މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ ފައިސާ ލިބިފައިވާ ލިބިފައިވާ މީހުންގެ ލިސްޓުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ 38 މެމްބަރަކާއި މިހާރުގެ 16 މެމްބަރުން ހިމެނިއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު މީގެ އިރުކޮޅެއް ކުރިން ވަނީ އާއްމުކޮށްފައެވެ. މި ލިސްޓުގައި މިހާރު ދައުލަތުގެ ވަޒީފާގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އެ އެންމެން ވަޒީފާއިން ވަކިކުރަން ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.
މިހާރު މަޖިލީހުގައި ތިބި މެމްބަރުންގެ ތެރެއިން ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ ފަރާތްތައް
އެމްޑީޕީގެ މެންބަރުން
- އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
- މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ
- މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަޞީރު
ޖުމްހޫރީ ޕާޓީގެ މެންބަރުން
- ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
ޕީޕީއެމްގެ މެންބަރުން
- ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން
- މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
- އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް
- ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
އަމިއްލަ / އެހެން ޕާޓީ
- ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން (އަމިއްލަ)
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (އެމްއާރުއެމް)
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު
ނިމި ދިޔަ މަޖިލީހުގައި ތިބި 38 މެމްބަރެއްގެ ނަން މި ލިސްޓުގައި އޮތްއިރު މިދިޔަ މަޖިލީހުގައާއި މިހާރު ހިނގަމުންދާ މަޖިލީހުގައި ތިބި 9 މެމްބަރެއްގެ ނަން އެބައޮތެވެ. އެއީ
- މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
- އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
- އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް
- ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
- ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން (އަމިއްލަ)
މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.
އެހެންނަމަވެސް މި މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ. އެކަމަކު މައްސަލަ ބެލުން ވަރަށް ބޮޑަށް އަދިވެސް އޮތީ ލަސްކޮށެވެ.
މިލިސްޓުގައި ހިމެނީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކިކުރާއިރު ތިޔަ މަޖިލީހުގައި ތިތިބަ މީހުންގަޑަށް ކިހިނެތްތޯ ހަދަނީ އެއީ އަލިފުން ދެއްތޯ ކޮރަޕްޝަން މިލަފްޒު ވެސްް ނުދަންްްނަބޭފުޅުން ދެއްތޯ
ބޭނުން ބަޔަކު ކަނޑައިފަ ލިސްޓް ނެރުނީ
މިހުރިހާ ވަގުން ތިއްބާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކޮށް ޖަލަށް ލުމަކީ އިންސާފެއްތޯ؟
ކޮބާ ހިޔަލީ މުހައްމަދު ރަށީދު