ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ބޭނުންކޮށްފައިވާ ބޮން ހެދުމުގައި އަސްކަރީ ނުވަތަ މިލިޓަރީ ފެންވަރުގެ ތަކެތި ބޭނުންކޮށްފައި ހުރިިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަމުގައި އެމްއެންޑީއެފް ނުވަތަ މިލިޓަރީގެ އެހީތެރިކަމެއް ލިބިފައިވާ ކަން ފާހަގަކުރެވިފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.
މި ތަހުގީގުގެ އެންމެ އިސް އޮފިސަރެއްގެ ގޮތުގައި ވެސް ކަނޑައަޅުއްވާފައި ހުންނެވި ރިޔާޒު ވިދާޅުވީ އަސްކަރިއްޔާގެ ބައިވެރިވުމެއް ނޫނީ އެ ތަނުގެ ތެރެއިން ބަޔެއްގެ އެހީތެރިކަމެއް ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، އެ ސަރަހައްދަށް ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވާ ބޮން ތަހުލީލު ކުރިއިރު، އެ އުފެއްދުމުގައި އަސްކަރިއްޔާއެއްގައި ބޭނުން ކުރާ ފަދަ އެކްސްޕްލޯވިސް ނުވަތަ ތަކެތި ބޭނުން ކޮށްފައި ނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިލިޓަރީ ގްރޭޑްގެ އެކްސްޕްލޯސިވް ބޭނުންކޮށްފައި ހުރި ކަމަކަށް ނުބެލެވޭ. އެކަމަކު ބޮޑެތި ގެއްލުންތަކެއް މީހުންނަށް ލިބޭ ވަރުގެ އެކްސްޕްލޯސިވް ތަކެތި ބޭނުންކޮށްފައި ހުރި ކަމަށް ލަފާކުރެވޭ." ރިޔާޒް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވި ގޮތުގައި ފުލުހުން މިހާތަނަށް ކުރި ތަހުގީގުން، ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ މީހުން ހޯދައި ހައްޔަރު ކުރުމުގެ މަސައްކަތް ކަމަށް ޙަމީދު ވިދާޅުވިއެވެ.
މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް އެ ސަރަހައްދު ކައިރިންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި އާންމުންގެ ދެ މީހަކަށް އަނިޔާވެފައިވެއެވެ.
ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އެމަނިކުފާނު ކުރަން ޖެހޭ ސާގަރީތައް މިހާރު ނިމިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިހާރު ދަނީ ރެކަވަރީ ނުވަތަ ޒަޚަމްތައް ރަނގަޅު ކުރުމުގެ މަރުހަލާ ކަމަށް ވެސް އާއިލާއިން ބުނެފައިެވއެވެ.
މާނައަކީ ސައިކަލެއްގެ ބެޓެރީއޭ ގޮވީ. އެނޫން ދެން ކޯންޗެއް
"އަސްކަރީ" މިބަަަސް ފުރަތަމަ ގެނައީމާވެސް ކަމެއް އޮއްބާލަން އުޅޭކަން ސާފުވޭ. ތިކަމުގެ ފަހަތުގައި ތިބީ ކޮންމެސް އަސްކަރިއްޔާއެއްގެ މަދަދު ލިބިފައިވާ ބައެއް.
"އަސްކަރީ" މިބަސް ފުރަތަމަ ގެންނަން ޖެހުނީ ކީއްވެގެންތޯ؟
ފުލުހުން ދަށްކާވާހަކަ ގަބޫލެއްނުކުރެވޭ ތިޔަތާގަ ގޮއްވާލާފަ ވަނީ ނިއުކުލިޔަ ބޮމެއް ރާއްޖޭގެ ފުލުހުންނަށް ހޯދުނީ ކޮންކަމެއް އިންޗިއެއް ހަމަނުވާ ތަނަކުން މީހަކު ފިލިޔަސް އެމީހަކު ފިލިތަނެއް ހޯދަންވެސް ނޭނގޭ ބައެއް ކަލޭމެން މޮޅުވާނީ ޕެޕަރ ސުޕުރޭ ޖަހާ އަންހެންކުދިންނަށް އަނިޔާކުރަން އެކަނި.
ފުލުހުންނަށް އެއްކަމެއްވެސް ނޭނގޭނެ ކައިވަތެއް ހަމަނުވާމިކުޑަ ރާއްޖޭގައި މީހުންމަރާމީހުން ނުހޯދުނުބަޔަކަށް މިލިޓަރީ އެކުސްޕުލޯސިވު ތަކެތި އެތަނުގައި ހުރިކަން އެނގޭނެބާ .
ބޮން ހެދުމުގައި އަސްކަރީ ފެންވަރު ތަކެތި ބޭނުންކޮށްފައެއް ނެތް: ފުލުހުން
އަސްކަރީ މިބަސް ތިތަނަށް ގެންނަން ޖެހުނީ ކީއްވެތޯ؟ ހާދަ ބިރުފުޅުން ތިއުޅުއްވަނިީ. ހައްތާވެސް ސުވާލު އުފެދޭ މިހާރު!
މުޅި އޭސިއާ ބައްރުގަ ހުރި އެނެމް މޮޅު ފޮރެންސިކު ލެބޯޓްރީޔޯ، ވާކަމެއް ހަރާމުން ހަރާން. އަދިވެސް މާލޭގައި ފުޅެޓްތައް އަޅާގެން ރާއްޖެތެރޭން މީހުން ގެނެސްގެން މާލެ ތޮއް ޖައްސާ،، އޭރުން މާލެ އަމާންތަނަކަށް ވާނީ،،
ތި ވާނީ ޔޫޓިއުބް ބަލާގެން ހެދި ބޮމެއް ކަމަށް