ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުގެ ދަށުން މެއި 12 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް ހަތް ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ ދުވަހު އެޗްޕީއޭއިން އެންގި ހުރިހާ އެންގުންތައް އިތުރު ހަފްތާއަކަށް މި ވަނީ ދަންމާލާފައެވެ.
އޭގެ ތެރޭގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް އިއުލާނުކޮށްފައިވާ ކާފިއު ހިމެނެއެވެ.
އެ އެންގުމުގައިވާ އިތުރު ކަންކަމަށް ބަލާއިރު، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުން ހިމެނެއެވެ.
ކޮވިޑާއި ގުޅިގެން މާލެ ސަަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިހާރު މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތަކާއި، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ ވަރަށ ބޮޑަށް އިތުރުވެފައެވެ.
އެގޮތުން މިއަދު މިހާތަނަށް ރާއްޖެއިން 104 މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވާއިރު، އޭގެ ތެރެއިން 31 މީހަކު ނިޔާވެފައި ވަނީ މި މަސް ތެރޭގައެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހިގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 16997 މީހެކެވެ. މީގެ ތެރެއިން 268 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.
ތިޔައީ ބޭކާރު ކަމެއް ފުލް ލޮކުޑައުންއަކައް ގޮސްގެންނޫނީ މިހާރު ނެތް އެއްވެސް ކުރިއެރުމެއް.
ދިވެހިން އެބަޖެހޭ ހިއްވަރުކޮށް މިކަމުން އަވަހަށް ސަލާމްވަން، ގިނަގިނައިން ދުޢާ ކޮށް ހެޔޮކަގޮތުގަ މަސައްކަތް ކުރުމީ އެންމެ ބުއްދިވެރި ގޮތް. މިޙާލަތަކީ އެކަކަށްވެސް ފޮރުވި ނޭގިފަވާ ޙާލަތެއްނޫން.
ފަރުދީ ޒިންމާ ރަގަޅަށް އަދާކޮއްފައި ދުއާ ކުރަންވާނީ.
ދެރަ ގޮތަކައް ކަންކަން ވުމުގެ ކުރިން ރަނގަޅު ފިޔަވަޅު އަޅަން ގޮވާލަން
ކޮބައިހޭ ކެރަފަ ނަސީމު....ފިލައޭ އޮތީ މަޖިލިހަށް ހާޒިރު ކުރަންޖެހޭ
ސްލޯ ކިލްއަކަށް މިދަނީ ، ރައްޔިތުން ޣަރަގުކޮށްފި މިމީހުން މިއޮތީ ވާ ވެރިކަމެއް ، ދިވެހިރާއްޖެއަށް ކުރާ ނާމާން ވެރިކަމެއް
އެއްމަހަށް ވިޔަސް މި ބިރުވެރި ހާލަތުގަ އެންމެ ރަނގަޅީ ފުލް ލޮކްޑައުންއަކަށްދިއުން.