ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ވަޑައިގެން އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާލައްވައިފިއެވެ.
ނަޝީދާ ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ. އެ ދެ ބޭފުޅުން ވެސް އޭޑީކޭ ހޮސްޕިޓަލުން ނުކުމެވަޑައިގެންނެވީ ނަޝީދު ދެއްވި ހާއްސަ މެސެޖްއަކާ އެކުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދު އަވަހާރާކަށް ކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާއިރު ހާލު ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ ހާލު ބައްލަވަން އޭޑީކޭއަށް ވަޑައިގެންނެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝިފާޒް ވިދާޅުވީ، ނަޝީދު އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ސަލާމް ހުރިހާ އެންމެންނަށް ވަކިން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންނަށް ރައްދުކޮށްދެއްވަން ކަމަށެވެ.
"ވިދާޅުވީ، އެންމެންނަށް ވަރަށް ސަލާމް، ހާއްސަކޮށް އެމްޑީޕީ ހުރިހާ މެމްބަރުންނަށް ސަލާމް" ޝިފާޒް ވިދާޅުވިއެވެ.
الحمدلله
Raees @MohamedNasheed vaahaka dhekkumuge furusatheh libijje. Vidhaalhuvi “Enmenah varah salaam, haassakon MDP hurihaa membarunnah salaam.” @MDPSecretariat #PrayForPresidentNasheed— Mohamed Shifaz *️⃣ (@shippeshifaz) May 11, 2021
ހަސަން ލަތީފްވެސް ވަނީ ނަޝީދާ ބައްދަލުކުރައްވާފައެވެ. ނަޝީދު، ހަސަން ލަތީފް އަރިހު ދެއްވަން ބޭނުންވި މެސެޖަކީ އެމަނިކުފަނު އަބަދުވެސް ރައްޔިތުންނާއެކު ހުންނަވާނެ ކަމެވެ.
"ރައީސް ނަޝީދު ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ވެދުން ދެންނެވި. އަދި އަބަދުވެސް ތިޔަ ބޭފުޅުންނާއެކު ހުންނަވާނެ ކަމުގައި ދަންނަވަން ވިދާޅުވި" ހަސަން ލަތީފް ވިދާޅުވިއެވެ.
Raees @MohamedNasheed aa vaahaka dhakkaalumuge furusathu miadhu Alhugandah libunu. Raees Nasheed thiya emme beyfulhunnah varah vedhun dhennevi adhi abadhuves thiya beyfulhunnaa eku hunnavaane kamugai dhannavan vidhaalhuvi. ❤ @MDPSecretariat
— Hassan Latheef🎈 (@HassanLatheef) May 11, 2021
ނަޝީދަށް ހަމާލާދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމާއި މަޖީދީ މަގާއި ގުޅޭ ކަންމަތީގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ގިނަ ސާޖަރީތަކަކަށް ފަހު އެމަނިކުފާނު ހާލު ރަނގަޅުވަމުން އަންނައިރު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދަ ކަމަށް އާއިލައިން ވަނީ ހާމަކޮށްފައެވެ.
ނަޝީދަށް ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންނަކީ ހަރުކަށި ފިކުރާ ގުޅޭ މީހުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ކޮޅުންވެސް ވަރަށް ސަލާން
ވަކި ބަޔަކަށް ވީމަ އޭޑީކޭއިންވެސް ބަލިމީހާކައިރިއަށް ޒިޔާރަތްކުރެވޭ ދޯ؟
ޚަބަރުތަކުގައި މަނިކުފާނު ޖަރުމަނުވިލާތަށް ވަޑައިގަންނަވަން އުޅުއްވާ ވާހަކަ އެބައޮތް. ތަންތަނަށް ފުރަން އުޅޭ މީހުން ދުރާލާ ސަލާން ގަލާން ކޮށް ހަދަނީ ދެން ބައްދަލުވާނެ ކަމުގެ އުންމީދެއް ނޯންނާތީ. އަނެއްކާ މަނިކުފާނުގެ ހާލުކޮޅު ގޯސްވަނީތޯ؟
މަށެއްނޫޅެން. ކަލޭރައްކާވޭ މިގައުމު ހަލާކުނުކޮށް
ސޮރީ ބުރޯ.
އަވަސް ސިފާ އަކަށް އެދެން
އަހަރުމެން ނިކަމެތި ރައްޔިތުންނަށް ކޮންމެހެން މަލާމާތްކުރާނެކަމެއްނެތް ކަލޭ ބޮޑުވަޒީރުކަމަށް ދަހިވެތިވެފަވާމިންވަރު އެނގޭ އެކަމުގެ ސަބަބުން އަމިއްލަޔަށް ޖަރީމާހިންގައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށް ތިޔަ ގަންނަ ގަނޑޫ އެންމެނަށް އެބަ އެނގޭ މަވާ ސަލާމް
ބޭނުމެއް ނޫން. ސޮރީ.
އެކަލޭގެ އެއްޗެއް ބުނެއްޖެތަ އޭގެ އިދިކޮޅު ކަމަށް ބަލާ.
ﷲ ނަސީދުއަށް ހެޔޮރަހުމަތްލައްށިއެވެ އާމީން
ދެން އަނބުރާ ނާންނާތި.. އެތާ އޮވޭ..
ޖަރުމަނުގެ ބޮޑުވަޒީރުކަން ހޯއްދަވާ..
ޚަލޭގެ ސަލާ މް ބޭނުމ މެއް ނޫން.މ މިގައު މު ދޫކޮށްދޭ.ޚަލެ އަކީ މިގައު މުގެ ހަލާކު. މިގައުމުގެ ދުސް މަން.ޚަލޭގެ ފުށުންގައު މަށް ލިބުނީ ހުސް ގެއްލުން.
ވަޢަލައިކުމުއްސަލާމް..
ޙައްޖުދުވަސް އަންނަވާއިރަށް ސައުދީއަށް ދާށޯ އެމަނިކުފާނު އެއުޅުއްވަނީ.
ކަލޭގެ ސަލާމެއް އަހަރުމެން ބޭނުމެއްނޫން