ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މީގެ ދެ މަހެއްހާ ދުވަސް ކުރިން، ފުލުހުންގެ އިންޓަލިޖެންސަށް ލިބިގެން ބައެއް ސަރަހައްދުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅި ކަން "ވަގުތަށް" ކަށަވަރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ރާއްޖެ އަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މިދިޔަ މާޗް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވެއެވެ. އެކަމާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް ވެސް އެޅިކަން އެނގިފައިވެއެވެ.
އެގޮތުން، ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން އެ ދުވަސްވަރު ބެލެހެއްޓި އެއް ސަރަހައްދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އެވެ. ވީއައިއޭގައި މަސައްކަތް ކުރާ ފުލުހުން އޭރު ވަނީ ޝައްކުވާ މީހުންގެ އަތް ދަބަސް، ފަދަ ތަކެތި ބަލައި ފާސް ވެސް ކޮށްފައެވެ.
ނަމަވެސް، އެ އޮޕަރޭޝަންގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.
މީގެއިތުރުން، ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމަށް ބަލައި، މާލެ ތެރޭގައި ވެސް ހާއްސަ އޮޕަރޭޝަންތަކެއް ހިންގި ކަން އެނގިފައިވެއެވެ.
ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ އެއްވެސް ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އޭގެ ދެ މަހެއްހާ ދުވަސް ފަހުން، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ބައެއް އާންމުންނަށް ވަނީ އަނިޔާވެފައެވެ. އަދި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ ވެސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއެއްގެ ގޮތުގައެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ފުލުހުން ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްގެ ތެރެއިން ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
އޭގެ އިތުރުން މި ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅަކު މާދަމާގެ ވަގުތެއްގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސި ވިލާތުގެ ފަންނީ ދެ ބޭފުޅުންގެ އެހީތެރިކަން މި ހަމަލާ ތަހުގީގު ކުރުމުގައި ފުލުހުންނަށް ލިބެމުން އަންނަ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހުގީގު ކުރަމުން މިދަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ،" ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންނާއި ދިފާއީ ބާރު ގުޅިގެން މާލެތެރެ ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ނަޝީދަށް ނިރުބަވެރި ހަމަލާއެއް އަމާޒުވި އިރު، އެމަނިކުފާނަކީ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވާ އެއް ބޭފުޅެވެ. ރާއްޖޭގައި ހަރުކަށި ފިކުރުތަކުގެ "މޫތައް" އޮތް ކަން ފާހަގަ ކުރައްވައި ނަޝީދު މީގެކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހިނގާ ދީނީ، ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގުކޮށް ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ، ރާއްޖެ ހަރާބުގެ މަގަށް ދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ނޮވެމްބަރު 24، 2019 ގައި ބޭއްވި ރަސްމިއްޔާތެއްގައި ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިން "އަނެއް ފަލްސަފާ" އަށް ލެނބި "އަނދިރި ދައުލަތަށް" ބައިއަތު ހިފާފައިވާ ކަމަށެވެ. އަނދިރި ދައުލަތަކޭ ނަޝީދު ވިދާޅުވީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުންނަށް ޖެއްސެވި މިސާލެއްގެ ގޮތުގަ އެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އަނދިރި ދައުލަތެއް ހިންގާ ކަމަށާއި ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބަކީ އެ ދައުލަތް ކަމަށެވެ.
ނަޝީދަށް ދިން ހަމަލާ ވަކި ހައްސަކަމެއްދީގެން މައްސަލަތަހުގީގު ކު ރާ ވަހަކަ ބުނީމަ ކަމަކު ނުދޭ، ކޮއްމެ މިހަކަށް އަމާޒު ކޮށް އެއްވެސްކަހަލުގެ ހަމަލާ އެއްދީފިނަމަ ހާއްސަސަމާލު ކަމެއް ދީގެން ބަލަން ވާނެ.ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ހަމަ ހަމަ ވާން ޖެހޭނެ
ހިންދޫ ހަރުކަށި ފިކުރުގެ އާރް.އެސް.އެސް އައުޓް! އިންޑިއާގެ ރޯ އިންޓެލިޖެންސް އައުޓް! ބީޖޭޕީގެ ހުރިހާ ނުފޫޒެއް މިގައުމުން ބޭރުކުރޭ! ހިންދޫއިންގެ ނުފޫޒު މިގައުމުން ބޭރުކުރޭ!
ކަލޭމެންގެ ކަންތައް މިހާރު މިދަނީ މާމައްޗަށް 😡😡😡
އައިސިސް އިން ދިން ހަމަލާއެއް ނަމަ ގޮއްވާލާނީ ތިޔަވަރުގެ ފަޓާހެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ. އަދި ތިޔަހާ ފިނޑިކޮށް ފައިވާން އަތައް ނަގައިގެން ފިލަން ދުވާކަށްވެސް އެމީހުން ނުހަދާނެ. އެމީހުންގެ ތެރޭގައި ތިބޭނީ ބޯދޮވެލާފަ ތިބޭ ފިދާއީން. އެމީހުން ދުއްވާލަން ބޭނުންވާ މީހާ އާއި ގޮއްވާމީހާ އާއި ދެމީހުންގެ ފޮރެންޒިކް ހެކިވެސް ނުލިބޭވަރުގެ ބާރު އެމީހުން ގޮއްވާ އެތީގައި ހުންނާނެ. އެމީހުން ގޮއްވާލާ އެތި ގޮވާތަން ބަލަން "އިންގިރޭސި ފަތުރުވެރިން" ބައިތިއްބައިގެން އެމިހުން އެކަމެއް ނުކުރާނެ. އަދި އެމީހުން އެކަން ކުރާނީ ނަޝީދު ކެނެރީގެއިން ނިކުމެ ކާރަށް އަރާ ވަގުތަކުވެސް ނޫން. އެމީހުން ގޮއްވާލުމަށްފަހު ޒިއްމާ އުފުލާނީ ފިލާތިބެ ޑާކްވެބްގައި ޖަހައިގެނެއްވެސް ނޫން. އެމީހުން ޒިއްމާ އުފުލާނީ އަމިއްލަ ވެބްސައިޓްގައި ޖަހައިގެން. ގެއްލެމުންދާ ޕޮޕިއުލަރިޓީ ބޫސްޓްކުރަން ގޭތެރެއިން ރާވާ ހިންގާ ސްޓަންޓް އައިސިސްގެ ނިރުބަވެރި ހަމަލާތަކާއި ވަރަށް ތަފާތުވާނެ.
ފިނިފެންމާ ލޯންޗް ކޮޅުގައި ވެސް ރައީސް ޔާމީނަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި.. ތަފާތަކީ އިންޑިއާގެ މީޑިއާތަކުން ތަހުގީގު ކުރުމެއްނެތި އެހާ އަވަހަށް ވަގުުތުން އައިސިސްގެ ބޮލަށް ކަނޑާލައިފި!!
އަނިޔާވެރި ކަމާއި ހަރުކަށި ކަމަކީ އިސްލާމް ދީން ބަލައިގަންނަ ކަމެއްނޫން. މިކަހަލަ ކަންކަން ކުރުމުން ހަގީގަތުގައި އަނިޔާ މި ލިބެނީ އިމާންތެރި ސޯލިހު މުސްލިމުންނަށް. ހަރުކަށި ފިރު މި ކުޑަ ރާއްޖެއިން ނައްތާލަން ޖެހޭ. މުސްލިމަކަސް ކާފިރަކަސް، އިންސާނުންނަކީ ހަމަހަމަ ބައެއް. އެމީހަކު ގަބޫލު ކުރާ ގޮތަކަށް އެމީހަކު އުޅުނީމަ ނިމުނީ. ކޮންމެހެން ގަދަބާރު ދައްކާކަށް ނުޖެހޭ. މި އުޅޭ މަދު ހަރުކަށި ފިކުރުގެ މީހުންނީ ރަސޫލާ ސއވ ގެ ސުންނަތް ގަބޫލު ކުރާ ބައެއްހެން ހިއެއް ނުވޭ. ބޮޑަށް ވައްތަރީ ހިޔާލީ ފިކުރަކަށް އުޅޭ ބައެއްހެން.
ފުލުހުން ވިދާޅުވީ ނެތޭ މައުލޫމާތު ލިބިފަ... ކާކު ދޮގުހަދަނީ؟؟؟؟
އިދިކޮޅުން ވެސްތިހަމަލާ ބޭ ރުގެ މިނިވަން ބަޔަކާ ގުޅިގެން ތަހުގީގު ކު ރަން ފެނޭ
ހިތާނު ކުރީ.
ހަގީގަތުގައިވެސް ނިރުބަވެރި ކަމަށް ބުނެވެން އޮތީ...
ތި ނަޝީދަކީ ވ ޑުރާމާ ބޮޑު މުނާފިގެއް ތީ ހުސް ޑުރާމާ
ނަސީދުއަށް ޓާގެޓް ކޮށް ދިން ހަމަލާއެއް ކަމަށް ހީނުވޭ. ޢެއްޗެއް ގޮވި ގަޑިޔާ ނަސީދު އެދިމާގަ ހުރި ވަގުތާ ދިމާވި.
މިއަދު މެންދުރު ސީޕީީ ވަހީދުބުނީ ބޮން ގޮއްވާނެކަމުގެ އެއްވެސް އިންޓެލްއެއް ކުރިން ލިބިފައެއް ނެތޯ. ދެން މީހުން ފުލުހުންނައް މަލާމާތް ކުރަންފެށީމަ މިބުނަނީ ނޫނެކޯ މާލޭގަ ބޮޑު ފަޓާސް ގޮއްވަން އުޅޭކަމުގެ އިންޓެލް މާކުރިންވެސް ލިބިފަޔޯ އޮތީ. ކަލޯ މިޔޮއް ކުޑަ މާލެތެރެ ނުބެލެހެއްޓެންޏާ މިހާރު އިސްތިއުފާދީ. ތިއޮތީ ފުލުސް އޮފީސް ރަގަޅައް ހިންގިފަ. ޕޮޕޮޕޯ. އަދިވެސް ހަރުގެތެރޭ އަަޗާތަޅަންއުޅޭ ކުދިންނައް ބޮޑެތި މަގާމުތައް ދީ. އިބޯ ސޯލިހުއައް ވަރައް ސަލާން. ކަލޯ ރިޔާސީ އިންތިހާބައް އަވަހައް ކެންޕޭނުކުރަންފަށާ.
ނިރުބަވެރީންނަކީ ރާއްޖޭގައި އެޕްރޫވަލް ތަކާއި އެއްކޮށް އޮޕަރޭޓް ކުރާ ބައެކެވެ. ކަމެއް ހައްލުވާނީ އެކަމެއް ހައްލު ކުރެވޭ ވިސްނުން ގެންނުޅެ އަދި ނުފޫޒުތަކުން އެކަހެރި ވެގެންނެވެ.
ދުނިޔޭގެ ތަންތާ ޚަވާރިޖު ތަކްފީރީ ވިސްނުން ހުންނަ އަދި ހަރުކަށި ވިސްނުމަށް ތާޢީދު ކުރާ ބޮޑެތީން ރާއްޖެ ގެނެސްފައިވެސް ވެއެވެ. މިއީ ބަޔަކު ހަޤީޤަތް ހޯދަން އުޅެގެން ނޫނީ ނޭނގިދާނެ ކަންތަކެވެ.
މި ފަރާތްތަކާއި ގުޅުން އޮންނަ ފަރާތްތަކުން ވަނީ ރާއްޖޭގައި ސިއްކަ ޖެހި ސެޓިފިކޭޓްތަކައި އެއްކޮށް ދީނީ ނަސޭހަތް ދެމުންނެވެ. އަދި އުސާމާ ބިން ލާދިން، އައިއެސް ޖަމާއަތައް ހިއްވަރުދީ މި މީހުންގެ ސޯޝަލް މީޑިއާ ތަކުގައި ޝުއޫރު ފާޅުކޮށްފައި ވެއެވެ.
ހަމަލާތައް ދެނީ ގްރޫމްކޮށްފައިވާ މީހާއެވެ. އެކަމަކު ޓްރިގާ ފިތަނީ އެހެން ބައެކެވެ.
ﷲ ތަޢާލާ އަހަރެމެންނަށް ހެއޮ ވިސްނުން ދެއްވާށި!
އަދި ހައްޤު ހައްޤު ގޮތުގައި ދައްކަވައި ބާތިލް ބާތިލް ގޮތުގައި ދައްކަވާށި! އާމީން