އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ލިސްޓުގައި އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަން ހިމެނިއްޖެއެވެ.

އެކަމަކު، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ވަނީ އެ ފައިސާ ދެ ބޭފުޅުންނަށް ލިބުނު ވާހަކަ ދޮގުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މަޖިލިހުން އާންމު ކުރި ލިސްޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޔާމީނަށާއި އަބްދުއްރަހީމް ވެސް ލިބިވަޑައިގެންނެވިއެވެ. އެކަމަކު، އެއީ ކިހާ ވަރެއް ކަމެއް އޭގައި އެނގެން ނެތެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔާމީނަށް ހިޔާނާތުގެ ފައިސާގެ ތެރެއިން 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގަތެވެ. އަދި އަބްދުއްރަހީމަށް 7.7 މިލިއަން ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ.

ނަމަވެސް ދެ ބޭފުޅުންނަށް ވެސް އެއްވެސް ފައިސާ އެއް ލިބިފައި ނުވާ ކަން އަބްދުއްރަހީމް ވަނީ "ވަގުތަށް" ވިދާޅުވެފައެވެ.

އަދުރޭ "ވަގުތު"އަށް މައުލޫމާތު ދެނީ - ވަގުތުއިމޭޖްސް: އިބްރާޙިމް ޝާބިލް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކުރި އިރު، އެ ލިސްޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން މިހާރު ވަނީ ދިރާސާކޮށް ނިންމައިފައެވެ.

ރިޕޯޓްގައި ރައީސް ޔާމީނަށް ލިބިފައިވާ ކަމަށް ބުނާ ފައިސާ

ރައީސް ޔާމީންއަށް ލިބިފައިވާ ކަމަށް ބުނާ 700 މިލިއަން ރުފިޔާ އަކީ އެމަނިކުފާނުގެ ދެކަބަލުންނަށް ލިބިފައިވާ ފައިސާކަމަށް ރޭ ލީކްވި ރިޕޯޓްގައިވެއެވެ. އެގޮތުން އެމްޕީއެލް އިން ޕްރޮމިސަރީ ނޯޓުގެ ދަށުން ޑޮލަރު ގަތުމަށް ނެގި 77 މިލިއަން ރުފިޔާގެ ތެރެއިން 37 މިލިއަން ރުފިޔާ ރައީސް ޔާމީނަށް ދިން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުގައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު އެ ފައިސާގެ ތެރެއިން ފަސް މިލިއަން ރުފިޔާ ދިންކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން، ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން 143 މިލިއަން ރުފިޔާ ރައީސް ޔާމީނަށް ދިންކަމަށް އަދީބާ ހަވާލާދީ ބަޔާނުގައިވެއެވެ. އެއީ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން 32 މިލިއަން ޑޮލަރު (493،440،000ރ.) ކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީން އާއި އަދީބް - ފޮޓޯ: މީސްމީޑީޔާ

ރައީސް ޔާމީނަށް އެއް މިލިއަން ރުފިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ހަވާލުކޮށްފައިވާނެ ކަމަށާއި އަދި ގާތްގަނޑަކަށް ހަ ފަހަރުމަތިން އަދީބާއެކު ފައިސާ ހަވާލުކުރަން ގޮސްފައިވާނެ ކަމަށްވެސް އޮއިއްޓޭގެ ބަޔާނުގައި ބުނެފައިވާ ކަމަށްވެއެވެ. އަދި 30 މިލިއަން ރުފިޔާ އަޅާފައިވާ ދަބަހެއް ހިފައިގެން އަދީބާއެކު ގޮސް ހަވާލުކޮށްފައިވާނެ ކަމަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ބަޔާނުގައި ބުނެފައިވާ ކަމަށްވެސް ވެއެވެ.

މީގެ އިތުރުން އަދީބު ބުނެގެން ވެސްޓާން ޔޫނިއަން މެދުވެރިކޮށް 10،000 ޑޮލަރު (154،200ރ.) ދެ ފަހަރެއްގެ މަތިން މެޑަމް ފާތުމަތު އިބްރާހިމަށް ސިންގަޕޫރަށް ފޮނުވާފައިވާނެ ކަމަށާއި އެކަމާ ގުޅުން ހުރި ރިސީޕްޓްތައް ފޯނުގައި ހުންނާނެ ކަމަށް އޮއިއްޓޭ ބުނެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުން އެނގުނު ގޮތުން 2013 ވަނަ އަހަރުގެ އިންތިހާބު ދުވަސްވަރު އަދީބު ބުނެގެން ފައިސާތަކެއް މެޑަމް ފާތުންނާ ހަވާލުކުރި ކަމަށްވެސް އޮއިއްޓޭ ބުނެފައިވެއެވެ.

ޔާމީން މިހާރުވެސް ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ މި މައްސަލައާ ގުޅޭ އިތުރު ދެ ދައުވާއެއްވެސް އެމަނިކުފާނުގެ މައްޗަށް އުފުލާފައެވެ. ނަމަވެސް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނެއް ބުނަމުންދަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށެވެ.

ރައީސް ޔާމީން އިއްޔެ ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ - ފޮޓޯ: ޝުޖާ/ޓްވިޓާ
ރައީސް ޔާމީން އިއްޔެ ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ - ފޮޓޯ: ޝުޖާ/ޓްވިޓާ

ރިޕޯޓްގައި އަދުރޭ ލިބިފައިވާ ކަމަށް ބުނާ ފައިސާ

އަދުރޭ އަށް 7.7 މިލިއަން ރުފިޔާގެ އިތުރުން އެކި ފަހަރު މަތިން ފައިސާ ލިބުނު ކަމަށް ރިޕޯޓުގައިވެއެވެ.

އެގޮތުން 2014ގެ ފެބްރުއަރީ މަހު 200،000 ރުފިޔާ އާއި އެ އަހަރުގެ ސެޕްޓެމްބަރުގައި 300،000 ރުފިޔާ އާއި 20،000 ޑޮލަރާއި އެ އަހަރުގެ ނޮވެމްބަރުގައި 200،000 ރުފިޔާ އާއި އެ އަހަރުގެ ޑިސެމްބަރުގައި 200،000 ރުފިޔާ އަދި 2015ގައި 500،000 ރުފިޔާ ދީފައިވާ ކަމަށް އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ.

ލ. ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) --

އަދުރޭ އާއި ރައީސް ޔާމީންގެ އިތުރުން ޕްރިގްރެސިވް ކޯލިޝަންގެ ތެރޭގައި ހިމެނޭ ބައެއް މެމްބަރުންނަށާއި، ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނަށްވެސް މި ފައިސާ ލިބިފައިވާ ކަމަށް މި ރިޕޯޓުން ދައްކައެވެ. ނަމަވެސް މިކަން އެ ކޯލިޝަނުން ދޮގުކުރެއެވެ.

އަބްދުއްރަހީމް ވިދާޅުވީ އަދީބުގެ އަތުން އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި މަޖިލީސް އިންތިހާބުގެ ކެމްޕެއިންއަށް އަދީބު ފައިސާ ދެއްވި ކަމަށް ބުނާ އިރު އެއީ ވެސް ހަގީގަތެއް ނޫން ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އޭރުގައި އަދީބަކީ ޕީޕީއެމްގެ އެއް ނައިބު ރައީސް ކަމުން ހުރިހާ އިދާރީ ކަންކަން އަދުރޭ ކުރައްވަމުން ގެންދަވާއިރު، ހުރިހާ ހަރަކާތެއް ރޭވުމުގެ ކަންކަމާއި، ޕާޓީގެ ހުރިހާ މާލީ ކަންކަމެއް ބަލަހައްޓަނީ އަދީބެވެ. އެގޮތުން ޕާޓީގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އަދީބަށް ގުޅުއްވާފައި ހުންނާނެ ކަމަށާއި، މެސެޖްވެސް ކޮށްފައި ހުންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެއީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދޭ ފައިސާ ކަމުގައި ފާހަގަކުރެއްވިއެވެ.

"އަދީބަށް ހުންނާނެ ޕާޓީގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ގުޅާފަވެސް. މެސެޖްކޮށްފަވެސް ހުންނާނެ. އެއްގޮތަކަށްވެސް އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެއް ނޫން. އެއީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ. އަދީބް މަސައްކަތް ކުރީ ރައިސް ޔާމީންއަށް ވަފާތެރި މީހަކަށް ހެދިގެން އެމަނިކުފާނު މަރާލަން. ދައުލަތުގެ ފައިސާއިން ވައްކަން ކުރީ އެމްޑީޕީގެ މެމްބަރުންނާއި އަދީބްއާއި ގުޅިގެން. އެހެންވެ މިއަދު އެހުންނެވީ ގޭގަ އަރާމުގައި. އަދީބް މިހާރު އެ މައްސައްކަތް ކުރައްވަނީ އިދިކޮޅު މީހުންވެސް މި ދަލުގައި ޖައްސާގެން ބައްދަން. އެކަމެއް ނުވާނެ. ރައީސް ޔާމީނަކަށްވެސް އަދި އަޅުގަނޑަކަށްވެސް، އަދި ޕާޓީއަކަށްވެސް އަދީބްގެ ފަރާތުން އެއްވެސް ހިޔާނާތުގެ ފައިސާއެއް ލިބިފައެއް ނުވޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ "ވަގުތު"އަށް މައުލޫމާތު ދެނީ - ވަގުތުއިމޭޖްސް: އިބްރާޙިމް ޝާބިލް

އަދުރޭ ވިދާޅުވީ މިކަމާ ގުޅޭ ގޮތުން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ޕިންކް ސްޓާ

  މިކޯމެޖޯރިޓީމިއޮތީ ޕިންކައް. ހީނާ

  6
  18
  • ޢަލިބެ

   އޮންނާނީ މިހާރު ޕިންކަށް. ޔެލޯ މީހުން ހުދުވެ ސާފުވެއްޖެ. ކޭއެއްޗެއް ކެއީ ޔާމީނު ޕާޓީގެ މީހުން. ނައިބު ރައީސްކަމުން ޑރ.ޖަމީލު ވަކިކުރަން އެމް.ޑީ.ޕީ މެންބަރުންނަށް ލިބުނީ ހަލާލު ފައިސާ.

   26
   1
  • ލޮލް

   މިރާއްޖޭގަ އުޅޭ ބުޅާތައްވެސް ގަބޫލު ނުކުރާނެ އެމްޑީޕީ ސުޕަ މެޖޯރިޓީ އޮތް މަޖުލީހުން އުނިއިތުރު ކޮށްފައި ނެރުނު ލިސްޓު!

   6
   1
  • މެގަ ޕްރޮޖެކްޓް

   "ބޮޑު ޚިޔާނާތް" މިފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރީ ކެރެފާގޭ ނަޝީދު (ބުއްޅަބޭ) އާއި އަދީބު (ބުރޯ)! އަދި މީގެ އިތުރުންވެސް ކެމެރާގެ ފުރަގަހުގައި ބުއްޅަބޭ އާއި އަދީބުގެ ބައިވެރިން މިފިލްމު ތިޔަ ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަަކައި ވަރަށް ބުރަކޮށް ހަރަކާތްތެރިވި!

  • އޮސްކަރ އެވޯރޑްސް ނޮމިނޭޓަޑް

   މިފިލްމުގައި ނުބައި ބަތަލެއްގެ ރޯލު ނޭންގި ނަމަވެސް އަދާ ކުރެއްވުނީ ކުރީގެ ރައީސް ޔާމީނަށް އިނގޭތޯ!!

 2. ވގ

  ނޫސް ވެރިންނާ ބައްދަލް ކުރީމަ އެ ނުކުރާ ކަމަކައްވީތަ ތިތިބީ އެ ފައިސާގަޖެހިފަ ކޮންތާކުން ހޯދި މުއްސަދިކަމެއް

  15
  9
 3. އަލީ ސަލީނއ

  ތިކާނަ ހިންގަ ޔާމީންގެ ކުރީގެ ޗީފްވއޮފް ސްޓާފް. މުސަތފާ ގެ ނަން ނެތީ ކީއްވެތޯ އަދި މުސްތަފާ ސަލްމަަންމިސްކިތުގެ އެއްފޮލޯނުހަދާ ކާންއުޅޭ 4 މިލިެަން ޑޮލަރުގެ ވާހަކަ ކޮބާތޯ މީ ހައްތާވެސް ވަގުން. ލިސްޓއއަދި ކުޑަމިކަން ބަލާދީ

  7
  7
 4. އަހުމަދު

  އަދުރޭ ފުލެޓްގަތީ ކޮންތާކުންނެރުނު ފައސާ އަކުންތޯ،

  14
  9
  • Anonymous

   އަހަރެމެންވެސް ގަތް ގޮތަށް. ފައިސާ ސޭވްކޮށްގެން.

   14
   6
 5. ރާއްޖެ

  ސޯލިހް އުފެއްދި ކޮމިޓީއެއްގަ ސޯލިހުގެ ނަން އޮންނާނެ ގޮތެއް ބުނެބަލަ. އެމީހުންގެ ވަޒީފާ ގެއްލޭނީ.

  43
  3
 6. ޢަހާ

  ބަނޑު އަޅާލި މީހުންފެނޭތަ

  8
  16
  • Anonymous

   ތިޔަބޭފާ ނެރޭ އެއްޗެްްގަ ލިޔާނީ ތިޔަބޭފުޅައާ މަންމައާ ބައްޕަގެ ނަންތަ؟ ނުވަތަ ދުޝްމަނުންގެ ނަންތަ؟

   20
   4
 7. Anonymous

  އިދިކޮޅުން ދޮގުކޮއްފި. އެހެން ވިއްޔާ ސާބިތުކޮއްދީ. ދޮގުކޮއްލުމަކުން ނުފުދޭނެ.

  17
  3
 8. ޢިއްތިހާދު

  ޥަރައްސާފު ޔާމިނުގެ ވެރިކަމެއްގަ އެބޭފުޅާއާ ދެކޮޅައްއެބޭފުޅާ ވަގައްނަގާފަ އެމްޑީޕީއައް ލާރިދިނީ މިއުޅޭ މޮޑީ ގެއްނަން ބޮޑުޖޯކެއް ހަރާންލާރި ބަނޑުއެޅީ ވެރިކަމުގެ ދަހި ވެތިކަމުގަ މަގާމުގެ ދަހި ވެތިކަމުގަ ރައްޔިތުނަހަލުގަތިބީ

 9. އަރިއަތޮޅުން އާދަމް

  ބައިތުލްމާލުން ވައްކަންކޮއްގެން ރިޝް ވަތުހިފައިގެން ވަގުންތަކެއްގެ ގޮތުގާ މަޖިލީހަށް އަރާ ތެޅިބާލާ ބަޔަކާދޭތެރޭގާ އަޅުގަނޑު ހަމަ އަޖައިބު ވަން.

  21
  1
 10. އެމަންޖެ

  މިވެސް އަންނި އަޑީގަ ހުރެގެން ހާވާ ހަޑި ބަޔަކު އެއްޗެއް ގޮއްވާލިޔޭ ކިޔައިގެން މިހާރު ޗުއްޓީ ހަދާލަން ގައުމުން ބޭރައް އެދުރުވަނީ.

  18
  2
 11. Anonymous

  އިބޫ ގެ ނަުގަ ޓިޕެކްސް ޖަހަފަވ ރައީސް ޔާމީންގެ ނަން ތިލިޔުނީ.

  22
  2
 12. Anonymous

  އީވާ މޮޑޭ ފުއްގަނޑެއް. އޭނަ ބޭނުން މީހެއްގެ ނަން ލިޔަންވީ. އަމިއްލައަށް ބަލަފަ ގޮތް ނިންމޭނެތަ. ދޮހުވެރި ބައެއް. ތިވާހަކަ ގަބޫލުކުރށނެ އެކަކުވެސް މިގައުމުގަ ނުހުންނާނެ.

 13. Anonymous

  ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސްދޭން ފާސިގެއް ނޫނީ ނުލިބުނެއްނު. ހުސް ދޮގު. ކޮބާ އީވާ ފިރިކަލޭގެ ސާބެގެ ނަމަ ސޯލިހުގެ ނަން؟

  25
  1
 14. ފާތުމަ

  މި ލިސްޓުގަ އޮތީ ހަމަ އެކަނި ޔާމީން އާއި އަދުރޭގެ ނަން އެކަނިތަ ކޮބާ ބާކީ ނަންތައް.

 15. ޢަގީލަންބާ

  ލަދުން ބޯހަލާކު. ދެއަހަރު ދުވަހު ތި ކޮމިޝަނުން އިންވެސްޓިގޭޓް ކޮށްފަ ނެރުނު ރިޕޯޓްގެ ތިންބައިކުޅަ ދެބައި ނަންތަކާ ދިމާލުގަ
  "information collection"
  "preliminary investigation"
  " investigation ongoing"
  މިއަށްވުރެ ރަނގަޅުވާނެ ޕްރައިމަރީ ސްކޫލު ކުދިންތަކަކާ މިއިންވެސްަޓިގޭޝަން ހަވާލުކުރިއަސް.

 16. ޒާ

  އިބޫ ސިލިހު ސަފުތޯހުރުދޯ؟ ލަދުކޮބާ ތިމާ އުފެއްދި ކޮމެޓީއަކުން ފަސިގަކު ލައްވާ ބަޔާން ނަގާ ތިމާގެ ނަން ނުލިޔެ ބޭނުންހާ ހަޑިއެއް ހާވަން

 17. ނަޝީދު

  މީކުރިންވެސް އިނގޭ ތި ލިސްޓް އޮންނާނި އެހެން ކަން މިސަރުކާރުގަ ތިބީ މަތިން ފައިބާގެން އުޅޭ ބައެއްތަ މިހާރު ދައުލަތައް ލިބޭ ލާރިގަނޑު ކަނީ ކޮން ބައެއް...