ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންނާއި، މިބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ވެސް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނުފެންނަނީ ހައިރިސްކް މހަކަށް ވާތީ އެކަހެރި ކޮށްފައި ހުރުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ވެސް ހެލްތު މިނިސްޓަރު މީޑިއާ މެދުވެރިކޮށް ވެސް އާއްމު ރައްޔިތުންނަށް މައުލޫމާތު ނުދެއްވާތީ އާއި، ހާލަތު ރަނގަޅު ކުރުމަށް މިނިސްޓަރެއްގެ ހައިސިއްޔަތުން ނަސީމް ކުރައްވާ ކަމެއް ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ވަރަށް ގިނަ ބަޔަކު ގެންދަނީ މިނިސްޓަރ ނަސީމް ގެއްލިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

މުހައްމަދު އިސްމާއިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ސިއްހީ ދާއިރާ ވެސް އޮތީ އެހެން މީހުންނާއި އެކަހެރިކޮށްފައި ކަމަށެވެ. "ހެލްތް މިނިސްޓަރަކަށް ހުރީ ހައި ރިސްކް މީހެއް، އެހެން ކަމުން އޭނާ އޮތީ އެހެން މީހުންނާއި އެކަހެރިކޮށްފައި. މުޅި ހެލްތް ދާއިރާ އޮތީވެސް އެހެން މީހުންނާއި އެކަހެރިކޮށް." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވިއިރު ވެސް މިނިސްޓަރ ނަސީމް ނުފެންނާތީ މިދިޔަ ހަފްތާގައި ނޫސްވެރިން ވަނީ އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކާއި މިދިޔަ ހަފްތާގައި ސުވާލު ކޮށްފައެވެ. މަބްރޫކް ވިދާޅުވީ ނަސީމް އަމިއްލަ ހައިސިއްޔަތުން ވެސް ވަރަށް ގިނައިން ދަރުބާރުގެއަށް ވަޑައިގެން މަސައްކަތުގައި އުޅުއްވާ ކަމަށެވެ.

މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ އަދިވެސް އަންނަނީ ބާރަށް ފެތުރެމުންނެވެ. މާލެ ފުރަބަންދު ކުރަން ޑޮކްޓަރުންނާއި އެޗްޕީއޭގެ ތަޖުރިބާކާރުން ނިންމި ނަމަވެސް އެނިންމުމާއި ރައީސް ސޯލިހް ވަނީ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވަނީ މާލެ ފުރަބަންދުނުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އިއްޔެ ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. ނަމަވެސް މާލެ ފުރަބަންދު ނުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޙަފޯ

  ހައިރިސްކް މިހަކަށް ވާތީ، މަސްޢޫލިއްޔަތުން ވެސް އެކަހެރިކުރާނަމަ، މިދަނީ ބޮޑުފެއިލްވުމަކާ ހިސާބަށް، އަމީން ހުރި އިރުވީ ވަރުވެސް ނުވޭ. ދުވާލަކު އެތައް ބަޔަކު މަރުވަމުން މިދަނީ.

 2. ޝީޒާ

  ހައި ރިސްކް ނޫން މީހަކު ލީމަ ވީއެއްނޫން. ރައްޔިތުންގެ ލާރިން ބޭކާރު ގޮތުގަ ތަޅަނީ.

 3. އެމަންޖެ

  މުސާރަ ލިބިގެން ނުވާނެ ތީނަޔައް ދެން.

 4. ހޯހޯ

  މަރުވެފަތިބި މީހުންވެސް ތިގޮތަށް ރަނގަޅުވާނެ މިނިސްތަރުކަން ދޭން ބޭބޭފުޅުވީމަ އޯކޭ ހަމަ.

 5. ޖާބެ

  އިބޫވެސް އެކަހެރިކޮށްފަތޯ ހުރީ ؟؟

 6. ާއައިސް

  ތިނޫނީ ނެތް ހައިރިސްކް މީހުން
  ބޮޑުންނަށް މޮޅުގޮތް

 7. އަހުމަދު

  މޑޕ މީހެއްނު އަދި ލާދީނީ އަންނި ގެ ބޭބެ އެއްނު! ލާދީނީ މަޖިލީހަށް އޯ ކޭވާނެ. އަމީނު ކަމުނުދާތީ އެހުރީ ގާބިލު މީހަކު ލާޔަފަޔޯ......
  ލަދެއްވެސް ނުގަނޭ

 8. މހމމ

  ކޫލް، ވައިލް އަވާ ބިލަވަޑް މާމާސް އެންޑ ކާފާޒް އާ ގެޓިންގ ސިކް ޑިއު ޓު ހިޒް ނެގްލިޖެންސް. ކީޕް ހިމް އިން އަ ކްރިސްޓަލް ކާސެލް!

 9. ބަފާ

  މައްސޫލިއްޔަތު އަދާ ނުކުރެވެންޏާ އިސްތިއުފާ ދޭން ފެނޭ

 10. ޖާބެ

  If he is unable or unfit for task replace him don't waste public funds

 11. އޯކޭދެން

  ހައިރިސްކް މީހާ ފެންނަ ގޮތަށް ބިއްލޫރި ފޮއްޓަކަށްލާފަ ބާއްވާފަ އެހެން މިނިސްޓަރަކު އެމަގާމަށް ނަގާބަލަ ދެން އަވަހަށް. ކަމެއް ކުރަން އެބަޖެހޭނު އިބޫ. އަންހެނުން އެކުރާ ވޮލަންޓަރީ މަސައްކަތުން މާބޮޑު ތަފާތެއް ނުފެންނާނެ.

 12. ކޮވިޑް

  ނުވާނެ ތިހެނެއް؟ ބަލަ އަމީން މުސްކުޅި ފުޅު ވެގެން ރައީސް މީހާ ގެނައި ޒުވާން މިނިސްޓަރ އޭ ނަސީމަކީ. މިހާރު ސަރުކާރުގެ ހުރި އެންމެ ޔަންގަސްޓް މިނިސްޓަރ އެއީ އަދި 24އ. މުޙައްމަދު ވެސް ތިކަހަލަގެ ވާހަކަ ނުދައްކާ؟

 13. އިގިއްޖެ

  ރިސްކު ވަނީ ގޯނި ގޯނީގަ

 14. މުހައްމަދު ހަސަން

  ހައިރިސްކް ބޭފުޅާ ހުންނާނެ ރިސްކު ބޮޑުވެގެން ގެޔަށް ބަދަލުކޮއްފަ.

 15. ބިސްބޮންގޮންގު

  ސަރުކާރު ފެއިލްވެއްޖެ! އެމްޑީޕީ ރަގަޅުވާނީ މުޒާހަރާކޮށް ތަންތާ ހުޅުޖަހަން! ކޮވިޑު ކޮންޓްރޯލް ކުރަން ނޭނގި، ވެންޓިލޭޓަރުތަކުންނާ އޮކްސިޖަން ފުޅިންވެސް ކުރީ ވައްކަން! ކަ އައުލާދުގަނޑު ނެތިކުރައްވާތޯ ރައްޔިތުން ދުއާ ކުރޭ! މިތާ ދިރިއުޅެވެން އޮތީ މަހުޖަނުން ތަޅާ ބޭރުކޮށްގެން! އެެއްވާނަކަށް ރައްޔިތުން ނުކުމެ މިކަންކޮށްލަނިކޮށް ރާއްޖޭގެ ރައްޔިތުންނަށް ހަމަ ނޭވާ ލެވިދާނެ!

 16. އަހަންމަދު

  މިހާރުކުއްލިއަކަށް ހައިރިސްކު
  ނެތުނީތޯ؟ކަނަކު އަތްދަށުވިއަސް މޮޔައަކު އަތްދަށުނުވާށޭ ބުނަނީ ކަމެއްވެ!މޮޔަބަޔަކުގެ ދިފާޢުގަ ވާކާލާތުކުރަންވެއްޖިއްޔާ ފަޟީޙަތްވާނޫ ތިބާ! އަޙްމަދަށްވެދުން!