އައްޑޫ ސިޓީ ހިތަދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ފައްސިވެފައި ވަނީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހެެކެވެ.

އެ ސިޓީން މިދިޔަ ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ފައްސިވެފައި ވަނީވެސް ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭނާ ކޮވިޑަށް ފައްސިވުމާއެކު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރާާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

މިއަދު ފައްސިވި އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީން ކޮވިޑަށް ފައްސިވެފައި ވަނީ ފޭދޫ މީހެކެވެ.

މީގެ ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށްވެސް އަރާ ފޭބުން އޮތީ މަނާ ކޮށްފައެވެ.

އައްޑޫގައި ދާދި ފަހުން ކަރަންޓީނާ ހިލާފުވި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެނގިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިން މުބާރާތެއްގައި ބައިވެރިވާން އައްޑުއަށް ދިޔަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު