އިތުރު 741 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދަކީ ފާއިތުވި އަށް ދުވަހުގެ ތެރޭގައި ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފައްސިވެފައި ވަނީ 515 މީހުންނެވެ. 226 މީހުންނަކީ ކުރިން ކޮވިޑް ސުންކު ނަގައި ނަތީޖާ ނުލިބި ތިބި މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ.
މިިއަދު ފައްސިވިކަން އިއުލާން ކުރި މީހުންގެ ތެރެއިން 560 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 156 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން 25 މީހުން ވަނީ ފައްސިވެފައެވެ.
މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 2881 މީހުންނެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 446 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށް މިހާރު މާލޭގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓްތައް ވެސް ބަންދުކޮށް ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މިފިޔަވަޅުތަކުގެ ސަބަބުން އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަކަށް ފާހަގައެއް ނުވެއެވެ.
ހުސްދޮގު. މި މަސް ފެށުންތަނުން ކޮވިޑް ޓެސްޓު ހެދި މީހުންގެ ނަތީޖާނުލިބިގެން އަމިއްލައަށް އައިޑީ ކާޑު ނަންބަރު ޖަހައިގެން ބެލިއިރު އެންމެންވެސް ފައްސިވެފަ އަދިވެސް ނަތީޖާއެއް ނުލިބޭ. މިހެންވީމަ އަދަދުތައް މަދުވާނެ ދޯ ފެތުރޭމިންވަރު ގިނަވާނެ
ޓެސްޓް ކުރުން މަދުވަނީ، ޓެސްޓްކިޓް ހުސްވަނީތޯ؟