ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށައަޅައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން މި މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އީސާ ދިރިއުޅޭ އިމާރާތުގައި އުޅޭ މީހަކު ބުނީ، ރޭ ދަންވަރު އެކެއް ޖެހިހާއިރު އީސަގެ ދެމަފިރިން ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބްރައީސް ފައިސަލް ނަސީމްގެ ކޮއްކޮފުޅު އަސްރާ ނަސީމްއާއެވެ.

ފުލުހުންގެ އެހީގައި އިސާގެ އަނބިކަނބަލުން ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އޭނާގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މިކަމާއި ގުޅޭ ގޮތުން އީސައަށް ގުޅާލުމުގެ ފޯނަށް ޖަވާބުދެއްވާފައިނުވާތިވެ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ. މައްސަލައާ ގުޅިގެން އީސަ ފުލުހަށް ހާޒިރުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އޭނާ ހާޒިރުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެންވިޔަސް ފުލުހުންގެ އުސޫލުތައް އޮންނަ ގޮތުން، ނަމެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދުންމާރި

  ތިޔަކަންތައްދާނީ ފަނުފުލުން އެއީ އީސައަކީ ލާދީނީ އެމްޑީޕީ ގުންޑާއެއްނު އެމީހުންގެ މައްޗަކަށް ޤާޏޫނެއްނުހިންގޭނެ މިސާލެއްގެ ގޮތުން ރޭޕް ކޭސް ވެގެންދިޔަގޮތް ހަމދާނަށްގެންނަމާ މިކަހަލަ އެތައްކަމެއް އެހެރީލޯމަތީގަ ރޯމާދުވާލު ކޮށްނިންމާލާފަ

  35
 2. ކިޔު

  ވިސްނާލާ. މިފަދަ ނުބައި އަމަލުތައް ހިނގާމީހުންގެވެސް ނަން ހާމަނުކުރާ ކަމަށް އެއޮތީ. އެކަމަކު ގާޒީއަކު އިމްލާކުށެއް ޖެހުނަސް، ސުލޫކީ މައްސަލަ ބަލާކަމަށް ބުނެ މުޅި ގައުމުގަ ނަން އިއްވާ.

  31
 3. ހަޑިގިއްލާ

  ހަޑިގޮތްގޮތަށް އުޅޭ މީހެއް. ތަންކޮޅެއް ކުރިންވެސް މީނާގެ ޒާތެއްގެ ފޮޓޯތަކެއް އިންޓަރނެޓުގައި އެނބުރުނު. ބައެއް އާކައިވްތަކުގައި އެފޮޓޯތައް ހުންނާނެހެން ހީވަނީ.

  23
 4. ބޭޗާރާ

  އަނިޔާވެރިކަން ހުއްޓުވުމުގެ ބިލު ފާސްނުވަނީސް ކުރަން ހުރި އަނިޔާތައް ކޮށް ނިންމާލަނީ ދޯ

  21
 5. ސަމާ މާލެ

  ހިޔާނާތުގެ ލާރި ކައިފަ އޮތީމާ ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން ތިޔަ އުޅެނީ. ބޯގޮވީ ދޯ.

  26
 6. ޙަސަނާ

  އެއްވެސްމީހަކައް ނޭގޭނެ ވާނުވާއެއް ދިޔާއެއްޗެހިބޮވިފަހުންނައިރުގަ އެހެންނޫނަސް މިހާރުު ތިއީސައަކައްހަދާނެއްނުވާނެ ރީތިރަށުގަ ކޮޓަރިސާފުކުރަންއުޅުނުހަދާނެއް ތިމާމެންގެޕަވަރޭމިހާރުއޮތީހިތާ ދިވެހިނިކަމެތިރައްޔިތުންފަނާވާންދޫކޮއްލައިގެންތިބި ބައިގަޑެއްކަންމިހާރު އިގިއްޖެ...

  16
  1
 7. Anonymous

  މިކަލޭގެ ވަޒީފާއިން ވަކިކުރަންޖެހޭ.
  ޤާނޫނަށް ވުރެ މަތީގައި އެކަކަށް ވެސް ނޫޅެވޭނެ.
  ކުޑަދަރިފުޅަށް ވެސް އަނިޔާ ކުރިއޭ ކިޔައޯ

  11
 8. އަހުމަދު

  އީސައަށް ގެވެށި އަނިޔާ ހުއްދަވާނެ... އެއީ މަޑުކަށި މިހެކޯ....ގެވެށި އަނިޔާ ކުރުމަކީ ހަރުކަށި ފިކުރު މީހުންގެ ކަމެއް... ދެރައީ ތިކަން ނުބެލޭލެނެތީ... ޟީއީސަމެންގެ ދުނިޔެ.... ނާއިބުރައީސަކަސް ރީނދޫ ނޫންވީމާ ހަމ ހުންނަންޖެހޭނީ ނަށާގުމްރީގެ ގެ ފަހތުން މުގޯލިއަޅަން....

 9. ވައިކިންގ

  ރަށުތެރޭ ކިޔާއަޑު އިވޭ ބޮނީއޭ. ހަމައިގައެއް ނޫނޯ ހުންނަނީ.

 10. މަ

  ތިކުލައިގެ ބައިގަދު ހަމައިން ކަތައިގެން އެތައް ޖަރީމާއެއް އަދި ހިންގާނެ. ޜައްޔިތުންގެ ހައްޤުގަ