ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަންތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ.
ނިރުބަވެރި ހަމަލައާ ގުޅިގެން ނަޝީދަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު ހޮސްޕިޓަލަށް ގެނެވުނު ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ ސާޖަރީތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މުހިންމު އެއް އޮޕަރޭޝަން ކުރަން ޖެހިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވިއެވެ.
އެމަނިކުފާނަށް ފަރުވާދެމުން އަންނަ އިރު، ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލެއް އޭޑީކޭ އިން އަދި ހާމައެއް ނުކުރެއެވެ. އަދި ރަސްމީ އެއްވެސް އިދާރާއަކުން ވެސް ނަޝީދަށް ލިބުނު ގެއްލުންތަކެއް މިހާތަނަށް އައިއިރު ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، މިއަދު ހެނދުނާ ހަމައަށް ނަޝީދުގެ ތިން އޮޕަރޭޝަނެއް ވަނީ ފުރިހަމަކޮށްފައެވެ.
އޭޑީކޭ އިން ރޭ ވިދާޅުވީ ނަޝީދު ޒަހަމްވެވަޑައިގެން އެ ހޮސްޕިޓަލަށް ގެނައީ ރޭ 20:30 ހާއިރު ކަމަށެވެ. އެމަނިކުފާނަށް މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ފަރުވާދެމުން އަންނަ އިރު، ހާލު ސްޓޭބަލް ކަމަށް ވެސް އޭޑީކޭ ހޮސްޕިޓަލުން އޭރު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނަށް ބޭރުފުށުން ލިބިވަޑައިގެންނެވި ޒަހަމްތައް ގިނަ އިރު ފަރުވާ ދީފައި ވަނީ ހޭނައްތައިގެންނެވެ. އެކަމަކު އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. އެގޮތުން އެމަނިކުފާނުގެ އިސްތަށިފުޅާއި ހަށިކޮޅުގައި ވެސް ޒަހަމްތައް ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.
ނަޝީދަށް ފުރަތަމަ ފަރުވާ ދީފައިވަނީ ބޭރުފުށުން ފެނުނު ޒަހަމްތަކަށެވެ. އޭގެ ފަހުން ބޮލަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހެދި ސީޓީ ސްކޭނަކުން އިތުރު އަނިޔާތަކެއް ލިބިފައި ހުރި ކަން ފާހަގަ ކުރެވުނެވެ. އެގޮތުން ފުއްޕާމެއަށް އަސަރުކޮށްފައި ހުރުމުން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަން އެނގުނެވެ. އަދި ރޭ ދަންވަރު ކުރީ އެތެރެހަށީގެ އޮޕަރޭޝަނެއް ކަން އެނގިފައިވެއެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެކި ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.
އަވަސް ޝިފާއަކަށް އެދެން
ބުރަކަަސި ބިންދައިގެން ގޮސްގެން އިނގިރޭސިވިލަތަށް ގޮނޑި ދުއްވަން ދިޔަ ސޮރު ތީ. ތިޔަ މީހަގެ ޔަހޫދީ މަކަރު އަހަރެމެން ދަންނަން. ޖުޑިޝަރީ ކުރިމައްޗަށް އަމިއްލަފުޅަށް ވެއްޓި ވަަޑައިގެން ވެލި ފަރިއްކުލުވަން އުޅުނު ދުވަސް ވެސް ދިވެހިންނާއި ފުލުހުން ދެނެހުރިން.
ތިޔަ އޮޕަރޭޝަންތަން ނިމޭނެބާ
ފާރުގަނޑެއްގަ ބޭސް އަޅާލިޔަސް މޭޖަރ ސާރޖަރީއެއް! މި ދެން ބޮޑުވަރުދޯ
ފާރުގަނޑެއްގަ ބޭސް އަޅާލިޔަސް މޭޖަރ ސާރޖަރީއެއް! މި ދެން ބޮޑުވަރުދޯ
ހާދަ ދެރައޭ.
ބުރަކަަސި ބިންދައިގެން ގޮސްގެން އިނގިރޭސިވިލަތަށް ގޮނޑި ދުއްވަން ދިޔަ ސޮރު ތީ. ތިޔަ މީހަގެ ޔަހޫދީ މަކަރު އަހަރެމެން ދަންނަން. ޖުޑިޝަރީ ކުރިމައްޗަށް އަމިއްލަފުޅަށް ވެއްޓި ވަަޑައިގެން ވެލި ފަރިއްކުލުވަން އުޅުނު ދުވަސް ވެސް ދިވެހިންނާއި ފުލުހުން ދެނެހުރިން.
ނަޝީދަކީ މީޑިއާގެ ސަމާލުކަމާއި އާންމުންގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ސިޔާސީ މީހެއް!!
ނަޟީދު ޕޮލިޓިކްސް އިން ރިޓަޔާ ކުރަންވީ.. 20 އަހަރު ޕާރޓީގަ ބަގުޑި ބައްދާގެން ހުރީމަ ނަޟީދަކީ ވެސް ޑިކްޓޭޓަރަކަށް ވެއްޖެ.... ނަޟީދުގެ ތާއީދު ގެއްލިއްޖެ!!
ލޮލް.. ދެން ތިވަރެއް ނުވާނެ .....ޑްރާމާ
އިންޑިއާ ސިފައިން މިގައުމަށް ގެނައީމަވެސް މަމެން ހީކޮށްގެން ތިބީ ކޮންމެވެސް ދުވަހަކުން ތިފަދަ ކަމެއް ހިނގާފާނެ ކަމަށް.
ސާރޛަރީހަދާ ސިކުޑިވެސް އެބައިނަގާ. ހަމަ ހުސްފޭކު. މިނަގެ ކައިރީގަ ތިބީ ތޮބަތޫންތަ އެމީހުންައް ހަމަ ކިރިޔަކިރިޔާ ހަންކޮޅުދިޔައީ އެކަމު މިމަކަރުވެރިޔާ ހާދަސާރޖަރީއެކޭދޯ. މިވަރުގެ ހެވާކަމެއް ދެން ދުނިޔެމަތީގަ ނެތެއްނުން