އައްޑޫ ސިޓީ ހިތަދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި، ހިތަދޫން ފައްސިވި މީހުންނަކީ އިއްޔެ ސ. ހިތަދޫ ފްލޫ ކްލިނިކަށް ދައްކައިގެން ކޮވިޑަށް ފައްސިވި މީހާއާ ގާތުން އެއްތާންވި ބައެކެވެ.

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީން އެ ސިޓީން ފުރަތަމަ ފައްސިވެފައި ވަނީވެސް ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭނާ ކޮވިޑަށް ފައްސިވުމާއެކު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރާާ ފޭބުން ވަނީ މަނާ ކޮށްފައެވެ. މީގެ ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށްވެސް އަރާ ފޭބުން އޮތީ މަނާ ކޮށްފައެވެ.

އައްޑޫގައި ދާދި ފަހުން ކަރަންޓީނާ ހިލާފުވި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެނގިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިން މުބާރާތެއްގައި ބައިވެރިވާން އައްޑުއަށް ދިޔަ މީހެކެވެ.