ކޮވިޑް-19 ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވާތީ އެ ފެސިލިޓީގައި ފަރުވާދިނުމަށް ހުރި ދަތިތައް ބަލާ އެކަން ހައްލު ކުރުމަށް ސަރުކާރަށް ގޮވާލާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރާއްޖޭން ކޮވިޑްގައި މިހާތަނަށް 139 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރެއިން ގިނަބަޔަކު ނިޔާވަނީ ކޮވިޑް ފެސިލިޓީގައެވެ. އެގޮތުން މިއަދު ނިޔާވި 10 މީހުންގެ ތެރެއިން އަށް މީހަކު ނިޔާވެފައި ވަނީ އެ ފެސިލިޓީގައެވެ.
ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައި ވަނީ، ކޮވިޑްގައި ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފާއިތުވި ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވި މީހުން ކަމަށެވެ.
އެގޮތުން ފާއިތުވި 22 ދުވަހުގެ ތެރޭގައި މި ބަލީގައި 50 އަށް ވުރެ ގިނަ މީހުން ރާއްޖެއިން ނިޔާވެފައިވާތީއާއި ކުރިއާ ޚިލާފަށް
މިހާރު ނިޔާވާ މީހުންގެ ތެރޭގައި ނިސްބަތުން އުމުރުން ހަގު މީހުން ހިމެނޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
އުމުރުން 50 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ނިޔާވާ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެ، އެ ބަލީގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާ މީހުންކަން ފާހަގަކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 41 މީހުން ނިޔާވެފައިވާއިރު އެއިން 27 މީހުން ނިޔާވީ ހުޅުމާލެ ފެސިލިޓީގައި ކަމަށްވެފައި
އައިޖީއެމްއެޗްގެ އީއާރުގައި 7 މީހުން ނިޔާވެ އޭޑީކޭ އީއާރުގައި އެކަކު ނިޔާވެފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިން މީހުންގެ ތެރެއިން ނިޔާވީ 6 މީހުންކަމަށް"
ޝިޔާމް ވިދާޅުވީ، މަދު ވަސީލަތްތަކާއެކު ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އިސްސަފުގައި މަސައްކަތް ކުރާ ފަރާތްތަކުން އެކުރައްވާ މަސައްކަތް ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަަމަށެވެ.
އެހެންކަމުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމުގައި މައްސަލައެއް ނުވަތަ ދަތިތަކެއް ހުރިތޯ ބަލައި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީން ދިރާސާކޮށް މިކަމާގުޅިގެން އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާކަމަށް އޭނާ ހުށަހެޅުއްވި މައްސަލާގައި ވެއެވެ.
ތިހާ ގަމާރުވާކަށް ނުވާނެ، ބަލިޖެހިގެން ހާލުބޮޑުވެދާނެ ހައިރިސްކް އެންމެން އެތިބީ އެތާ، މަރުވާނިވެސް ނުވަތަ ބަލިން ރަގަޅުވާނިވެސް އެތަނުން. ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ހެދެން އުޅެގެން ގޮވޭކޮސް ތިހުންނަނި.
ބުނެލަން އޮތީ ، ހެޔޮއެދެވޭނީ ވެސް ހެޔޮ މީހުނަށް.. ޝިޔާމް އަކީ ހިތްހެޔޮ މީހެއް.. ކިތަންމެ ރުޅި އަޔަސް ، މީ ސަރުކާރުގެ ގަމާރު ކަމުން ލިބުން ހިތި ފިލާވަޅެއް.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުއިވެސް 1500 ޕޮޒިޓިވް ވެގެންދާއިރު މިއަށްވުރެ ގިނަމީހުން މަރުވޭ
ދުވަސްވީ މުސްކުޅި އަދި ނުކުޅަދުންތެރިކަން ހުންނަ މީހުން އަދި ވަރައްވުރެެއް ހިތްބަލި ޕެނިކްވާ މީހުން ތިޔަތަނައް އެބަޔެއްގެ ބަލަދުވެރިންގެ ލޯމަތިން ގެއްލުމަކީ އެބައެއްގެ ފުރާނަ ދިއުން ގާތްކަމެއް ކަން އިހުސާސްވާ މީހުން ދޫކޮށްލުމަކީ ހައްލެއްނޫން ސައިކޮލޮޖިކަލީ އެމީހެއް އުއްމީދު އަމިއްލަޔައް ދޫކޮށްލާ މާހައުލަކައް ދުއްވާލުމަކީ ޑަކްޓަރުންނައް ކުރެވޭނެ ފަރުވާއެއް ނޫން އާއިލާގެ މީހުން ބަލާހެން އެހެން ދުރުބަަޔަކައް ނުބެލޭނެ މިއީ އެކްސްޕީރިއެންސް ކޮށްފަހުރި ކަމެއް ވީމަ ދަންނަވާލީ ، އެހެން މީހުން މިއެކްސްޕީރިއެންސް ކުރުމަކީ މޮޔަކަމެއް ނަތީޖާ ހިތިކަމެއް އިޔާދަނުކުރެވޭވަރުގެ ހިތްދަތިކަން
ކޮވިޑް މެނޭޖް ކުރަން ނޭންގުނު ސަރުކާރެއްމީ. ކޮވިޑުން ކުރީ ވައްކަން. މެނޭޖްކުރަން ނޭންގުނީމަ ރަނގަޅު ގޮތަކީ އިސްތިއުފާދިނުން. ވެރިކަމުގަ ހުރީ ކަންނެތް ވެރިއެއް.
ކޮވިޑް މެނޭޖް ކުރަން ނޭންގުނު ސަރުކާރެއްމީ. ކޮވިޑުން ކުރީ ވައްކަން. މެނޭޖްކުރަން ނޭންގުނީމަ ރަނގަޅު ގޮތަކީ އިސްތިއުފާދިނުން. ވެރިކަމުގަ ހުރީ ކަންނެތް ވެރިއެއް.
ކަލޯގަޔާ ހުޅުމާލޭގެ ފެސިލިޓީގާ ތިބެނީ 3 ނަރުސްކުދިން އެކަކުކައިރީ ހުއްތާ އަނެކަކުގޮވާ ލާއިރައް ދުއްވައިގަންނަނީ ހަދާނެ ނަހަދާނެ ގޮތެއްނެތް އަލިކަމެއްނެތް ހިތްފަޅައިގެންދާ އަޑު ރުއިމާއި ހަޅޭކާއި އާދޭހުގެ އަޑު ގިނަމީހުންމަރުވަނީ ބިރުވެރިކަމުގެ ތެރެއިން ހިތްފަޅައިގެންގެންގޮސް
ތިކަންތަ ބަލަންވީ!. މިވަރައް ބަލި ފެތުރެން ދިމާވީ ކޮންބައެއްގެ އިހުމާލުންތޯ ބަލަންވެއްޖެނު. ނުވާނެދޯ. ޢެއިރުން އަމިއްލަޔައް ވާނީ ބޭޒާރުދޯ
ނަޢި ފަރު ފެނަކައަށް -/30 ރު ފިޔާއަށް ތެޔޮލީޓަރެއް ވިއްކޭނެގޮތެއް އޮތްތޯބަލަން މަޖްލިސް އަށް ހުށައަޅާބަލަ.
އެތާތިބީ ކޮންގައުމެއްގެ ބައެއްތޯބަލާބަލަ. ވަޒީފާގަ އެއްމެފަރުވާކުޑަ މަކަރުއެންމެ ބޮޑު ކަމަށް މައްސޫރު އިންޑިޔާމީޙުން. މީދުނިޔޭގައި ހަދާފައިވާ ދިރާސާއަކުންދައްކާގޮތް.
ޢަމިއްލަ ގަޔަށް ސީލެވޭއިރުވެސްނޭގޭމީހުންނަށް އެގޭނީ ކޯއްޗެއް. ޥަޒީ ފާ އަށް މަކަރުހަދާ ރަސްމީގަޑީގަވެސް ވައި އަގަތަޅަން ރެސްޓޯރަންޓް ތަކުގައި ކޮފީ އާއި ސިގިރޭޓް ދަމަދަމާ ތިބެނީ ކޮންބައެއްތޯ އަމިއްލަލޮލުން ބަލާބަލަ.
މަޖިލީހާ ނަޝީދު އަޑީގަ ހުރެގެން މުޅިގައުމުގަ ކޮވިޑް ފަތުރާފަ ގިނަމީހުން މަރުވަނިއްޔޭ ކިޔާފަ ކޮންބޭކާރު ކަމެއް ކުރާކައް ، މަޖިލިސް އުވާލަން ހުށައަޅާބަލަ ކަމެއް ކުރަން ކެރެންޏާ.
މީހުން މަރުވާތީވެ މަލާމާތް ކުރީ@ މުނާފިގުން ގެ ސިފަ@ ކީކޭ ބުނާނީ ދޯ
ދެންވެސް ކިޔާނީ ނަރުހުން ވަނީ ގުރުބާނީއޭ. އެތާ ތިބޭ މީހުންގެ ހިތް ހަރުކަން އެގިއްޖެ
އަދިވެސް ކަލޭމެން ޑްރާމާ ކުޅެން ތި އުޅެނީ. ހުރިހާ ދިމާލަކަށް ޕްރެޝަރ ކޮށްގެން ރައްޔިތުން، މުޅި އަތޮޅުތައް ހިމެނޭ ގޮތުން އިންތިޚާބު ބޭއްވީ. ކާރުކޮޅުގައި އާއި ގަނޑުވަރު ތަކުގައ ކަލޭމެން އުޅޭ އިރަކު ކަލޭމްން ތިބޭނީ ސަލާމަތުން. ހަލާކު ވާނީ ނިކަމެތި މީހާ. ވަރަށް ސަލާމް
އިންތިޚާބު ބާއްވާނީ އެންމެނަށް ކޮވިޑް ޖައްސާފައި ކަމަށްބުނި ވިހަ ދޫތަކުގެ ޖަގަހަ އެއްނު ތިޔަ މަޖިލީހަކީ
ރަގަޅަކަށް ކުރަން ބުނާ ކަމެއްވެސް ވަކި ޕާޓީއެއްގެ މީހަކު ބުނީތީ ނުބަލާނެ ޒަމާން މިއޮތީ އައިއްސަ. އެ ފެސިލިޓީގެ ކަންކަން ރަގަޅުކުރަން ނުއުޅެ ތިއްބާ ތިމާގެ އަމިއްލަ މީހާ އެތަނަށް ލައިގެން ދެރަ ގޮތެއްވީމަ ދެންވެސް ތިބޭނީ ހަނުދޯ. ވާހަކައެއް ބުނާ މީހާ ނުބަލާ އެމީހާ ބުނި އެއްޗެއް ބަލައި ހޯދާ ރަގަޅުކުރަން އޮތްނަމަ އެކަމެއް ރަގަޅުކުރަންޖެހޭ ސަބަބަކީ މިހާރު މިދެކެވެނީ މީހުންގެ ފުރާނައާ ގުޅުން ހުރި ކަމެއްގެ ވާހަކަ ކަމަށްވާތީ. އެކަން ނުކުރުމަކީ މީހުންގެ ފުރާނައަށް ވެވޭ އިހުމާލެއް. އެއީ ޕިންކީ ޕާޓީއަށް ދެވޭ ދެރައެއްނޫން.