ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ބޮން ގޮއްވި މީހާ ހިމެނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިރޭ ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، އެ ހަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމާއި އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ހަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އެފަދަ ނިރުބަވެރިން ވަށައިލައި އިންސާފަށް އަރައި ހަމަކުރާނެ ކަމަށެވެ. މި ހަމަލާގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް މިނިވަން ތަހުގީގަކަށް ފަހު، އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހަމަލާގައި ދެން ތިބި ބަޔަކު ވެސް ހޯދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެފަދަ އަމަލުތައް ހިންގާ މީހުންނަށް "އެޒާތުގެ ޢަމަލުތަކުން، އެބަޔަކު ބޭނުންވާ އެއްވެސް މަޤްޞަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ޙާޞިލެއް ނުވާނެ.،" ކަމަށެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ރައީސް ޔާމީނަށް މިފަދަ ހަމަލާއެއް ދިނުމުގެ ކުށުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ބޭފުޅުން މިނިވަން ކުރެއްވި- ރަގަޅު ވާހަކަ އެއް- އަޑީގައި ބަޔަކު ތިބި ކަމަށްވާނަމަ އެބަޔަކު ހޯދާ އެބަޔަކަށްވެސް ހައްގު އަދަބު ދޭންޖެހޭނެ
އަދީބު ދިން 37 މިލިއަން ރުފިޔާވެސް ހޯދާތި
ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން މީހުން މެރުން، އިސްލާމް ދީނައް ރަސޫލާއް ފުރައްސާރަކުރުން. މިހެން ބުނެލިނަމަ ވަރަައް ވާހަކަ ކޮޅު ފުރިހަމަވިސް
ތިހެން ހުރިހާ މަރުތަކެއްގެ މައްސަލަ ބަލާނަމަ. ޑރ .އަފުރާޝީމުގެ މަރުގެ އަޑީގަ ތިބީ ކޮންބަޔެކޯ؟ ފަންޑުކުރީ ކޮންބައެއްތޯ؟؟ ވަކިމީހަކުވީމަ ކޮށިއަރައިގެން ތިޔައުޅެނީ ކީއއވެ؟؟؟؟
އަވަހަށް ތިޔަ އަތުލައިގަނެވުނު މީހުންނާ އެކުވެސް އަދީބްއާ އެކު ހެދިކަހަލަ ޑީލްއެއްހަދާލާ އަދި ތިކަމުގަ އަބުރުކަތިލާން ބޭންނުންވާ ބައެއްގެ ވާހަކަ ތިޔަކުދިންކައިރީގަ ބުނެލާ.
ދެން އަނެއްކާވެސް އޭރުން ބާކީ އޮތްދުވަސްކޮޅުވެސް ރައްޔިތުން ލޮކްޑައުން ކޮށްލައިގެން އެބައި ފުރިހަމަ ކޮށްލެވޭނީ.
ކޮބާ ކަލޭމެން މެރިމީހުން ގެއިންސާފް ވީވަޢުދު ހަދާންނައްތާލަން ޑުރާމާކުޅޭނެކަމެއްނެތް ނަޟީދުގެ ބަުުހުރުވައިން ތިއޮތީ ފައިން އެރިފައި
ހޯދާ ކަށް ނުޖެހޭނު.. ކަރުން ނާރުނަގާފަ ބުއްޅަބޭ އެ ކިޔަނީ ތިމަންނާ އޭ މި ކަންތަކުގެ އަޑީގަހުރީ..
4 ވަނަ މީހަކައް ޔާންޓެގެނަން ޖަހާލާ. 5 ވަނަޔައް އަހަރެންގެ ނަންވެސް އޯކޭ.
އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގައި ބައިވެރިވި މީހުންނާއި ފުރަތަމަ ސުވާލު ކުރަން ކެރޭނެތަ؟
ހުސް ފޭކު
ފެއިލްވެފައިވާ ރައީސަކު ރައްޔިތުން ކުރިމައްޗަށްއަރާ ވާހަކަދައްކަން ލަދެއްނުގަނޭތަ؟ ޤައުމުވިއްކާ މާލިއްޔާ ދަވާލިވާހަކަ ނުދެއްކީ ކީއްވޭބާ؟ ޞާލިޙުއަކީ %100 ފެއިލިއައެއް ތިއީ ރައްޔިންނަށް މިހާރު ޗޮއިސް އެއްނޫން މިހާރުން މިހާރަށް އިސްތިއުފަދީ.
ތިޔަގޮތައް އަހަރުގެ މެދުތެރޭގައި ބޮޑު ބޫމެއް އަންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވި؛ މިހެން ވިދާޅު ވަގުތުވެސް ޕޭޕަރުތަކެއް ދައްކަވާފެ މިހާރުވެސް އެތައްބަޔަކު ރިޒަވޭޝަން ހައްދަްން ކިޔޫގައި ތިއްބެވި ކަމުގެ އުފާވެރި ޚަބަރުވެސް ދެއްވި. ރައީސް ތިޔަހެން ދައްކަވާ ވާހަކަ ވަނީ ހަމަ ތޮޅިއައްނޫންތޯއެވެ.
ތިކަމުގެ އަޑީގަ ހުރީ ވަގުޔާމީނު
ސާބަހޭ ތިޔަކަން ކުރަން މެންބަރު ްަޅީ އާޒިމާ އި ހަވާލުކުރުން ރަނގަލު ކަން ނޭނގެ...
ޖާބިރުމަޖިލސްތެރޭ ގޮވި37މިލިޔަން އެމްއެމްޕީއާރުސީއިން ރައީސް ސޯލިހު ފަރީކުލުވީވާހަކަށް ކުށުންބަރީއަށްވާން ސާބިތުކޮށްދީ އޭރަށް ސޯލިހުވާނީ މިހާރު ތިވިދާލުވަނީ ބާރުއޮތީމަ ގަދަބަސް ތިގޮތަށް އަދީބުވެސް ބާރުއޮތްދުވަހު ބުނިކޯޓައްމައްސަލަ ވައްދާށޭ ބާރުނެތިދިޔާމަ ވަރަށްސާ ފް ކުއްވެރިންނާ ޑީލެއްނުހަދާނެ ސާބިތުކަންމަތީ ތިބޭމީހުންނެއް މީތިވަރަށްސާ ފް
ޢާޓު ދައްކާނެ ކަމެއް ނެެތް. ޥަގުން ފަޅާ އެރީމަ ވެސް އެމީހުން ގެނަން ލިސްޓުން ނަގާލީ ހަމަ ތިބޭޅާ ވެސް ބައިވެރި ވެގެން
މާ ނޫން ކަމަށް ހެދޭނެ ކަމެއްނެއް
ކިތައްމީހުންތޯ މަނިކު ފާނު އަޑީގަ ބާއްވަނީ ަަ އަޅުގަނޑު ހީކޮއްގެންހުރީ ކަދުރު ބަޣީ ފަޒްނާ އެކަނިކަމަށް.
ދައުރު ނިމުނީމަ؟ ބޮއެގެން ނި ދިން ހޭލެވިގެން އެހެން ކަމެއް ކުރެވޭނީ