ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް ކުރި އޮޕަރޭޝަނަށް 16 ގަޑިއިރު ހޭދަވި ކަމަށާއި، އަދި އެމަނިކުފާނުގެ ހާލުކޮޅު ގޯސްކަމުން، އޮންނެވީ އައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާދެމުންދާ އޭޑިކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ކުރި ޓުވިޓެއްގައި ބުނީ، ރައީސް ނަޝީދުގެ ފުރާނަ ސަލަމާތް ކުރުމަށް މިއަދު މެންދުރު ކުރި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. 16 ގަޑިއިރުގެ އޮޕަރޭޝަންތަކަކީ ރައީސް ނަޝީދުގެ ބޮލަށާއި މެޔަށާއި ބަނޑަށް އަދި ފަޔަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކޮށްފައިވާ އޮޕަރޭޝަންތަކެވެ.
"މިވަގުތު އޮންނެވީ އައިސީޔޫގައި. އެމަނިކުފާނުގެ ހާލު ސީރިއަސް" އޭޑީކޭއިން ބުންޏެވެ.
މި މައުލޫމާތުގެ އިތުރުން އޭޑީކޭއިން ބުނީ، ރައީސް ނަޝީދުގެ އާއިލާގެ އިޒުނައާއި އެކު އެމަނިކުފާނުގެ ހާލުކޮޅުގެ މައުލޫމާތާއި ފަރުވާގެ ކަންކަމުގެ މައުލޫތު ކުޑައިރުކޮޅެއްތެރޭ ހާމަ ކުރަނެ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މިހަމަލާގައި ރައީސް ނަޝީދާއިއެކު ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ. އެއީ ރައީސް ނަޝީދުގެ ދެބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ. ހަމަލާގައި ޒަހަމްވި ރައީސް ނަޝީދުގެ ދެބޮޑީގާޑުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ގެޓް ވެލް ސޫން މިސްޓަރ ޕްރެސިޑެންޓް.
ދެންބޮޑުވަ ރު
ޑްރާމާ ބޮޑުވަޒީރު
އަންނިގެ ސިގިރޭޓު ލައިޓަރު ގޮވައިގެންވީ ކަމެއްކަމަށް ބެލެވޭ.
ޔާމީނު ލޯންޗުގަވެސް ގޮވީ އޭސީއެއްނު އެމްޑީޕީން ބުނާގޮތުގަ.
އިންތިހާބުން ބަލިވެ ތާއީދު ގެއްލުމުން މީހުންގެ ސަމާލުކަން ހޯދާނެ މޮޅުގޮތެއް.
އަޅޭ.. އާއިލާއިން ބުނި ރަނގަޅޭ. ކިހިނެއް ތި ހަދަނި. ޑްރަމާ ޑްރާމާ.
ކުޅެން އުޅުނު ޑްރާމާ އަތައް ގޮވީ ކޮވިޑް19ގެ ވާހަކަ އޮއްބާލަން ކުޅުނު ޑްރަމާ އެބޮން
ބޮޑު ވަޒީރު ފިލްމު މުޅިން ފުލޮޕްވީމަ ހޮސްޕިޓަލުން ނުކުންނަން ނުކެރިގެން އަދިވެސް ކޮންމެވެސް ސްޓަންޓެއް ޖެއްސޭތޯ އެބަލަނީ..
ޑިކްޓޭޓާ…
މީނަގެ ވަށާ ތިބި ސެކުއުރިޓީ އަކައް މާބޮޑޮ ކަމެއް ނުވޭ.މީނަ އައް މިވަރު ވީގޮތެއް ނޭގުނު. މީ މީނައައް
މަތިން އައި ހަމަލަ އެއް ތަ؟
އާއިލާއިން ބުނަނީ އެއްވރސް ކަމެއްނެތޭ އޮޕަރޭޝަން ނިމިއްޖޭ ވަގަުތު މީހުން ކަންތައް ބޮޑުކޮއްލައިން މި އުޅެނީ
ނަޝީދުގެ ސާޖަރީތައް ނިމިއްޖެ، އޮތީ އައިސީޔޫގައި ކަމަށްވާނަމަ ދެން ނަޝީދު ރާއްޖޭން ބޭރަށް ސިންގަޕޯރ އަށް ނުގެންދަނީ ކިއެއްވެތޭ އަނެއްކާ މިކަމަށް އިމިގްރޭޝަން ހުރަސް އަޅަނީތޭ އެއީ މަމެން ކޮށްލަން ބޭނުންވާ ސުވާލެކޭ ބުނަން މަމެން ނެތީމޭ...
އިންޑިޔާ+ކޮވިޑް+ޕަބްލިކް ޕް ރެޝަ ރ+ދީނަށް އެޓޭކްކުރުން+އިގްތިސާދު ވަޅުޖެހުން =އަންނިގެ ސްޓަންޓް
އިނގިރޭސިއަކު އަބަދުވެސް އަތްދަށުގަ ހުންނަންވޭދޯ
ރާއްޖޭގެ ސިޔާސީ ބޮޑެއްގެ އިސްތައްޓެއްގަ ރިއްސިއައް އެމީހަކައް ފަރުވާދޭނީ އައިސީޔޫގަ. ނަޝީދު ކޯޓައް ގެންދިޔަދުވަހު މަގުމައްޗައް ވެއްޓިގަނެގެން ޖެއްސިވައްތަރު މަދެކުނީމޭ. ދެނެއް މީހުނެއް ތިޖައްސާ ސްޓަންޓުތަކަކައް ނުހެއްލޭނެ. ދެން ބުނޭ ތިމަންނަ ހޭނާރާ އައިސީޔޫގައޭ އޮންނާނީ...
ނަޝީދު ދެން ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ނުކުރާނެ ކަމަށޭ ދެން މަމެން ދެކެނީ ނަޝީދަށް މިފަހަރު ހަމަލާގައި ލިބިފައިވާ ގެއްލުން ތަކުން ދެން އުމުރުގައި ވެސް ރިކަވަރ ވާނެ ކަމަށް މަމެންނަށް ނުފެނެއޭ މީ ސީދާ ނަޝީދު ރާއްޖޭގެ ސިޔާސީ މައިދާނުން ގެއްލުވާލަން ވެގެން ނަޝީދުގެ ޕާރޓީ ތެރޭން ރޭވިފައިވާ ހަމަލާއަކާއި ވަރަށް ވައްތަރޭ މަމެން ބުނަން ނެތީމޭ...
ހަމަ ސުވާލު އުފެދޭ ތީ އަހާލަން..
ބޮޑީގާޑުންނަށް މާބޮޑު ގޮތެއް ނުވެ.. މި ބޮމުގައި ހުރި އެއްޗެއް ސީދާ ނަޝީދު ގަޔަށް އެކަނި މި ވަން ގޮތެއް ހޯދާލަދީބަ...
އެމަނިކުފާނުގެ ފުރާނަ ފުޅާއި. މޫނު ފުޅާއި. ލޯފުޅާ،. ކަންފަތް ޕުޅައް ވެސް. ގެއްލުންފުޅު ވި. އަދި އެތެރެ ހަށި ފުޅާއި. ގޮހޮރު ފުޅަށް. ވެސް. ނުހަނު ގެއްލުން ފުޅު ލިބި ވަޑައިގެންނެވި ޔޯލަ. އަ ސާާޖަރިީ ފުޅެއް ވެސް. ހައްދަވަން. ޖެހެޔޯލަ.