ހއ. ދިއްދޫން 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
އެރަށުން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނަައެއް ފެނުނީ އިއްޔެ އެވެ. އެ މީހާއަކީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކުމުން، ހެދި ސުންކުން ޓެސްޓު ކުރި އެވެ.
މި ވޭދަނައާ ގުޅިގެން އިއްޔެ އެރަަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ފައްސިވެފައިވާ މީހާ އަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން މިއަދު އެރަށުން ފައްސިވި 14 މީހުންނަކީ އިއްޔެ އެރަށުން ނެގި 28 ސުންކުގެ ތެރެއިން ފައްސިވި މީހުންނެވެ. އެ މީހުންނަކީ ފުރަތަމަ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ.
ދިއްދޫ ހޮސްޕިޓަލުން ނެރުނު އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު، އިއްޔެ އެރަށުން ނެގި ހުރިހާ ސުންކެއްގެ ނަތީޖާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން 14މީހަކު ފައްސިވެފައިވާއިރު، 14 މީހެއްގެ ނަތީޖާ ވަނީ ނައްސިވެފައެވެ.
އަތޮޅު ތެރޭގެ ރަށްތަކުގައި މިހާރު ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، މިހާރުވެސް 26 ރަށަކަށް އަރާ ފޭބުން މަނާ ކޮށްފައި ވެއެވެ.
މިކަމުގެ ފުރިހަމަ ޒިންމާ މައިމޫނާ ނަގަންޖެހޭނެ. މުޅި ރާާއްޖެ ހަލާކުކޮއްލީ އެޗް ޕީ އޭ އިން
ފައްސި ނައްސި މައިމޫނާ އައްސި...
ކާށިދޫ އިން ކޮވިޑަށް ފައްސި ވި ވާހަކަ އެއްވެސް ނޫހަކަށް ނާރާ! އަނެއްކާ މި ވަނީ ކިއްބާ
ކޮވިޑަށް ކާށިދޫން ފައްސި ވެއްޖެ! ތިޔައީ ރަނގަޅު ޚަބަރެއް! އެކމަކު އަދި ޚަބަރަކުން ނުފެނެ މިހާރު 2 ދުވަސް މި ވީ ކޮބާބާ އެޗްޕީއޭ
ކާށިދޫގައި އޮތީ ބޯގަޅި ޓަސްކް ފޮސްކެއް ، އެހެންމީވަ ކަންނޭންގެ