ސިފައިން ހަތިޔާރާއިއެކު ނިކުމެ ފުލުހުންނާއިއެކު ހަރަކާތްތެރިވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް، ވަނީ ކްލިއަރކޮށްފައި ކަމަށެވެ. މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންނާއި ފުލުހުން ބިހުރޯޒް މިސްކިތް ކައިރީގައި ހަރަކާތްތެރިވީ މިސްކިތުގެ ތެރޭގައި ދަބަހެއް އޮވެގެން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އެމްއެންޑީއެފްގެ ބޮމް ސްކޮޑް ވެސް ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ބިހުރޯޒް މިސްކިތުން ނުރައްކާތެރި އެއްޗެއް ނުފެނުނު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި ނަމަވެސް އަދިވެސް އެސަރަހައްދުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވަމުން އެބަގެންދެވެ.

ހުކުރު ވިލޭރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. މިހާރު ހަތިޔާރާއިއެކު ބައެއް ސަރަހައްދުތަކުގައި ސިފައިން އަންނަނީ ފޯރިމަރަމުންނެވެ.

އެމްއެންޑީއެފް އިން ވަނީ ޝައްކު ކުރެވޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ލަސްނުކޮށް ރިޕޯޓް ކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢަހްމަދު

  ހަރުކަށި ފިކުރުގެ މީހުނެ އެއްމެ ހަމަލާ ދޭ ހިތްވާ ތަނަކީ ﷲ އާއި މުސްލިމުންގެ މިސްކިތްތައް. ދުނިޔޭގެ އެކި ތަންތަނަށް ބެލިޔަސް މިއީ ފެންނަ ކަމެއް

  30
  6
 2. ޙުސެން

  ޝަމީމް ވަނީ މާ ކު ރިން ވަކި ކޮޅެއް ނަންގަވާފައެވެ. ވީމާ ކުށް ވެ ރިން ސަލާމަށް ވެ ޔާމީން ރަޝީދު ގެ މައްސަލަ އަށް ވެސް ވިގޮތަށް ކޮޅެއްގައި ނުޖެހި އޮންނަ ގޮތައް ވުން އެކަށީގެން ވެ އެވެ.

  15
  3
 3. ޕޮގުބާ

  އެވާނީ ކުކުޅު ބިހަކަށް މިދުވަސްވަރު ދެން މީހަކު ތިކަހަލަކަމެއް ނުކުރާނެ ސިފައިން ނާއި ލުހުން މޮޔަވަނީ ކަމެއްވީމަ އެހެންނޫނީ ތިބޭނީ ތަންތާގަ ބިއްޖެހިފަ މުސާރަޖަމާވުން ލަސްވާތި ކޮންފަދަބޮޑު އަނިޔާއެއް މިރާއްޖޭގެ އެންމެ ތާއީދު ބޮޑު ބޭފުޅާޔަށް އެލިބުނީ އަންނި އެކަނިދާން އުޅުނަސް ނުވާނެއްނު ދޫކޮއްލާކަށް

  8
  29
 4. ޙާދަނުރަށްކަލޭ

  ބިރުހުރި ކަމެއް ހާދަދެރައޭ ﷲ ގިނަމީހުން ނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ

  23
  3
 5. ކަނުބެ

  ޕާކްތަކާ ހުސްބިންތަކުގައި ތިގޮތަށް ހުސް ފޮށިތަށް ވަރަށްގިނަ. ކުނިހިވާ ޒުވާނުން ގިނަވީމަ ވާނީ އެހެން

  11
  2
 6. Anonymous

  ލަދަނި އެމްޑީޕީ މިހާރު މިސްކިތްތަކައި ދިމާކުރަނީތަ؟

  16
  3
 7. ލޯބިވާ ވަޠަން

  ބިއްޖެހިފަ ތިބެނީ ޕޮގްބާމެން . ވާނުވާ ނޭގި ވާހަހަކަ ނުދައްކާ. ސެކިއު ރިޓީ އާއި ބެހޭ ގޮތުން އަލިފު ނޭގުނަސް މަ މާ މޮޅުކަމަށް ނެހެދޭ.

  14
  5
 8. ރައްޔިތުން

  ހުރިހާ މިސްކިތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވަރަށް މުހިންމު ކަމަށްދެކެން ކަންކަން ތިވަރުން ދާކަމުގައި ވާނަމަ އެމީހުން ގޯހެއް ހަދާފާނެ އަދި ތިޔައީ ވެދާނެ އެފަދަކަމެއްގެ ސިގްނަލް ދެނީ ކަމަށްވެސް، ތިޔަ ބޮންގޮއްވާ މީހުންނަކީ ނުރައްކާތެރި ބައެއް، އަދި އެމީހުންނަށް ފަންޑްކޮށްދޭމީހުންނަކީ ގައުމުގެ ހަލާކު

  3
  1