ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ސަރުކާރުން ބަދަލު ދިނުމުގެ ސިޔާސަތު ސާފުކޮށްދިނުމަށް މަސައްކަތް ކޮށްފައިވަނީ މަންދު ކޮލްޖެގެ ވެރިޔާ އިބްރާޙީމް އިސްމާއީލް (އިބްރާ) ގެ އެދިވަޑައިގަތުމަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ތުހުމަތު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ލީގަލް ކައުންސެލް މެންބަރު އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި، ދައުލަތުން ވަކިވަކި ފަރާތްތަކާ މެދު ވެފައިވާ އެއްބަސްވުންތައް ޤާނޫނާ ޚިލާފަށް އުވާލުމުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދައިދިނުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހްގެ އިންސާފު ޤާއިމް ކޮށްދިނުމުގެ ވައުދުގެ ތެރެއިން ކުރަން ޖެހޭ އެންމެ މުހިންމު އެއް މަސައްކަތެވެ. އެ ކަމަށް އެންމެ ބޮޑު ހުރަހެއް އައީ ރައްޔިތުންގެ މަޖިލީހުގައި މަދަނީ އިޖުރާއަތްތަކުގެ ބިލްގެ މަސައްކަތް ލަސްވުމުން ކަމަށް ވެސް ވިދާޅުވިއެވެ.
ޖުޑިޝަރީ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތި ވަނީ ބިލްގެ މަސައްކަތް ލަސްވެފައިވަނީ މަޖިލީހާއި ޖުޑިޝަރީ ކޮމިޓީގެ ސަބަބުން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި ޢަފީފަކީ މަންދު ކޮލެޖްގެ ލީގަލް ފާމްގައި މަސައްކަތް ކުރައްވާ ވަކީލެއްގެ އިތުރުން ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީގެ ވެސް މެންބަރެއް ކަމަށެވެ. އޭނާއަކީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާޙީމް އިސްމާއީލް (އިބްރާ) ގެ ޅިޔަނު ކަން ވެސް ފާހަގަކުރެއްވިއެވެ.
އިންތި ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ވެސް އިބްރާގެ އެދިވަޑައިގަތުމަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ.
"ރައީސް އޮފީހުން ޕްރެސްއާ ބައްދަލުކޮށް ލީގަލް ކައުންސެލް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ސޯޝަލް މީޑިއާގައި މަންދު ކޮލެޖްގެ ވެރިޔާ ވަރަށް ގިނައިން އެ ކޮލެޖަށް ބަދަލު ދިނުން ނިންމި ސަބަބު ސަރުކާރުން ސާފުކޮށްދޭށޭ ބުނެ ވާހަކަ ދައްކަމުން ދަނިކޮށް، މަންދު ކޮލެޖްގެ ވެރިޔާގެ ޓްވީޓްތަކުގެ ތަފްސީލްތައް ދިން ތަން އަޅުގަނޑުމެންނަށް ފެނުނީ." އިންތި ވިދާޅުވިއެވެ.
މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް މަންދު ކޮލެޖަށް ދީފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއީ 2010 ވަނަ އަހަރުގައެވެ. އޭރު އެއްބަސްވުމުގައިވާ ގޮތުން އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އޮތް ނަމަވެސް އެ ތަނުގައި ހިންގަމުން ދިޔައީ ޕްރައިވެޓް ކޮލެޖެކެވެ. މި ސަބަބު ފާހަގަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލް ކުރިޔަސް އެއީ ސިޔާސީ ސަބަބުތަަކަކާ ގުޅިގެން ކުރި ކަމެއް ކަމަށް އޭރު އަޑު ފެތުރުނެވެ.
މި މައްސަލަ މަންދު ކޮލެޖްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ ކޮލެޖާ ދެކޮޅަށެވެ. ދެން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. ސުޕްރީމް ކޯޓަށް މައްސަލަ އައުމުން މި އަހަރުގެ ތެރޭގައި އެ ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިފައެވެ.
މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، އިބްރާއަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެއެވެ. މީގެ ކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މި ސަރުކާރުގައި ބަދަލު ނަގައިދީފައިވެއެވެ.
ރީނދޫ ކުދިންކޮޅު ބައިވެރިވެގެން ދަވާލަނީ؟
އިބްރާއަކަށް ފައިސާ ދޭކަށް ނުޖެހޭނެ. އިބްރާއަށް އެމްއިއެސް ހިންގި އިމާރާތް ހަވާލުކުރީ އިންތަރނެސަނަލް ސްކޫލެއް ހިންގުމަށް.2 އަހަރު ވިއިރުވެސް އެކަމެއްނުކުރޭ. އެހެން ވުމުން އެގްރީމެންތް ބާތިލް ކުރެވިދާނެ. އެ މުއްދަތުގަ މަންދު ކޮލެޖް އެތަނުގާ ހިންގައިގެން ގިނައަދަދެއްގެ އާމްދަނީ އެތަނުންހޯދި.އަދި ތަންހަވަލުކުރި އިރު އަބުރާ ދައްކާގޮތަށް 3 މިލިއަން ރުފިޔާ ތައުލީމީ ފަންޑުން ދިން. އެފައިސާ އަދިވެސް ހަމަޔަށް ނުދޭ. އެތަނަށް ކުރި ހަރަދެއް ކޮށްފަހުރީ މިފައިސާއިން.
ރައީސް އޮފީހުގެ ލީގަލް ކައުންސެލް މެންބަރު އަޙްމަދު ޢަބްދުﷲ އަފީފް އަކީ އިބްރާގެ ޅިޔަނު
ތިޔަފެނިވަޑައިގަންނަވަނީ ނާޗަރަންގީ ކުޅެން އުޅުނު ލޯފާމަކުން ސަތޭކަ ޕަސެންޓް މުސްލިމް ބޮޑު ގައުމެއްގެ ސަރުކާރު ހިންގަންވީމާ ވާގޮތް. އަޙްމަދު ޢަބްދުﷲ އަފީފަކީ އެލޯފާމްގެ މައިގަނޑު އެއް ހިއްސާދާރު. އިބްރާއަށް ބަދަލު ހޯދައިދެން ލޯފާމާ ހަވާލުވެ އެމަސައްކަތް ސަރުކާރު ބަދަލުވުމުގެ ކުރިން ކޮށްފައިވަނީ އަހްމަދު އަބްދުﷲ އަފީފު މުގައްރިރަކަށް ލައިގެން. ސަރުކާރަށް އާދެވުމާއި އެކު އަހްމަދު ގޮސް ހަމަޖެހިލީ ރައީސް އޮފީސް އެންމެ އަޑީގައި. އަޙްމަދު އަފީފު މެން މިދައުރު ނިމޭއިރު މިލިއަނަރުންނަށް ވެގެންދާނެ
މިސަރުކާރުން ކޮވިޑާއި އަޅުވާ ރައްޔިތުންނަށް ދިން ގެއްލުންތަކުގެ ވަދަލެއްގޮތުން ކޮންމެ ދިވެހި ރައްޔެތަކަށް 100000 އެއްލައްކަ ރުފިޔާ ދިނުމަށް ވައުދުވާނަން. އެހެންވީމަ 2023 ހުގަ މިވައުދު ފުއްދަން އަޅުގަނޑު ހޮވާތި.
ރައީސް އޮފީސްވެސް އިބުރާގެ ދަށުވެފައި. މިއީ ވެރިކަމެއްތަ؟ ނޫނީ ބަލާވެރިކަމެއްތަ؟
ބަލަ ތިޔަ ބަދަލްދޭންޖެހޭ އެއްބަސް ވުންތައް ހަދާ މުޅިގައުމު ހަރުމުދާ ބޭރުގެފަރާތް ތަކަށާ އެދެރޭގެ ފަރާއް ތަކައް ދިންމީހާޔައްވެސް ސަރިޔައްކޮއް އަދަބުދޭންޖެހޭ އެއީ ރައްޔިތުންއގެ އެސެޓެއް ހިތުހުރިމީހަކައްދީ ބަހާހަދާކައްނޫން ވެރިކަން ރައްޔިތުން ހަވާލްކުރަނީ މިވާހަކަ ކީއްވެގެންތޯ ނުދެއްކެނީ އަބަދުވެސް ބަދަލްދޭންމިޖެހެނީ ރައްޔިތުން ބުރަމަސަތްކަތުން ހޯދާ ފައިސާކޮޅުން ނަގާ ޓެކްސްޕޭ ރުފިޔާއިން ބޯހަލާކް މިޔޮއްގައުމެއްވާ
ރައީސް އޮފީހުން ބޭއްވީ ތިހެން ކަމަށްވާނަމަ ކަލޭ ތިޔަ ނޫސްކޮންފަރެންސް ބޭއްވީ ޚުދުމުޚުތާރު ޑިކްޓޭޓަރުގެ އެދުމަކަށް ނޫންބާ!؟
އިންތި ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ އަންނި އަންގައިގެން. ކޮންމެ މީހަކުވެސް މިހުންނަނީ ފިތިބާރުވެފަ. ދެން ދެފަޔަށް ދެވެންދެން ގޮވާބަލަ :އެގޯނިން މިގޯންޏަށް: ފިސާރިކަމެއް އެބަހުއްޓެއްނު މިއިންތިވެސް ވަކިމީހެއްގެ ވަށައިގެންއެބުރޭ ސޯބުތަކެއް. އަމިއްލަ ސިކުނޑި ފްރީޒް ކޮށްލާފައޮތީ. ފަހުން ބޭނުންކޮށްލަން.
ހެޔޮނުވާނެ ރައްޔިތުންގެ ފައިސާ ތިޔަގޮތައް ހަރަދު ކުރަން
މި ވެރިކަމެއްތަ ނޫނީ ބަލާއެެއްތަ
އިބުރާ އެއް ، ކޯބުރާ އެއް ކަމަކު އިންތި އާ ނުޖެހޭ ތި ގައި ބާރު ދެރަވި ދުވަހު، އިންތި އަކީ އިބުރާ ކަހަލަ ޗީފު ކާޑެއް ނޫން، އިންތި އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގަ ހުރި އެންމެ މަގުބޫލު އެއް ފަރާތް، ހި އިޒް.
އަ ޕެޓްރިއޮޓް ،
ޔޫ އިބުރާ.އިޒް.ޖަސްް އަ ޕެޓް ،.ޔޫ ނޯ ދެޓް ، ޑޯންޓު ޔޫ؟
ގުރީޑި ޑެސްޕަރޭޓް އޯލްޑް ބުލްޑޯޒރ ، ކިޅް އިޓް ކާމް އެންޑް ޓުރައި ލޫޓިނގ ދަ ޓްރެޒަރީ ވައިލް ޔޫ ކެން ، ޑޫޑް ޔުއާ ޓައިމް އިޒް ގޯން، ޔޫ އާރ ޖަސްޓް ލައިކް ދަ ސަން ގޮއެސް ޓު ސެޓް ، ޔޫ ވިލް ބީ ފޮގޮޓެން ބިކޯޒް ޔޫ ޑޯންޓް ނޯ ހައު ޓު ރެސްޕެކްޓް އެނީތިން އަދަރ ދެން ޔުއަރ ގުރީޑް ފިލްޑް ސެލްފް. ފީލް ބޭޑް ފޯ ޔޫ އޯލްޑް މޭން ، ޖަގްޓް ޑޯންޓު ޓުރައި އެންޑް ބީއަ ހިރޯ ، ވީ ވޮންޓް މޭކް ޔޫ ވަން އެންޑް ޔީ ޑޯންޓް ލުކް އޯ އެކްޓް ލައިކް ވަން