އއ. މަތިވެރިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއައެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 221 އަށް އަރާފައެވެ.

އެރަށަކީ މިހާރު ބަލީގެ ނުރައްކާ އެންމެ ބޮޑު ވެފައިވާ އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ރަށެކެވެ. އެރަށުގައި މިހާރު ކޮވިޑް ޖެހިފައި 210 މީހަކު އެބަ ތިއްބެވެ. އެހެންކަމުން އެރަށުން ބަލި ޖެހުނު 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެެވެ.

އެރަށުން ލިބުނު މައުލޫމާތަށް ބަލާއިރު، އެރަށުގެ އަބާދީގެ 30% މީހުންނަށް މިހާރު ވަނީ ކޮވިޑް ޖެހިފައެވެ. އަދި އެރަށުގެ 40% ގޭބިސީތައް ހުރީ ކަރަންޓީން ކޮށްފައެވެ.

މަތިވެރީގައި ހިފެހެއްޓުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވަމުންދާއިރު، އެރަށް އޮތީ މޮނީޓަރިންގގައެވެ. އެރަށުން ވޭދަނަތައް ފެންނަން ފެށީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން އެރަށުން ފައްސިވާ މީހުންގެ އަދަދުތައް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ފަހަކަށް އައިސް އަތޮޅު ތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރު ވެފައެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކުވެސް އަތޮޅު ތެރެއިން 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއެވެ.

ކިޔުންތެރިންގެ ހިޔާލު