މި މަހުގެ ހަވަނަ ދުވަހުގެރޭ ބޮމުގެ ހަމަލާއެއްގައި ޒަހަމްވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިތުރުފަރުވާ ބޭރަށް ގެންދިޔުމާއި މެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނެފިއެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބަވަޑައިގެންފައެވެ. ހަމަލާގެ ބާރުގަދަކަމުން އެމަނިކުފާނުގެ ފުއްޕާމެ ފޫއަޅައިގެން ގޮސްފައި ހުރިކަމަށް ނަޝީދަށް ފަރުވާދެއްވަމުންދާ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.
ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް މުޅިއަކު 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރުމަށް ފަހު އެމަނިކުފާނު ވެންޓިލޭޓަރުން ނެގުމަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަދެއްކީ އިއްޔެގެ ވަގުތެއްގައެވެ.
އިތުރު ފަރުވާއަށް ނަޝީދު ބޭރަށް ގެންދިޔުމާއި ގުޅޭ ގޮތުން އެމަނިކުފާގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމްސައްތާރު ''ވަގުތު" އަށް ވިދާޅުވީ، އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އިތުރުފަރުވާ އަށް ބޭރަށް ދިޔުމާއި މެދު ގޮތެއް ނިންމާނީ ނަޝީދު ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ރައީސް ނަޝީދު ނިންމަވާނީ. އެމަނިކުފާނަށް މިހާރު ވާހަކަފުޅުދެކެވޭ" ނާޒިމް ވިދާޅުވިއެވެ.
ނުރައްކަލުން ސަލާމަތްވި ނަމަވެސް، އިންފެކްޝަންގެ ސަބަބުން ނަޝީދުގެ ހާލަތު ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމަނިކުފާނަށް ފަރުވާދިން ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ބޮންގޮއްވާލުމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުންގެ ހައްޔަރަށް ތިން މީހަކު ގެންގޮސްފައިވެއެވެ. މިކަމުގައި ޝާމިލްވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެންމެ މުހިއްމު މީހާ ވަނީ މިއަދު ހުޅުމާލެއިން ހައްޔަރުކޮށްފައެވެ.
ކުރީގައިވެސް މައިބަދަ އޮޕަރޭޝަން ކުރަންޖެހެއޭކިޔައި ޑޮކްޓަރ ލިއުންހޯއްދަވައި ދޮގުފުޅެއް ހައްދަވައިގެން އިނގެރޭސިވިލާތަށް ވަޑައިގެން ގޮނޑިފުޅު ރޭސްޖެއްސެވީ. ހުކުމް ތަންފީޒުކުރައްވަން ޖަލުފުޅުގައި އޮންނެވިނަމަ މާބޮޑަށްވެސް ރަނގަޅުވީހެވެ.
އިތުރުފަރުވާއަށް ގޮނޑި ދުއްވަން ފޮނުވާ.
ހަށިގަނޑު ފޫއެޅުނުކމަށްބުނޭ. ހަމްދަރުދީހޯދަން ދެންމާބޮޑުވަރު
އެ އިރުވެސް ބުރަކަށީގެ މައިބަދަ (ލަކުނެއްވެސް ނުލައްވާ) އޮޕްރޭޝަން ކުރުމަށްފަހު މުޅި ގައި ބެންޑޭޖްއޮޅައި ބާއްވާފައިއޮތީ މާބަނޑު އަންހެނަކު ވިހަން އޮންނަގޮތަށް ދެފައި ކަކުލުހުޅުން ލަނބާލައިގެން ދުރުކޮށަްގެން ހޭށެވެ.!😋 އިތުރު ފަރުވާއަށް ގޮއްސަ، ކުރީފަހަރރު ގޮނޑި ރޭސް ދުއްވިހެން މިފަހަރު އޮތީ ހައިޖަމްޕް ރޭސް! މަޖާވާނެ!، ސްޓަންޓް ހަދަންވެސް لامثيل! "އެހެންގޮތެއް" އަދި އެހެން މީހެއް ހޯދަންވެއްޖެ! 😏 ދެއްތޯ!
މީފުއްފުރޭންޏެއްތަ ؟
އަވަހަށް ގެންދޭ އޭރުން ގޮނޑިދުއްވޭނީ. ނުގެންނާތި
ބޮޑުވަރެއްވިކަންދައްކަން ތަންތަން ކުޑަކޮށްކަފާ ފަހާ މަލަންއަޅާ ބެންޑްއޭޖްކޮށް ރަތްބޭސްއަޅާފަހުއްޓަސް ތިޔައީ ހަމަ ޑްރާމާއެއްކަން ކަށަވަރެވެ. ފުއްޕާމޭފޫގޮސް ، ގޮހޮރުފޫގޮސް ކީކޭދެން ބުނާނީ