މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވަމުންދާތީ، ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ނަރުހުންނާއި މެޑިކަލް އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނ ީކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކަށް ހާއްސަކޮށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުންނާއި، މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

އެގޮތުން 41 ނަރުހުންނާއި، 20 މެޑިކަލް އޮފިސަރުން ބޭނުންވާކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައިވާގޮތުން، ނަރުހުންނާއި މެޑިކަލް އޮފިސަރުން ހޯދަނީ އެއް އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ.

އެ އިއުލާނުގައިވާގޮތުން، މަސައްކަތް ކުރަން ޖެހޭނީ ހަފްތާއަކު ފަސް ދުވަހު މަދުވެގެން ދުވާލަކު އަށް ގަޑިއިރުކަމަށް ބުނެފައި ވެއެވެ.

އަދި މުސާރައިގެ ގޮތުގައި ނަރުހަކަށް -/14700 ރުފިޔާ މަހަކު ދޭނެ ކަމަށް އެ އިއުލާނުގައިވާއިރު، މެޑިކަލް އޮފިސަރަކަށް -/21240 ރުފިޔާ (މަހަކު) ދޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި މުވައްޒަފުން ނަގާނީ އެއް އަހަރުގެ ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން މަގާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 16 މެއި 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު