ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 36 އަހަރުގެ ބިދޭސީއަކު މިއަދު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވީ ލ. ގަމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ ރޭ ދަންވަރު ދޭއް ޖެހިއިރުއެވެ.
މިއާއެކު ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވިި މީހުންގެ އަދަދު ވަނީ 113 އަށް ވަނީ އަރައިފައެވެ.
މި މަހުގެ މިހާތަނަށް ރާއްޖެ އިން ކޮވިޑް ބަލީގައި 40 މީހަކު ވަނީ ނިޔާވެފައެވެ. މި މަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވި މަހެވެ.
ބަލި ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ބަލީގައި ނިޔާވި މީހުންގެ ތެރެއިން 98 މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީންނެވެ. ކޮވިޑް ބަލީގައި އިއްޔެ އެކަނި ވެސް ހަތް މީހުން ވަނީ ނިޔާވެފައެވެ.
އިއްޔެއަކީ އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ކޮވިޑް ބަލީގައި ނިޔާވި މީހާއެވެ.
މި ފަހުން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ކޮވިޑް-19 އިން ދިފާއުވުމަށް އެއްވެސް ވެކްސިނެއް ޖަހާފައިނުވާ މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ރާއްޖޭގެ 61 ރަށަކަށް އަރާ ފޭބުން މިވަގުތު އޮތީ މަނާކޮށްފައެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ނުރައްކާ ފައްތަރެއްގައި އަދިވެސް އޮތީ މާލޭގައެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 48,608 އަށް އަރާފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 29,644 އެވެ. ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 18،852 އަށް އަރާފައިވާ އިރު، އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 274 އަށް ވަނީ އަރައިފައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ އާއި ބައެއް ރަށްރަށުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން ކޮވިޑް ފެތުރިފައި އޮތް ރަށް ރަށުގައި ކާފު ދަނީ ހިންގަމުންނެވެ.
ހެޔޮނުވާނެ ރާއްޖޭގައި ކޮވިޑް ނޫޅޭ ކިޔާ އޮފީސްތަކަށް މީހުންގެންގޮސްގެން ކައްކާކެޔުން ކަމަކީ މަޖާނެގުން
ފިޔަވަޅު ތަޢް ލިޔެ އެކަން އިއުލާން ކުރީ! ފިޔަވަޅު އަޅާނެ ފަޔެއް ނެތް!ވެރިން މަރުނިދީގާ ގުގުރި ދަމަ ދަމާ އެތިބީ! ޢެޗް ޕީ އޭ ގައި އެހެރަ ދައިތަ އަމުރު ނެރުން ފިޔަވަ ކޮން ކަމެއް ކުރަނީ! ޢެ ޗް އޯ އީ ސީ ގެ ބޮލަށް ޖަހާފަ އތް އުރާލައިގެން ދެއިރު ދެދަޅަޔަށް ރައްޔިތުންގެ މެމްބަރުން އެތިބީ ޔާސީން ކިޔަވާލަ ކިޔަވާލަ! ނޫސް ވެރިން އެއްކޮށް ޓީވީ ޝޯވ އެއް ދިނީމާ ބަލި ކޮންޓްރޯލު ވަންޏާ ވާންވީ!