ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން އެންމެ ފަހުން ނިޔާވެފައި ވަނީ ފިރިހެނެކެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 73 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޮވިޑަށް ފައްސިކަން އެނގުނީ ނިޔާވި ފަހުން ހެދި ޓެސްޓުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެޗްޕީއޭ އިން ވިދާޅުވީ އައިޖީއެމްއެޗްގެ އީއާރްއަށް ގެނައި 73 އަހަރުގެ މީހާ ނިޔާވި ކަމަށް ކަނޑައެޅީ މިއަދު ހެނދުނު 07:25 ގައި ކަމަށެވެ. ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 108 އަށް އަރާފައެވެ.
މިއަދު ލ.އަތޮޅު ގަމުގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ ދެމީހަކު ވެސް ވަނީ ނިޔާވެފައެވެ.
މަޖިލިސް މެމްބަރުން މިކާރިސާ ގެ ޒިންމާ ނަގަން ޖެހޭނެ. އެތާގަ ތިބި އެއްވެސް ތައުލީމެއް ނެތް ބަޔަކު މާމޮޅު ބަޔަކަށް ހެދިގެން ތިބެ، މި ބަލިމަޑު ކަމަށް މަލާމަތް ކޮއްހެދިމީހުން ޒިންމާވާން ޖެހޭނެ. އަލިފު. ބާ. ވެސް ނޭނގޭ ހާލުގަ ތިބެ އަނގައަރުވަން ލަދެއްނުގަނޭތަ.