ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނުމުގައި ބައިވެރިވި މީހެއްގެ ފޮޓޯ މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

ފޮޓޯއިން ފެންނަނީ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހާ ދުވެފައިދާ މަންޒަރާއި، ފާރެއް ކައިރީގައި މަޑުކޮށްލައިގެން ހުރި މަންޒަރެވެ. މިއީ ސީސީޓީވީ ކެމެރާއަކަށް ރެކޯޑް ކުރެވިފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެކެވެ.

ސްކްރީން ޝޮޓްގައި ވީޑިއޯ ރެކޯޑް ކޮށްފައި ވަނީ މެއި 5 ގައި ކަމަށް ލިޔެފައި އިންނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރޭ 20:31 ގައި ނެގިފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެކެވެ.

ނަޝީދަށް އަމާޒުކޮށް ރޭ އެއްޗެއް ގޮއްވާލި ހަމަލާ ދިން މީހާ އެއްޗެއް ގޮވި ވަގުތު ދުވެފައި އެސަރަހައްދުން ދިޔަ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރާފައިވާ ކަމުގެ މައުލޫމާތު ރޭ "ވަގުތު" އަށް ލިބުނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދިން މީހާ މަޖީދީމަގުން ދުވެފައި ގޮސް ވަނީ ފާށަނާކިލެގެ މަގަށެވެ. އޭނާ ދުއްވައި ގަތުމަށްފަހު މަޑުކޮށް ފައިވާން އަތައް ނަގައިގެން އަނެއްކާވެސް ދުވެފައިދާ މަންޒަރު ވަނީ ކެމެރާއަށް އަރާފައެވެ.

"މިހާރު ފުޓޭޖް ވަނީ ފުލުހުންނަށް ލިބިފައި. މިއީ ކޮލެޓީ ރަނގަޅު ފުޓޭޖެއް. މިހާރު ފުލުހުންނަށް ވަނީ ތުހުމަތު ކުރެވޭ މީހަކު ވެސް ދެނެގަނެވިފައި. ނަމަވެސް އިތުރަށް ކަށަވަރު ކުރަން ޖެހޭ ކަންކަން އަދި ދަނީ ބަލަމުން." ރޭ މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.

މިހަމަލާ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ހަމަލާ ދިނީ ނަޝީދު ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ. އޭރު ނަޝީދުގެ އަރިހުގައި ތިބި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށް ވެސް އަނިޔާވިއެވެ. ނަޝީދަށް އަދިވެސް އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް ތިން ހަށިފާރަވެރިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މިހަމަލާގައި އިނގިރޭސިވިލާތުގެ ފަތުރުވެރިޔަކަށާއި އިތުރު ދިވެއްސަކަށް އަނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ގެރި މޯދީ

  އިންޑިޔާގެ އެހީ ނުހޯދާތަ؟!

  21
  3
  • ޖ

   5 މޭގަ އޭނަ ދުވީ، 6 މޭގަ ހަމަލާ ދިނީ... ތާރީހު ފުށުއަރާ... އަޅެފަފެ، ކިހިނެތް ތަހުގީގު ކުރާ ބައެއް... ހިތާމަ ހުރި

   7
   1
 2. ތުބުޅިބަގީޗާ

  ފޮޓޯއިންވެސް އިނގޭ ކަށިމަތި ފަޓުލޫނެއްކަން. މީނަ ހިފާފަ ޖަލަށްލާ

  9
  37
  • ހ

   ނޭގޭ ތިޔެއް.... ހިޔެއް ނުވޭ ތުބުޅި ހުރި ހެން ވެސް... ދުވާއިރު އެހެން ހުރެދާނެ...
   ކުއްވެރިއެއް ނަމަ މިމީހާ ހިފާ ހައްޔަރު ކުރަން ޖެހޭ

   4
   3
 3. އުގުރި

  މިމަހުގެ ފަސްވަނަ ދުވަހުގެ ތާރީޚެއް ސީސީޓީވީގެ ފުޓޭޖް ފެންނަ ހުރީ .. ކިހިނެއް މިވަނީ

  39
  4
 4. މަޒް

  އޭތި ގޮވީމާ ބިރުން ދުވީކަމަށްވެސް ވެދާނެ.. ދެން ކޮންމެވެސް ނުބޭހޭ މީހެއްގެ ބޮލަށް ކަނޑާލާ

  58
  3
 5. މުޙައްމަދު

  ދުވެފައިދާ ފޮޓޯގައި ތާރީޚަކީ 5 މެއި؟؟

  39
  1
 6. ފުރަބަންދު

  މީހަކު ދުވެފަ ދިޔައިމަ އޭނަ ވޭތަ ހަމަލާ ދިން މީހާއަށް؟ ވެދާނެ ނުން އޭތި ގޮވީމަ މީހަކު ބިރުން ދުވީ ކަމަށް.

  54
  4
 7. ހާމާނު

  ތިޔަ ނުލަފާ ޖައްބާރު މިހާރުން މިހާރައް ހިފާ ހައްޔަރުކުރޭ، ތިޔައީ ސޫމާރިއެއް

  5
  47
 8. ރަދީފް

  ކަލޯ ކަލޯ ތިޔަކުރެވުނީ ވަރަށް ދެރަވަރުކަމެއް.މީހުންނަށް އަނިޔާވެރިވުން އެއީ އަހަރުމެންގެ ދީން ބާރު އަޅާ ކަމެއް ނޫން.ކަލޯގެ މައްޗަށް ތުހުމަތުކުރެވެނީ ބޮޑުކަމެއް.

  24
  6
  • ފިން

   ކަލޯއަށް ޔަގީންތަ އެއީ ކަން އެކަން ކުރި މީހަކީ؟ ހަމަ ޔަގީންތަ؟

   10
  • ބަސަރާ

   ޕިންބްރޯ.ތުހުމަތު.

 9. ާސިލްވަރ

  ޑޭޓް ދިމަލެއް ނުވޭނު ބުރޯ

  41
  1
 10. ބލާއެއްމީ

  މައްސަލަ އުޅެނީ ކޯޗެއްގަ ކަމެއްނޭނގޭ މިފަދަ ބޮޑު އެއްވެސްކަމެއްގައި މީހަކު ކުއްވެރިވާތަނެއް ނުފެނޭ ތިސޮރުވެސް އަމިއްލަޔަށް އިއުތިރާފް ނުވިއްޔާ ވާނެކަމެއްނެތް ރިލްވާންވެސް ގެއްލުނީ ހުޅުމާލެއިންކަން އެނގޭ ގަދަމުން އެރުވީ ރަތްކާރަކަން އެނގޭ އެކާރުގެ ޑިކީއިން ފެނުނު ތަކެތިން ހެދި ޓެސްޓުން ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވޭ އެކަމަކު ހަމަ އެކަކުވެސް މިހާތަނަކަށް ކުއްވެރިއެއްނުވޭ

  30
  1
 11. ލަމްހާ

  މިމީހާ ފައިވާން ނަގަން ގުދުވެ އޮތްއި ރު ކ އަތޮޅު ދާއި ރާގެ އަތޮޅު ކައުންސިލަށް އެމްޑީޕީ ޕާޓީއިން ކު ރިމަތިލާގެން ނުހޮވުނު މިހާ ރު ބަ ރުލަމާނީ ޖަހާގެން ހަމަ މިދާއި ރާއަށް ކެންޕެއިން ކު ރާ މީހަކު ވެސް ދެމިޔަކަނުން ސޮނިވެއްޓި އެމީހާ ހުއްޓުވާލަން ވެސް ނުކެ ރި ހު ރިކަމަށްވަނީ. އެއި ރު ލީޑަ ރު މިއޮތީ ހަފުސްވެފައި. ހެކި ލޯމައްޗަަށް އައިސް އެ ރިއި ރު ވެސް؟ ދެން މިކުއްވެ ރި ކު ރަނީ އެހެން މީހުން

  14
  3
 12. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  ارحمومن في الارض يرحمكم من في السماء ބިމުގައިވާ ތަކެއްޗަށް ރަޙުމުކުރާ މީހާއަށް އުޑުގައިވާ ކަލާނގެ ރަހުމުކުރައްވައެވެ.

  16
  2
 13. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  މީހަކު ހުއްޓިލައިގެން ހުރިކަމާ، ދުވެފައިދާކަން އެނގޭއިރު، ޙަމަލާގައި ބައިވެރިވެފައިވާކަން ޔަޤީން ކަށަވަރުކޮށް ނުދެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ

  26
  1
 14. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  މީހަކު ހުއްޓިލައިގެން ހުރިކަމާ، ދުވެފައިދާކަން އެނގޭއިރު، ޙަމަލާގައި ބައިވެރިވެފައިވާކަން ޔަޤީން ކަށަވަރުކޮށް ނުދެއެވެ. ނަމަވެސް ކުށެއްގެ ތުހުމަތގައި ހައްޔަރުކުރުމާ، ކުށްސާބިތުވުމުން ޙުކުމް ކުރެއްވުމާ މިއީ މުޅިން ތަފާތުދެކަމެކެވެ. يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ

  22
  2
 15. ޑައެލޯގް

  މިއީ ރާއްޖެއަށް ނަޝީދުމެން ގެނައި ޑިމޮކްރަސީގެ ފޮނިމީރުކަމެވެ. ނަޝީދަށް ހަމަލަދިން މީހާއަށް އަދަބުލިބޭނެއެވެ. އެކަމު މިގޮތަށް އެތައްބަޔަކަށްވަނީ ހަމަލާދީމަރާފައެވެ. އެއިން އެއްވެސް މައްސަލައެއް ނިމިފައެއްނެތެވެ.

  29
  3
 16. ނަން

  ސަރުކާރަށް އޮތް އިލްތިމާސަކީ ދިނާއި ދައުލަތް ދިފާޢުކުރާށެވެ. ސަބަބަކީ މިއަދު މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކުރި ބަޔަކަށް ކަމެއްނުކޮތް ޕުރޮމޯޝަން ދެނީ + އިންޑިޔާއަށް ހުރިހާ ކަމެއްގައި ބަރޯސާވެ އެމީހުންގެ ޒަމާނީ އިސްތިޢުމާރުގައި އެގްރިމެންޓްތައް ހަދައި ތާށި ވަނީ ދިނާއި ދައުލަތުގެ ހައްޤުގައި މިކަންކަން ނުކުރާ ސަރުކާރަކަށް ރައްޔިތުންގެ ތެރޭ ތިބި ރުޅިއަންނަ ބައެއް މީހުންނަށްދެން ހަމަލާންދޭން މަޖްބޫރު ނަމަވެސް އަނިޔާވެރިކަން ބޭނުންކޮށްގެންނޫން މިކަންކަން ހައްލުކުރެވޭނީ

  25
  3
  • ޯޮޮކޖޖހގގ

   ކަމެއްނުކޮތް ....ތ ސުކުން ؟؟

  • Anonymous

   ޙުތުބާ ލިޔަން ދޭބެއަ ރަށަށް

 17. ސޯލިހުބޭ

  ދުވެފައި އެދާމީހާ ބޮނޑިބަތް ޖަމީލާ ހާދަ ވައްތަރޭ.

  2
  3
 18. ޟޮޮ

  ޢަނެކާ ތިމީހާ ވަތަރީވެސް ސިފައިންގެ ވީހަކާ

 19. ޓ

  އަދީބަކި ވެސް ޓެ ރަރިޒަމްގެ ހުކުމުގައި ހު ރި މިހއެއް މިހާ ރު މިސަ ރުކާރ ރުން މިނިވަން ކޮށް ހުކުމް ބަތިލް ކުޜީ ލޯންޗް ގޮއްވާލި މައްސަލަގައި

 20. ގައުމު

  ނޫސްވެރިކަމުގެ ލާމަސީލް މިސާލު މިފެންނަނީ. ކިހިނެތް އެގުނީ؟

 21. Anonymous

  24 ގަޑި އިރު ދުވެ ދުވެފަ ހަމަލާދިނީ ކަމައް ޕޮލިސް އެމް އެންޑީ އެފް އިން ތުހުމަތު ކުރަނީ