މިމަހުގެެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސްް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު މާލެ ގެެނެސްފިއެވެ.
އިއްޔެ ފުލުހުން ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ފާތިހު އެއަތޮޅު އޭދަފުއްޓަށް ގެންގޮސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހު މިހާރު އޭނާ މާލެ ގެނެސްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހައއްޔަރު ކުރި ފާތިހު އަކީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި ހަތަރުވަނަ މީހާއެވެ.
އުމުރުން 21 ވަރަކަށް އަހަރުގެ ފާތިހު އަކީ ކުރިން މޯލްޑިވިއަންގެ ކެބިންކްރޫއަކަށް އުޅުނު މީހެކެވެ. ނަމަވެސް މިހާރު ވަޒީފާ ދޫކޮށްލިތާ ދުވަސްތަކެއް ވެއްޖެއެވެ.
ފާތިހު ދަރަވަންދުއަށް ދިޔައީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރި އިރުވެސް ހުރީ ކަރަންޓީންގައެވެ. އޭނާ ދަރަވަންދުއަށް ދިޔައީ ކައިވެނި ކުރަން ކަމަށް ބައެއް މީހުން ގާތުގައި އޭނާ ބުނެފައި ވެއެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާ ގުޅިގެން ފާތިހުގެ އިތުރުން އިތުރު ތިން މީހަކު ވެސް ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެއީ އެއީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
ނަޝީދަށް ހަމަލާ ދީފައި ވަނީ ވޭވް ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ރައީސްް ނަޝީދަށާއި، އެމަނިކުފާނުގެ ބޮޑީގާޑަށް އަދި ސަރަހައްދުގައި ހަމަލާ ދިން ވަގުތު ތިބި ބައެއް މީހުންނަށްްވެސް ވަނީ އަނިޔާ ލިބިފައެވެ.
މީނަ ހާދަ ރީއްޗޭ 3>
ޖަލުގަ ބާއްވާ މަރުވަންދެން
ދާއިމައް ޖަލުގަ ލާދީނީ ބޮޑޭ ނަޝީދު ބާއްވަންފެނޭ. ލާދީނީން ދީނައް ފުރައްސާރަކުރުމައް ހިއްވަރު ލިބުނީ ނަޝީދާއި ހެދި.
ރީތި ރީތި ޒުވާން ކުދިން މުސްތަޤްބަލް އުޖާލާ ކުރަން އުޅުމުގެ ބަދަލުގައި، އަމިއްލަ އަތުން މުސްތަޤްބަލް އަނދިރި ކުރާތަން ފެނިފައި ހާދަ ދެރައެއް ވެއެވެ. މިކުދިންނާ ލޭގެ ގުޅުމެއް ނެތަަސް އެދެވެނީ އެކުދިންނަށް ﷲ، ހެޔޮ ވިސްނުން މިންވަރު ކުރައްވައި ހެޔޮ މަގުގައި ސާބިތު ކުރެއްވުމަށެވެ. އާމީން، މިހާމަކުރަނީ، މާދުރު ބަޔަކަށް ކުރާ އަސަރެވެ. ވީއިރު އެކުދިންގެ މައިންބަފައިން ހާދަ ހިތާމައެއް ކުރާނެއެވެ.
ތިހެނެއް ނުބުނެވޭނެ... އިންސާފު ހަނދުމަ ކުރޭ...
ޖަލުހަ އޮންނަން ޖެހޭ މީހާ ހުރީ ރާއްޖެއިން ބެރުގަ
ފާތިހު އާ ބެހޭ ދެ ހަބަރުގަ ތަފާތު ދެ ފޮޓޯ. ާ
އަސްލު ކީއްވެތަ ބައެއް މީހުންގެ ފޮޓޯ އާންމު ކުރަނީ ކުށް ސާބިތު ނުވަނީސް. ހިތައް އެރީމަ ދޯ ކުރަނީ.
އެބުނާހެން އެ ސައިކަލް އެކްސިޑެންތުގައި ކުއްވެރިވާމީހާގެ ވަނަވަރު އާއްމުކޮށްބަލަ. ގައިމު ޅަ ޒުވާނަކު މަރުވެސް ވިޔެއްނު އެ މީހަކާ ހުރެ!