ރ. އަތޮޅު އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ސަބްގްރޭޑް މަސައްކަތްތަކުގެ %86 ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ތާރު އަޅައިގެން އުނގޫފާރު މަގުހެދުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހުއެވެ.އަދި މަޝްރުއޫގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، 2019ވަނަ އަހަރުގެ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. އެ
އުނގޫފާރު މަގުތަކުގައި ތާރުއަޅަން ފެށީ މާރިޗް މަސް ތެރޭގައެވެ.
އަދި މިހާރު އެ މަޝްރޫއުގެ ދަށުން ސަބްގްރޭޑް މަސައްކަތްތަކުގެ %86 ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އުނގޫފާރު މަގު ހެދުމުގެ މަޝްރޫއަކީ މިވަގުތު އެ ރަށުގައި ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީ ގެންދަނީ މަގު ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.
ސަބްގުރޭޑު ހަދަހަދާ ތިއްބާ ދިވެހިން މަރުވެ ހުސްވަނީޔޭ.. އަދިވެސް ވެކްސީން ޖައްސާދޭ ޚަލާސް ކުރުވާކައް ނުވޭތަ. ބޮލުރޮދިންތަކަކައް ގައުމު ހަވާލު ކުރެވިފަ މިވަނީ އެންމެބޮޑު ކާރިސާއާއި ދިމާކޮއް.
އުނގޫފަރު މަގު ހެދުމުގެ މަސައްކަތަކީ ރައީސް ޔާމީނަގެ ސަރުކާރުގައި ފަށފައިވާ މަސްރޫޢުއެކެވެ. އެ މަސްރޫޢުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރު ނިމުމުގެ ކރުންި އުނގޫފާރުގެ އެއް މަގުގައި ތާރު އަޅާނިންމާފައިވެސް ވެއެވެ. އެހެންވީމާ އުގޫފާރުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތަކީ މިސަރުކާރުގެ ޕްރޮޖެކްޓެއް ނޫނެވެ. މިކަމަށް އުނގޫފާރުގެ ރައްޔިތުން ހެކިވާނެއެވެ.
ސާބަހޭ ރައިސް ޔާމިން އުގޫފާރުގަ މި މަސައްކައްތައް ފެށީ ރައިސް ޔާމިންގެ ދައުރުގަ