މާލެ އަތޮޅު މާފުށީގައި ކޮވިޑް-19 ފެތުރެމުންދާތީ އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދީފިއެވެ.

ހޮޓާ ކެފޭ، ރެސްޓޯރެންޓް އަދި ގާޑިޔާ ތަކުގައި މޭޒުޖަހައިގެން ހިދުމަތް ދިނުން ހުއްޓާލާ ހަމައެކަނި ޓޭކް އަވޭގެ ހިދްމަތް ދޭން ދެދުވަސް ކުރިން ކައުންސިލުން އެންގި ނަމަވެސް މިރޭ ވަނީ ހޮޓާ ކެފޭ، ރެސްޓޯރެންޓް އަދި ގާޑިޔާ ތަކުގައި މޭޒް ޖަހައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދޭން ނިންމާފައެވެެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ހުއްދަ އޮތް ފަރާތްތަކަށް ފަތުރުވެރިންނަށް ދުވާލު ގަޑިތަކުގައި ކާންދެވޭނެ ކަމަށާއި މޭޒު ޖަހާއިރު ކޮންމެ ދެ މޭޓް ދޭތެރޭ 3 ފޫޓް ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށް ކައުންސިލުން މިރޭ ނެރުނު އިއުލާނުގައި ވެއެވެ.

އެކްސްކްރޝަންސް ދަތުރުތަކާއި ވޯޓާރ ސްޕޯރޓްސް އަދި ޑައިވިން ދަތުރުތައް ކުރުން ހުއްޓާލަން ދެދުވަސް ކުރިން އެންގި ނަމަވެސް މިރޭ ވަނީ މޫދަށް އެރޭ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި އެކްސްކާރޝަން ދަތުރުތަކާއި ވޯޓާރ ސްޕޯރޓްސް އަދި ޑައިވިން ދަތުރުތައް ކުރާއިރު މާސްކް އެޅުން މަޖުބޫރު ކޮށްފައވެެ.

މަސްދަތުރުތައް ދިއުން ދެދުވަސް ކުރިން މަނާކުރި ނަމަވެސް މާސްކް އަޅައިގެން މަސްދަތުރުތައް ދިއުމުގެ ހުއްދަ މިރޭ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަލީ

    މިތާ އުޅޭ ވިޔަފާރި ވެރިން ބަނޑަށް ޖެހެނިއްޔޯ.. ދަރިންނަށް ކިޔަވާނުދެވުނަސް އޯކޭ. ޜައްޔިތުންނާ ދޭތެރޭ ވިސްނާ އެއްވެސް ވިޔަފާރިވެރުޔެއްނެތް.

  2. ހެޔޮއެދޭ

    ޑިމޮކްރެސީގަ އަވަދިވިއަސް ގިނަމީހުން ބޭނުންވާގޮތަކައް ހަދަންވާނީ....ނަމަވެސް އެދުވަހު އަޅާފިޔަވަޅު އެރޭބަދަލުވީމަ ހަރުދަނާކަމެއް ނެތްތާއެވެ.. އަމާންކަން ދެއްވާށި. ޢާމީން.

  3. ކެޕްޓަން.

    ހަ އް ހަ އް...ހި އް ހި އް...މީ ދިވެހިން ...މީ ސިޔާސަތު..

    13
    1
  4. Ahmed

    މަނީ އޯވަރ ލައިފް

  5. ދޮން ޓޫރިސްޓު

    މާފުށި ކޮންޓުރޯލް ކުރަނީ ތިތާ ހުންނަ އުސް އިމާރާތްތަކުގެ ވެރިން.

  6. އެމަންޖެ

    ތިވަރުން ކޮވިޑްދެކެ ބިރުނުގަނޭ ކީކުރާ 3 ފޫޓެއްތޯ އެވެސް އުވާލާ. 2 ދުވަސް ވެއްޖެ މިހާރު ރަށަކު ކޮވިޑް އެއްނޫޅޭނެ ކޮވިޑް ހިނގައްޖެ އެޅި ހަރުކަށި ފިޔަވަޅުގެ ސަބަބުން ރަށުން ފައިބައިގެން.

  7. އަލިބެ

    އޭ ލޮބުވެތި މުސްލިމް ދިވެހި އަޚުންނާ އުޚުތުންނޭވެ، ގެސްޓްހައުސްތައް ހަދައިގެން އަހަރެމެންގެ މާތް އިސްލާމްދީނާ ދުރުކުރުވާ ކަހަލަ މަންޒަރުތައް މީހުން ދިރިއުޅޭ ރަށްރަށުން ފެންނަމުންދާއިރު އެއީ މާއުފާވެރިކަމެއްނޫނެވެ. އަހަރެމެން އެންމެންނަކީވެސް ވަކި އަޖަލެއް ދެއްވާފައި ދުނިޔެއަށް ފޮނައްވާފައިވާ ބައެކެވެ. އެއަޖަލު ހަމަމުވުން ހަމަ ވަގުތުން ގެންދަވާނެއެވެ. ކިތަންމެ ބޮޑު ގެސްޓްހައުސްއެއް ހުއްޓަސް އެމީހަކަށްވެސް ޖެހޭނީ ހަމަ މައިތިރިވެ މަރާ ބައްދަލުކުރާށެވެ. އެހެންކަމުން ތިފަދަ މާއްދާ ދުނިޔޭގެ ދަޅަތަކަށް ނުހެއްލި އަދި ތިއީ މާފުށްޓާއި އެހެން ބައެއް ރަށްރަށުގައި ކުރެވޭ މާމޮޅުކަމެއްކަމަށް ދައްކަން ނޫޅޭށެވެ. ގެއްސްޓުން ގެންގުޅެން ކައިރީގައި ފަޅުރަށްރަށް ރިސޯޓްގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު އަދި މީހުން ދިރިއުޅޭ ކުދިކުދި ރަށްރަށުގައި ގެސްޓުން ގެންގުޅުމަކީ ރަނގަޅުކަމެއްނޫނެވެ.

  8. މެކް

    މާފުށީގެ ރައްްޔިތުންވަނީ ހައްދުފަހަނަ އަޅާގޮސްފަ އެމީހުންނައް ފައިސާނޫން އެހެން އެއްވެސް އެއްޗެނުފެނޭ ފައިސާ ލިބެންޏާ ކޮންމެކަމެއްވެސް އޯކޭ ދަރި އަނބި ވިކާލަން ޖެހުނަސް އޯކޭ މި މަތހިވެރި މައްސަރައް ބަލާލުމެއްނެތި ފައިސާގެ ދަހިވެތިކަމުގާ ދުވަސްތަކާ ރޭތައް ފާއިތުވަމުންދަނީ

  9. ފަރޭ

    އަތުން ފައިން ލޭ އޮހޮރައިގެން ވަޒީފާ އަދާކޮށް ބޮޑު ކުލި ދައްކައިގެން އުޅޭ ނިކަމެތި ދިވެއްސަކައް ވުރެއް އިގައުމުގައި އުޅޭ ވިޔަފާރިވެރިން ފަގީރު ދޯ. އެމްމެ މަހަކަށް ތަން ބަންދުކޮއްލީމަ ސްޓާފުންނައް މުސާރަ ނުދެވޭ. ދިވެހިން ފެލައިގެން ލިބޭ ފައިދާއިން ކީއްތަ ތިކުރަނީ؟