އެހާ އުނދަގުލުން އާދޭސް ކޮށް ސަލާންޖަހައިގެން ވިސާ ހޯދަންޖެހެނީ. އެމީހުން ބޭނުންގޮތަކަށް ދިވެހިންނާއިދޭތެރޭ ކަންތައްކުރަނީ....
މީތާ ރާއްޖެއިން މިބަލީގެމީހުން މަދުނުކުރެވޭ އެއްސަބަބަކީ ރައްޔިތުންނަށްވުރެ އިންޑިޔާތަރަގަޅު ވަނީ
ގެސްޓުން ވާނީ ގެސްޓުންނަށް..... ދޮނަސް ކަޅަސް.... އިންޑިޔާއަކަސް ޔޫރަޕަކަސް...... ކޮންމެ ކަހަލަ ބޭނުމެއްގައި ނަމަވެސް ގެސްޓުންގެ ގޮތުގައި އެތެރެ ވެއްޖެއްޔާ ކޮންމެ ސަރުކާރަކުންވެސް ކައުންޓް ކުރާނީ ގެސްޓުންގެ ގޮތުގައި.....
ރާއަޖެއެއް ނެތް.... ވަކި ސަރުކާރެެއް އައިސްގެން ވީމޮޅެއް ނެތް.... ޔާމީނެއް ނަޝީދެއް ވަހީދެއް ސޯލިހެއް ކިޔާނެ ކަމެއް ނެތް..... ނިކަމެތި މީހާ ވަނީ ނިކަމެތި.... ރައްޖެ ބަދަލު ކޮށްލެވޭނެ އިހުލާސްތެރިއެއް އަދިވެސް އުފަން ނުވަ ކަހަލަ....