ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރާ ގުޅުން ހުރި ކަންކަން ފެންނަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އޮތީ އަދި ވަރަށް ކުރީގެ މަރުހަލާ އެއްގައި ކަމަށް ވުމުން އަދި މި މައްސަލަ އާއި ގުޅިގެން އަދި ލިބިފައި ވަނީ ވަރަށް މަދު މައުލޫމާތުތަކެއް ކަމަށެވެ.
އަދި މި މައްސަލަ އާއި މެދު ލިބުނު މައުލޫމާތުގެ އަލީގައި ކުރިއަށް ދާންވީ މިސްރާބު ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައިގައި ޕީޖީގެ ދައުރަކީ ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދާ އިރު ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން ކަމަށް ޝަމީމް ވިދާޅުވިއެވެ. މި މައްސަލަ ކުރިއަށް ދާއިރު ޕީޖީ ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
" މައްސަލައިގެ ބޮޑުކަމުން އަޅުގަނޑު އަމަލީ ގޮތުން ބައިވެރިވަނީ. އަޅުގަނޑާއި އެކު މަސައްކަތް ކުރާ ޓީމެއް އޮންނާނެ. މިހާތަނަށް ފުލުހުން ކުރި މަސައްކަތާއި މެދު އަޅުގނަޑު ހިތްހަމަޖެހޭ. ހަރުކަށި ފިކުރާއި ގުޅުން ހުރިކަންކަން އެބަފެނޭ. އެކަން ތަހުގީގުން ބަލާނެ. ހަމައެކަނި ހަރުކަށި ފިކުރާއި ހުރި ކަމެކޭ ނޫން މިދަންނަވަނީ. އޭގެ އިތުރުންވެސް ކަމެއް އޮވެދާނެތީ ބަލަުން މިދަނީ." ޕީޖީ ވިދާޅުވިއެވެ.
އިހަށް ރޭ ރައީސް ނަޝީދަށް ހަމަލާދީފައިވަނީ ނީލޯފަރު ގޯޅީގެ މަޖީދީ މަގާއިވީކޮޅުން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ އާއި ގުޅިގެން މިހާތަނަށް އައި އިރު ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އަދި މައްސަލަ އާއި ގުޅުން ހުރި އިތުރު މީހަކު ހޯދުމަށް އާއްމުންގެ އެހީއަށް ފުލުހުން ވަނީ އެދިފައެވެ. ހަމައެހެންމެ ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ އެހީތެރިކަން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ކަމަށް ވެސް ފުލުހުން ފާހަގަކުރައްވައެވެ.
އިޔާޒްމެން ނައްޓާލާފަ ނުދާނެ.. އަދި އިމްރާނަކަށްވެސް އިތުބާރެއް ނުކުރެވޭ.. މީ ވަރަށް ބޮޑަށް ރޭވިގެން ކޮއްފަވާކަމެއް..
ތި ލާދީނީ ޝަމީމަށް ހީވާނީ ހައްތާވެސް ހަރުކައްޓޭ...... .......
ތަހުގީގު ނުފެށެނީސް ކިހިނެއް އެނގެނީ ހަމަލާ ދިނީ ތިކަހަލަ ލާދީނީ ބަޔަކު ކަމެއް ނުވަތަ އެހެންބަޔަކު ކަމެއް؟
އެއީ ދަތްދޮޅީގަ އިސްތަށި ހުރީމަ
ތެދެއް ތިބުނީ މިކަން ވައްތަރީ މިނިވަން ފިކުރުގެ މީހުން ކުރިކަމަކާ އެމީހުންނަށް ނިދިވެސް ނާންނާނެ މީހެއްގެ ބޯކަނޑާނުލާ އަދި ކޮންމެސް އެއްޗެއްގޮށްވާނުލާ
ދެން ތުބުޅިލީ އެންމެންނާ ގެޅިގަނޭ
ދެން ބުރުގާކަންނޭނގެ ބޭން ކުރާނީ
ހުސް އެމްޑީޕީ މެންބަ ރުންދޯ.. އަންނިގެ ދަ ރި ބުނިގޮތަށް އެތެ ރޭގެ ރޭވުމެއްކަން ތިއޮތީ ފަޅާއަ ރާފަ... ދެން ބަލަންވީ އެމްޑީޕީގެ ކޮން ބު ރޯ އެއްތޯ ތިކަމަށް ހަ ރަދުކު ރީ.
އުންސުރު މޮޅު ވާހަކަ ނުދައްކާ ބަލާބަލަ ހަރުކަށި ފިކުރަށް ދާންޖެހޭ ސަބަބު.
މިފަހަރު އުންސުރު ހަމަވާނެބާ؟
އުނސުރު ހަމަ ކުރާކައްނު އުނދުޅިއާ ދޭފަތާ ހިފައިގެން އަމަލީ ގޮތުން ނުކުމެ އެއުޅެނީ
ޕީޖީ. ވަ ރަށް ހިތާމައާއެކު ދަންނަވަން. އަދިވެސް ޒާތީނުވެ، އިންސާނިއްޔަތު ކަމެއްނެތް މިނު ރައްކާ
ތެ ރި ހަމަލާ ދިން ބަޔަކު ހޯދާ އިންޞާފުގެ
ކު ރިމައްޗަށް ގެނެވޭތޯ ބަލާ. މީ މަޖާޒީ
ޝާޢި ރެއްހެން ފަތިވަ ރު އަމުނަން ޖެހޭ ވަގުތެއްނޫން. އެއަށްވު ރެން ސީ ރިއަސް މައްސަލައެއް. ނަޝީދު އަށް އަވަސް ޝިފާއަކަށް އެދެން. އާއިލާ އަށް ކެތްތެ ރިކަން ދެއްވާށި. ނި ރުނަވެ ރި ހަމަލާގަ ޒަޚަމްވި އެހެން
ފަ ރާތްތަކަށްވެސް.
ޕީޖީ އެއްގައި ހުންނަ ޖެހޭ އެންމެ މުހިއްމު އެއްސިފަ މީނާގެ ކިބައިގަ ނުވާކަން މީނާގެ ބަހުން ދޭހަވަނީ..
ބަޔަސް ނުވެ ހައްޤައް އިންސާފު ހޯދުމަށް މަސަތްކަތް ކުރުން..
އަދި ތަހުގީގަށް ބޭނުންވާ މައުލޫމާތު ނުލިބެނީސް މީހުންގެ ސިފަޔާއި ކުލަ، އަދި މީހާހުރި ގޮތުން އެއީ ކުއްވެރިޔަކަށް ސިފަވާގޮތަށް ވާހަކަ ދައްކަނީ..
އޭއީ ހަރުކަށި މީހުންނޭ.. ހަރުކަށި މިކިޔަނީ ނަމާދުކޮށް ދީނަށް އުޅޭ މީހުންނަށްތައް؟
މަޑު ކަށްޓަށް މިވަނީ ހަރާމް ކުރެއްވި ކަންކަމަށް ތާއީދު ކުރާ މީހުން ނޫނީ ސޫލާ ސިރާޖް ގުރޫޕުގެ މީހުން ތޯ މިހާރު ސުވާލު އުފެދޭ؟
އަސްލު ހަރުކަށިފިކުރަކީ ދީންފަނާކޮށްލަން އުޅޭ.. ސޫލާސިރާޖު ގުރޫޕް.. އެހެނީ އެމީހުން ކޮންމެ ފަދަ ކަމެއް ކޮށްގެންވެސް އެމީހުންގެ (އިބްލީސް)ގެ ބައި ގިނަކުރަން އުޅޭތީވެ.
މީނާ އެބުނީ ކޮންބަޔެއްގެ ވާހަކަ ކަން ނޭގޭތީ ހަމަ ޚިޔާލު ފާޅުކޮށްލީ..؟ މާފުކުރައްވާ!
ދެން ހައްޔަރު ކުރިމީހުން މީ މަޖާޒީ ގޮތަކަށް ކުރިކަމެކެ ތަހުޤީޤްގައި ބުނީމަ ނިމުނީ ތޯ ؟ ކޮބާ ތޯ ރައީސް ޔާމީން ގެ ގޮއަވާލަން ވީކަމަށް މާނަދޭހަވާ އެފް.ބީ ޕޯސްޓް ކުރި މީހާ އޭނަ ހައްޔަރު ކުރާވަރަށް އުންސުރު ނުފެންނަނީ ތޯ ނޫނީ މަޖާޒީ ކަމެއް ވީމަ އުންސުރު ހަމަ ނުވަނީތޯ؟
ކޮން ހަރުކަށި ފިކުރެއް އެއީ އަސްލު ފިކުރުގެ މީހުން ލުއިފަސޭހަ މެދުމިން މީއީ އަމިއްލަ އަށް ކިޔައިގެންއުޅެ އެއްޗެހިތަކެއް
ހޫން ހަރުކަށިފިކުރޭ ކިޔައިގެން ދެން އިސްލާމެއްވިއްޔާ ބަންދުކުރޭ . ސަހިންދާއާއި ވެލިޒިނީއާއި ދެންހުރި މުރުތަދުވިމީހުން ދޫކުރޭ ބިރަކާނުލާއުޅެން