ރާއްޖެ އިން "ޖައްވަށް" އަރާ ތިޖޫރިއަކަށް ހަމައެކަނި އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ތިޖޫރި ކަމަށް ވިދާޅުވެ، ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު އެ ކުންފުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވި އިރު، އާރުޑީސީގެ އޮފީސް ދެ ފަހަރެއްގެ މަތިން ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނިކޮށެވެ.މި މަހުގެ 17 ވަނަ ދުވަހާއި 23 ވަނަ ދުވަހު އޮފީސް ފަޅާލައިގެން ލައްކައަކަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށްވެއެވެ.

އެކަމާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އަށް އިޝާރާތް ކުރައްވައި ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ އަނގަ ފުޅާކޮށްފައި ވާހަކަ ނުދައްކާ ދެއިރު ދެދަޅައަށް އާރްޑީސީގެ ތިޖޫރި ގެއްލޭ މައްސަލަ ބެލުމަށް ގޮވާލައްވައިފައެވެ.

"މިއީ ދެން ބޮޑު އަޖައިބެއްނުން. މި ތިޖޫރީ އެކަނި މި ރާއްޖެއިން ޖައްވަ އަރާ ތިޖޫރީ އަކަށް މިވަނީ. ރައީސް ޔާމީންއޭ ކިޔައިގެން ވާހަކަ ނުދައްކާ ތިމާ މީހާގެ މޫނު އަމިއްލަ އަށް ބަލާބަލަ" މޫކޭ އަށް އިޝާރާތްކޮށް ޝުޖާއު ވިދާޅުވިއެވެ.

އާރްޑީސީގެ އޮފީސް ދެ ފަހަރަށް ފަޅާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެދުރުބެ

  ތިޖޫރީ ހަވައަށް އެރިއަސް ދަޢުލަތުގެ މާލިއްޔާއިން އެތައް މިލިއަން ޑޮލަރެއް ޔާމީނު ވަގައް ނުނަގާ ކަމަކަށް ނުވާނެ!

  5
  17
 2. ކޮވިޑް

  މަނިކުފާން ވިސްނަވާފަ މަޤާމާ ހަވާލު ވާތި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ތިޖޫރީ އެއް ނޫން އަރާނީ ލޮނުޒިޔާރަތް ކޮޅު އަގުބޮޑު ޕަރކުން ވެސް ބައެއް އެއްޗެހި ޖައްވައް އަރާނެކަމަށް ވަނީ، މަނިކުފާން މެން ވާނެ މިކަންކަމަށް ސަމާލު ވާން ،

  9
  2
 3. ޥަގު މުސާފުޅު

  ޜަށު އޮފީސް ތިޖޫރިޔަށްވެސް ވީ ހަމަ ތިހެން. ރ މަޑުއްވަރީގެ މަސްހޫރު ބައެއްތީ ތިކަމުގަ. ތިޖޫރިން ލާރިތައް ނަގައިން މަހުޖަނުންނޯ އެއީ ހުސްވަގުން އެކަމު ނަންވަނީ ޔާމިނު

  1
  2
 4. ރާގޮޑިރާޖަ

  ޥެރިމީ ހާއަށް ނޭގި ރަށުބޯޓަށް ގުދަނުން މުދާއަޜުޥާމީޙުންތޯ ވަޢްކަމޭކިޔާފަ އަނގަ ހުޅުވަންވީ.

 5. ބީރުމީހާ

  ތިޔަ ކަމުގައި ބޯޑު މެންބަރުން ހިމެނޭނެކަން ގައިމު ރަގަޅަށް ކަންބަލާފިނަމަ އެކަން އެގޭނެ ތިޔަތާ ބޯަޑުގެ މެންބަރުން ގެ ގޮތުގައި ވައްކަން ކޮއްގެން އަރުވާލާފައި ތިބި މީހުން އެބަތިބި މިއީ ހަގީގަތެއް ބަލާބަލަ ރަގަޅަށް

  • ބިކް

   ބޯޑު މެންބަރުން ވަދެފަ، ތިޖޫރީއެއް ނުފެޅިގެން ހާވަ ހާވާފަ ތަޅަތަޅާފަ އެއްލާލާފައެއް ނުދާނެ މިވައްޒަފުންގެ ޕެޓީ ކޭޝްކޮޅު ހިފައިގެންނެއް