ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ކޮންމެ ނޫސްވެރިއަކުވެސް ހަނދާންކުރަންވީ، ކޮންމެ މިނިވަންކަމަކާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަންކަމަށާއި ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ޙުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ ނޫސްވެރިންގެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުމެވެ.
ރައީސް ވިދާޅުވީ މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުން އެދަނީ، ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ޚިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެކެވެ. "ސަރުކާރުގެ މުށުތެރޭގައި ފިތިފައި އޮތް ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރު، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، ދިވެހިރާއްޖެ އޮތީ 120 ވަނައިގައެވެ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލައި، ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ސަރުކާރުން ފިޔަވަޅު އަޅައި އަދަބު ދިނުމުގެ ސަގާފަތް އެމަނިކުފާނުގެ ސަރުކާރުން ދޫކޮށްލީ، މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ މުހިންމު ވަސީލަތެއް ކަމަށްވާތީއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ފަދައިން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ ވަކިނުކުރެވޭ ވަރަށް ގުޅި ލާމެހިފައިވާ ދެ ޙައްޤު ކަމަށެވެ. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެއެވެ. އަދި ސަރުކާރަށް ލިބުނު ފައިދާ ނުހަނު ބޮޑެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓުތަކުގެ ޒަރީޢާއިން، ޢާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިޞްލާހު ކުރުމުގެ ފުރުޞަތު ތަނަވަސްވިއެވެ. އަދި ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވިއެވެ." ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި މެއި 03 ކަނޑައަޅާފައި ވަނީ ޔުނެސްކޯ އިންނެވެ.
ނޫސްވެރިންގެ މޫނައް ޕޭޕަރސުޕުރޭ ޖެހިއަސް އޯކޭ ދޯ؟؟؟؟
ޜިސޯޓެއްގެ ރެސްޓޯރަންޓް ކޭސިއަރެއްގެ މަގާމުގަހުރެ އެއްމަސްދުވަހުތެރޭ 17 ޕިއްޒާ ބިލްނުހަދާ ކާލައިގެން ކަޑާލީމަ ނޫސްވެރިއަ ކަށްވިއަސް ދައް ކާވާހަކަ ގަބޫލުރަން ތަން ކޮޅެއް އުނދަގޫވާނެ.
ނުޖަހާނެ ސްޕްރޭ އެއް ތި އުޅުއްވަނީ ކުއް ހީއެއް ކުރެއްވިގެން މާމީ ، މިސަރުކާރުން ޙާއްޝަކަޮށް ރާއްޖޭގެ ރައީސް ކަމަށް އަރާ ހުރި ރައީސުލް ޖުމުހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުހައްމަދު ޞާލިޙް އަކީ ނޫސްވެރިން ވިއްކައިގެން ، ޔާމީން އާއި ރިލުވާން ވިއްކައިގެން އެދެ ކުދިންގެ މައިން ބަފައިން ލައްވާ ޓީވީ ތަކުގަ ޑުރާމާ ކުޅުވައިގެން ވެރިކަމަށް އަރާ ހުރި މީހެއް މީ، ނޫސް ވެރިން ނަށް އެންމެ އޯޤާތެރި ރައީސް މީ.ބަރާބަރު 24 ގަޑި އިރު ތެރޭ ރިލްވާން އާއިލާ އަށް އިންސާފް ހޯދަ ދެއްވި ރައީސް މީ، ސޯ؟
އެހެންވެގެންދޯ ޗެނަލް 13 ގެ ހަޖަމް ޕްރޮގްރާމް ހުއްޓުވީ ؟
ކޮބާތޯ ތިބުނާ ޒިންމާއަކީ ވެރިކަން ލިބޭތާ 100ދުވަސްްތެރޭ ކުޑަކޮއްދޭންބުނި ލޯނުތަކުގެ އިންޓްރެސްޓް. އެންމެކުޑަ އުޖޫރަ. މަރާލެވިފައިވާ މީހުންގެ ތަހުގީގު ނިންމާ ދިނުން މީ ހައްތާވެސް މަނިކުފާނުގެވެސް ޒިންމާ، ވެރިކަން ހޯދަން ދިޔަ ކޮންމެ ރަށަކުން ގޮވީ ގެދޮރު ހަދަން ނަގާލޯނުގެ އިންޓްރެސްޓް ކުޑަކޮއްދޭން ކޮބާތޯ އެޒިންމާ އަދާކުރެވިފައި،
ދުނިޔޭގަ ހުރި އެންމެ ވިސްނުން ކޮށި ގަމާރު ރައީސް ކަލޭގެ ފާކޭޓުގެ ތެރެއިންތަ މޮޔަރައީސް މިނިވަންކަން ދިނީ ނޫސްވެރިންނަށް އަދި ޖުޑިޝަރީ މިނިވަން ބަޔަކު ލައިގެން ކުރިއަށް ދާން ބުނި މޮޔަރައީސް ކެންޕޭން ޖަގަހައިގެ މިީހުންނާއި އެކުގައި މަގުމަތީގައި އުޅުނު ޕަޕެޓުން ލައިގެން ހިތުހުރި ގޮތަކަށް ހިންގަނީ އަހަރެން އެންމެ ދެކެން ބޭނުމީ ކަލޭ ޖަލުން އޮންނަ ދުވަސް ގަމާރު ރައީސް
ރ ޔާމީން ވެރިކަމުގައި އެމްޑީޕީން ހޯދުމަށް ވަ ކާލާތު ކުރި ހައްޤެއް
ޔާމިން ގެ އަބުރާބެހުނަސް އޯކޭދޯ ޔާމިންގެ ނޯންނާނެ އަބުރެއް މިމިހުންގެ އެކަނި އަބުރުއޮންނަނީ
ހަނދާން ނެތޭ ރައީސް ގަމާރުކަން ހުންނަވަރު ކެބިނެޓް ބަދަލުކުރީސް ގަމާރު ވައްތަރަށް މިނިސްޓަރު އިންނަށް މޭޒުގެ އެއްގޮޑިން އަނެއް ގޮޑިޔަށް ބަދަލުކުުރީމާ ކެބިނެޓް ބަދަލުކުރެވުނީޔޯ މީދެން ގަމާރުކަން ފުކެއް ބޮޑުވަރު ތިއޮތް ލީކްވަނީ ހުރިހާ ދިމާލަކުން ދެން ނުހިފެހެއްޓޭނެ އަވަހަށް ނެޕީ ޖަހާ
ދުލުގެ މިނިވަންކަމޭ ކިޔައިފަ މާމޮޅުވަންދޯ ގާނޫނުބަދަލްކުރީ ތި އެމްޑިޕީ ބައިގަނޑު
ކަލޭމެން މިއޮއް ހުރިހާދުވަހު މީހުންގެ އަބުރާއި ބެހި ގޮވިހާއެއްޗެއް ގޮވިއިރު ނެގުނުތޯ މިހާރު ތިޔައުޅެނީ މީހުންގެ އަނގަޔާއި، ދޫތައް ތަޅުއަޅުވާ އަނގަތައަް ބަންދުކުރަން އދި މިސަރުކާރުން
ރައްޔިތުންގެ ހަޒާނާ ހުސްކުރަމުން ދާކަންވެސް އެގެޔޭ ރޭ ބޮޑުރިޕޯރޓު އިއްވިއިރު އޮތީ އަތަށް ގޮވާފައި، ހަޒާނާ ބަހާލިގޮތް ބަހާލީ ބަދަލު ދޭންޖެހޭ މީހުނަނަށޭ ކިޔާފައި އަދި މީހުންގެ އަބުރާ ބެހުމާ ފިތުނަފަސާދު އުފެދޭކޮތަށް ވާހަކަނުދެކުމަށް ހުއްޓުވަން ޖެހޭނީ ރާކަނި ޓީވީ
މިމީހުނާޖެހުނީމަ މިއޮތީއަބުރުފުޅައްވެފަ. ޅޮލް
މީނަ އާއި ނަޝީދު މަޢުމޫނުގެ މަސްވީދާގެން ކެއީ ވެރިކ ކމަުގެ ދަހިވެތި ކަމުގަ އި. .ސަންދާނ ްް ނޫހެއް ނެރިގެނU
ރައީސަށް މިކޔޭއެއްޗެއް ނުވެސް އެނގޭނެ. ސައީދު ލިޔެފަދޭ ގަނޑުހިފައިގެން އަރާކިޔާލީމަ ނިމުނީ. ސަރުކާރުގެ ކުންފުނިތަކާ މަތީމަގަމުތަކުގެވެރިންގެ މުށުތެރޭގަ ހުރިހާ މީޑިޔާއެއް ތާށިވެފަ އޮންނަނީ...
ބަލަގަ މިނިވަން ނޫސްވެރިކަން ދަސްކޮށްދީ އަޚްލާގީ މިންގަޑުން ބޭރުވާން ދަސްކޮށްދިނީ އަންނި އާ އަންނިގެ އަހުވާނުން ހޮދު ތިމާމެންނާ ބެހެންފެށުމުންހަޖަމެއްނުވިދީޮތަ
ކަލޭމެންގެ އަބުރެއް އޮވޭތަ
ކަލެޭގެ ފެންވަރަކިިީ ހަސަން ތަކުރުގެ އިބިރަާގެ ފެންވަރު
ކަލެޭގެ ފެންވަރަކިިީ ހަސަން ތަކުރުގެ އިބިރަާގެ ފެންވަރު
ރާޓީވީ އިން އެނޫން ކަމެއް ނުކުރޭ..
ބަލަގަ މިނިވަން ނޫސްވެރިކަން ދަސްކޮށްދީ އަޚްލާގީ މިންގަޑުން ބޭރުވާން ދަސްކޮށްދިނީ އަންނި އާ އަންނިގެ އަހުވާނުން ހޮދު ތިމާމެންނާ ބެހެންފެށުމުންހަޖަމެއްނުވިދީޮތަ
ކަލޭމެންނާ ޖެހުނީމާ އަބުރުފުޅުވެސް އޮވޭ އެހެން މީހުންގެ އަބުރެއްވެސް ނޯވެ ތިޔައަބުރުފުޅު ސަލާމަތް ވާނެ ރ ޓީވިގެ ކޮންޓެންޓުތައް ހުއްޓުވާބަލަ ކެރޭނެތަ
އަބުރު އިބުރާހިމަށް އަދި ކިރިޔާދޯމިއިނގުނީ އެއީވެސް އޮންނަ އެއްޗެއްކަން އަޅެ އިބުރާޙިމާ ރައީސް ޔާމީނު ހިތްވަރު ގަދައެއްނު ދޯ؟
މިކޮމެންޓު ތައްކައް ބަލާލީމާ އިގެނީ މުޅިންވެސް ތިބީ މޮޔައިން ކަން
ކަލޯ ޔާމީނަކީ މީހެއްނޫންދޯ، އެއީ އިންސާނަކަށްވެފައި ދީނަށާއި ވަތަނާއި ގައުމަށް ހަރާންކޯރުނުވެ ލޯބިވާތީތަ އެމްޑީޕީ އިސްވެއޮވެ ރާޓީވީން ރެއާއި ދުވާލު އެމަނިކުފާނަށާއި މެޑަމް ފާތުންގެ އަބުރާއި ބެހެމުން ޝައިނީގެ ހިމާޔަތުގެ ވެރިކަން ހޯދިއިރަކު އަބުރާއި ބެހުމުގެ ފިލާވަޅު ނުނަންގަވާ ހުންނެވިމާތޯ އަބުރާބެހިމުންދިޔައީ
ހަދާން ވަނީ ދިވެހި އޮބްޒާވަރ ގެ ޒަމާން، ސަންދާނުގެ ޒަމާން، ހުކުރުގެ ޒަމާން، މަގުމަތީހަރަކާތް
ކަލޯގެ ކޮންއަބުރެއް މިޤައުމުގެ ދުވަސް ތިދުއްވާލަނީ ކޮން ހަސަދައެއްފިލުވަން މިޤައުމުގަ އެބަތިބި ކަލެއަށް ވޯޓު ދިން މީހުން އިންޑިޔާއަށް މަންމަ ފަށްޓަރުބައި ތިވިއްކާލަނީ ހަރާން ލާރީގެ އަވައިގައި ޖެހިގެން އިރާދަކުރެއްވިއް މިދުނިޔޭގައިވެސް ތިކުރާނުބައި ކަންތައް ދައްކަވާނެ އިންޝާﷲ އާމީން
ކަލޭމެން ވަރިހަމަ ދޯ ރައްޔިތުންގެ މުދާ ވިއްކިޔަސް