ރާއްޖެ އިން އިތުރު 1467 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވިކަން އިއުލާންކުރި މީހުންގެ ތެރެއިން 939 މީހުންނަކީ މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ފައްސިވި މީހުންނެވެ. ބާކީތިބި 528 މީހުންނަކީ މީގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނުލިބި ތިބި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުންނެވެ.
ކޮވިޑަށް ފައްސިވި 1467 މީހުންގެ 1267 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ. 182 މީހުންނަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންނެވެ. ބާކީ ތިބި 18 މީހުން ފައްސިވީ ރިސޯޓްތަކުންނެވެ.
މިއަދު އިއުލާންކޮށްފައި ވަނީ ކޮވިޑަށް ޓެސްޓްކުރި 5037 މީހުންގެ ނަތީޖާއެވެ. ޓެސްޓްތަކުގެ އަދަދާއި ފައްސިވި އަދަދަށް ބަލާއިރު ކޮށްފައިވާ ޓެސްޓްގެ %29.12 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ކުރި ޓެސްޓްތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އަދި އެފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ.
ކިތަންމެ ފިޔަވަޅެއް އެޅިޔަކަސް ލޮކްޑައުން ނުކުރަނީހެއް މާލޭގައި އުޅޭ މީހުން މަތަ ނުވާނެ. ބަލި ފެތުރޭނެ. މިނަންބަރު ދާނީ މައްޗަށް. އޮފީސްތަކުން މީހުން އެބަ ނެރޭ ވަޒީފާއަށް. ޖިމްތަކާއި ސެލޫންތައް ވަގަށް އެބަ ހިންގާ. ފިހާރަތައްވެސް ވަގަށް އެބަ ހިންގާ. މައިތިރި ނުވޭ.
528 މީހުންނަކީ މީގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނުލިބި ތިބި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުންނެވެ. މިއީ ބޮޑު ދޮގެއް، 1467 އެއީ ސީދާ މިއަދު ފައްސިވިވަރު އިނގޭތޯ، އަދިވެސް ސަރުކާރުން މަސައްކަތް ކުރަމުން އެދަނީ ދޮގުހަދާ އޮޅުވާލަން.
ހައްލަކީ އެމެރިކާގަހެން ހުރިހާ ދިވެހިން އަދި މިތާ އުޅޭ ބިދޭސީން ވެކްސިން 2 ޑޯޒް ހަމަކުރުން. އެމެރިކާ ނަމޫނާއަކަށް ބަލަންވާނެތާދޯ.
މިހާލަތުގައި އިބޫ ފަސްނުޖެހި ޗައިނާފަދަގައުމެއްގެ އެހީތެރިކަންހޯދާ ދިވެހިރައްޔިތުންނައްވެކުސިންޖައްސަވާށެ ފުލޯޓިންހޮސްޕިތާލް އެއްފޮނުވޭހާލަތުގަވެސް މިވަގުތު އޮތީ ޗައިނާނޫންތޯއެވެ.