ކޮވިޑް ކޮންޓްރޯލުން ނެއްޓުނީ ސަރުކާރުން ދިން ލުއިތަކުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަުދ ޞާލިހް އިއުތިރާފުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ މުޅި ރާއްޖޭގައި ކޮވިޑް ބޮޑަށް ފެތުރެން ފެށި އެއް ސަބަބަކީ އޭޕްރީލް މަހު ކުރީކޮޅު ދެވުނު ލުއިތަކާއި، ރަށްރަށަށް ދަތުރުކުރުމަށް ދިން ފުރުސަތުތައް ކަމަށެވެ. އަދި އިތުރު ކަންކަން ވެސް ކޮވިޑް ފެތުރުމުގެ ސަބަބެއްގެ ގޮތުގައި އޮވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވަނިކޮށް އޭޕްރީލް މަހު ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އެއީ ކައުންސިލް އިންތިހާބު ބޭއްވުމަށާއި، އަދި ވެކްސިން ދޭން ފެށުމުގެ ރަށްތަކަށް ދަތުރު ކުރެވޭނެ ގޮތް ހެދުމުގެ ގޮތުންނެވެ. ނަމަވެސް އެލުއިތަކަށް ދެހަފްތާ ވީތަނުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ، މިހާރު ވަނީ ފައްސިވާ މީހުންގެ އަދަދު ކޮންޓްރޯލުން ނައްޓާލާފައެވެ.
ރައީސް ވިދާޅުވީ މިއީ ކުރީގެ ވާހަކަ ނުދައްކާ ކޮވިޑުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ކުރަނީ ހަމަ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ސަަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ދެމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އުއްމީދަކީ މިރެއިން ފެށިގެން އަޅަމުންދާ އިތުރު ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އަލުން އާއްމު ދިރިއުޅުމަކަށް ރުޖޫއަވެވުމެވެ.
"ސަރުކާރުން އެންމެ އިސްކަން ދެނީ މިބަލިމަޑުކަމުން އަރައިގަތުމަށް. ސަރުކާރުގެ ހުރިހާ ވަސީލަތެއް މިކަމަށް ބޭނުން ކުރާނަން. މިއަޅާ ފިޔަވަޅުތައް ތަންފީޒު ކުރެވިއްޖެނަމަ މާލަސްތަކެއް ނުވެ އާއްމު ހާލަތަކަށް ރުޖޫއަވެވޭނެ ކަމަށް އުއްމީދު ކުރެވޭ." ރައީސް ވިދާޅުވިއެވެ.
ކޮވިޑުން ސަލާމަތްވުމަށް މާދަމާ އިން ފެށިގެން މާލޭގެ މަގުތަކަށް ނިކުމެވޭނީ ހާއްސަ ހުއްދައެއް އޮތް ފަރާތްތަކަށް އެކަންޏެވެ.
ވެކްސިން ޖެހީމަ ލުއިވެސް ނުދިން ކޮމިއުނިސްޓް ޑިކްޓޭޓަރ ސަރުކާރު
ޢާ ވެކްސިން ޖެހިފަހުން އަދި އެކަކުވެސް ޕޮޒިޓިވް ނުވޭ😃😃😃
ބެސްޓްފްރެންޑް ވޭރިއެނޓް. ބެސްޓްފްރެންޑް ޖަރީމާ. ބެސްޓްފްރެންޑް ވައްކަން.
ބެސްޓްފްރެންޑްސް ރައްޔިތުން ހަނާކޮށްފި ދަވާލައިފި ބަލިޖައްސާ އާމްދަނީތައް ހުއްޓުވާ ރައްޔިތުން ބަނޑައްޖައްސާ ބަލިމަޑުކަމެއް ފަތުރާ މިޔޮއް ސަޅި ގައުމު މުޅިން ބަނގުރޫޓުކޮށްފި. ލައިކް އިން އަ ރިޔަލް މޫވީ. އެންޑް ދެއި އާ ލިވިންގް ލައިކް ކިންގްސް އެންޑް މިލިއެނާސް. އިސްތިއުފާ ރައީސް ސޯލިހް އިސްތިއުފާ އައްނި އިސްތިއުފާ އެމްޑީޕީ އެންޑް ކޯލިޝަން.
"""ޒީރޯ ޓޮލެރެންސް."""
އަހަރުމެންގެ ރައީސް އަކީ ރައީސް ޔާމީން.. ކަލެއަށް ރައީސް ކިޔަން ޖެހޭތީ ފަކުރުގަނޭ
ޢަހަރުމެންނަކަށް އެއްވެސް މީހެއްނޫން ތިޔާމީނަކީ.
އަހަރުމެންގެ ރައީސް އެއީ ރައީސް ޔާމީނުވެސް އަދި ރައީސް އިބްރާހީމްވެސް. ދެ ރައީސުންނަށްވެސް އަހަރުމެން އިޙްތިރާމް ކުރަން.
ލޮކްޑައުންކޮށްގެން ރައްޔިތުންނަށް ބަލާވެރިކަން ނުޖައްސާ އިސްތިއުފާ ދެއްވަބަލަ
މި ސަރުކާރު އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ
ޑިކްޓޭޓަރ ކޮމިއުނިސްޓް އަނިޔާވެރި ސަރުކާރު
އެމްޑީޕީ އަކީ ކޮވިޑު ފަތުރާ ޕާޓީ
ކޮވިޑް ކޮންޓުރޯލުންނެއްޓުނީތޯ ނުނީ ނައްޓުވާލީތޯ ؟
އިތުރު ކަންކަން ވެސް ކޮވިޑް ފެތުރުމުގެ ސަބަބެއްގެ ގޮތުގައި އޮވެދާނެ އެެީ އުނޑިޔާ ފަތުރު ވެރިން
ބުނަން ނުކުތެވުނު އެހެން ވޭރިއެންޓް ފެންނަ ވާހަކަ ބުނެވުނީ
ބިރުގަންނަނީ
ފަހުން އެބުނީނު އިގްތިސާދަށް ވިސްނަށް ޖެހޭކަމަށް
ދެން އެބުނީ ލޯނު ނަގައިގެން ރައްޔިތުންނަށް އެހީވާނަމޭ
ކުރިންވެސް މިގޮތަށް ކަންތަށްކުރެވުނީހެއްނު
ޑިކްޓޭޓަރ އެކޭ ކޮބާ ތަފާތެއް.. ރައްޔިތުން ގޭގަ ބަންދުކޮށްގެން ބަޖެޓު ދަވާލައިފި
ފަރުދީ ޒިންމާ ގިރައިގެން ބޮއެގެން އަޅުގަނޑުމެން މިތިބީ
އެއްބަސް ވުމަކުން ނުފުދޭނެ ރައްޔިތުންނޭ ފިޔަވަޅުއަޅަން ގޮވާލާ ރައްޔިތުން ހަނާކުރީ ޖެހޭނީ ފައިބަން މާފެން ނުކުރާނެ ރައްޔިތުންނެއް
އެއްބަސްވެއްޖެ އެކަމަކު ފެއިލަރ ގަބޫލު ނުކުރޭ މަރުވި އެންމެންގެ މަރުގެ ދިޔަ ދޭން ގޮވާލަން ތިތަ ތިބި 2 މީހުންނާ ގިތާމަތްދުވަހުން ދައުވާ ކުރެވޭނެ މިއަދު ގަބޫލުނުކޮއް ތިބޭ ވެރިކަމަކީﷲ ދެއްވާ އެއްޗެއް
އަވަހަށް އިސްތިއުފާދީ.
ކަލެއަށް ވަލިއްޔުލް އަމުރު ކުފޫހަމަ ނުވޭ.
ކަންކަން ކުރެވޭ މީހުނާއި ޤައުމު ޙަވާލު ކުރޭ.
މިހާރު އައްޑޫގައި ހަދާ ކޮންސުލޭޓް ވަގުތުން ހުއްޓުވާ. ލަދުޙަޔާތް ކޮބާ . ދިވެހި ރައްޔިތުން ވެރިކަން ޙަވާލު ކުރީ އިންޑިޔާގެ ގެރިމޯދީ ބޭނުން ހާކަމެއް ދިވެހި ދަވްލަތަށް ހަދާކަން ނޫން. ކޮންހާ ކޮންސްލޭޓްތަކެއް. މުސްލިމުންދެކެ އެހާ ެެުެެުެެުެެުެެުެެެުެެުެެުެެުެެުެެުެެުެެުެެުެެެުެެުެެރުޅި އަންނަ ދައްޖާލަކު ދިވެހި ރައްޔިތުން ނަށް ހެޔޮއެދޭނޭތަ. ޑރ. އިޔާޒޫ އިލްޔާސޫ މިދުޢާ ދެއްވާފައި ތިބޭ މީހުން އުޅޭގޮތްތޭ.
ތިވީގޮތުން އިސްތިއުފާ ދިނުން ނޫންގޮތެއް ރައްޔިތުން ނޭދޭ. ވީމާ މިހިނދުން މިހިނދަށް އިސތިއުފާ ދެއްވާ!
ލުއިދޭން ނުޖެހޭވަރަށް ލުއިދިނީމަ ވީވަރަށްބޮޑެތި ގެއްލުންތަކެއް.ފުއްޏަކަށް ފުރާނަތަކެއްގޮސް ފަރުވާ
އެއްދެވެންނެތްރަށްތަކަށްވެސް ވަރަށް ހަލުވިކަމާއެކު
ކޮވިޑު ދަތުރު ވަރަށް އަވަހަށްކޮށްބައެއްރަށްރަށުން
މަރާ ހަގުރާމަކޮށްފި. މީލެ، ހުޅުމާލެ، ވިލިމާލެ ފަދަ ތަންތަން ރައްކާތެރިކުރަން އޮފީސްތައްބަންދު. އަތޮޅު ތަކުގެރަށްތަކުގެ އޮފީސް ތަކާއި، ސްކޫލް ތައް ބަރާބަރަށް ހުޅުވޭ. ރަށްތަކުން ސަރުކާރު ހިންގެނީކަމަށް ބެލެވޭހިސާބަށްދިޔަކަމަށް ބެލެވޭ
ވަރުމިހާރު ވީނޫންތޯ؟ނޫނީ ތިކިޔާ ރާއްޖެތެރެއަށް ކޮންމެގޮތެއްވިއަސް އޯ.ކޭ.ވަނީކަމަށްބެލެވޭވަރު ވެއްޖެ ނޫންތޯ؟ މިދެންތަންފުކެއްދެރަވަރު.
ނަމަނަމަ އިންޑިއާގެ ވާހަކަ ނުބުނާތި!!!
މިހާރު އިސްތިއުފާ ދީ އެއްކަމެއްވެސް ކުރެވޭ ކުރަން އެގޭ ބައެއްނޫން
ކޮވިޑް ފެތުރުމުގަ އެއްމެ އިސް ރޯލެއް އަދާކުރީ ކެނެރީ ނަޝީދުއާ އިބޫ ސޯލިހު.
ހާއްސަ ހުއްދަ ހުރިހާ ވެސް ނުބައެއް ހެދީ. ދައުލަތުގެ ބޮޑުންނަކީ ކޮވިޑް ފްރީ ބައެއް ކަމަށް ހަދައިގެން މުޅި ގައުމަށް ކޮވިޑް ފެތުރީ
އިސްލާމްދީނުގައި ހުރި ހައްދު ތަކަކީ ހަރުކަށި އަދަބުތަކެއް ކަމަށް ބުނަމުން ދިޔަމީހުންނަށް ވެސް އެބަޤަބޫލުކުރެވެއެވެ.ގޯސްކޮށް ހިނގަމުންދާ ކަންކަން ރަގަޅުކުރެވޭނީ ހަރުކަށި ފިޔަވަޅު އަޅައިގެންކަން.މިއަދު ސަރުކާރުން މިދައްކަނީ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކައެވެ. ހަރުކަށި ޢަމަލަށް ގޮވާލާތީ ވަރަށް ކަންބޮޑުވެއެވެ.
ބަލަ އިބްރަާހިީމް ކަލެޭ ބެޭކަާރު ވަާހަކަ ނުދައްކަާ އިސްތިއުފަާ ދިީ
ޢެމްޑީޕީ ގެ ތިނަދޫ އުތުރު ދާއިރާގެ ޕާލަމެންޓްމެމްބަރ ޓީޥީ ލައިވް އެއްގާ ބުނި އިދިކޮޅު މީހުނަށް ކޮވިޑް ޖައްސާނަމޭ! ޢެހެންވީމާ މިވާގޮތް ވަރަށް ސާފު!
ރައީސް ފެއިލް ވެއްޛެ، އިސްތިއުފާދެއްވާފަ ގެއަށްވަޑައި ގަންނަވާ!
ސަަބަހެެް ރައިސު
މިހާރު ކިތަންމެ ވަރަކަށް ބުންޏަސް ބުނެވޭނީ ތެދު މި ސަރުކާރުން ވަނީ މުޅިން ފެެއިލު ވެފައެވެ
ރައީސް މައުމޫން ރައީސްވަހީދު ރައިސް ޔާމިންވެސް މިގައުމުގަ ވެރިކަންކޮއްފި އެދުވަސްވަރު އިންޑިޔާގެ ކެބިނެޓްއިންވެސް ނޫނީ މިގައުމުގަ ހުންނަ އިންޑިޔާ އެންބަސީއިންވެސް ދިވެހިރާއްޖޭގަ ކަންކަން ކުރުމައްއިސްވެ އިއުލާންނެއްނުކުރެ ނަމަވެސް މިހާރު މިފެންނަނީ ގިންކަންކަން އެމީހުންބޭނުންވާގޮތައް އެމީހުން އިއުލާނުކުރާތަން މިގައުމުގަ މިހިރަވެރިޔަކައް ީންކަމެއް އިންގޭކަމަކައްނުވޭ
ވަކިމީހެއް ނުވަތަ ވަކި މުއައްސަސާއެއްގެ ބޮލަށް ކަނޑާލާއިގެން މިކަމެއް ވާކަށް ނެތް، ހުރިހާ އެއްމެންވެސް މިކަމުގެ ޒިއްމާ ނަގަން ޖެހޭނެ، ގައުމުގެ ވަލިއްޔުލް އަމުރުން، ރައްޔިތުންގެ މަޖިލިސް، އިދިކޮޅު ޕާޓީތަށް، އަދި އާންމު ފަރުދުންވެސް ޒިންމާ ނަގަން ޖެހޭނެ. ހެޗްޕީއޭއިން ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއިދޭން ޖެހުނު ސަބަބަކަށްވީ ލޯކަލް ކައުންސިލް އިންތިހާބު، ވޯޓުލާން ބޮނޑިޖެހިގެން ދިޔަ އެންމެ މި ކަމުގެ ޒިއްމާ ނަގަން ޖެހޭނެ، ޔާމީނު މިނިވަން ކުރަން މަގުތަކުގައި ލާ ހުރުނު ގުރޫއްޕް މިކަމުގައި ޒިންމާ ނަގަން ޖެޙޭނެ، ކެމްޕޭނުކުރަން ގޭގެޔަށް ގުރުއްޕް ހަދާފަ ދިޔަ މީހުން ޒިންމާ ނަގަން ޖެހޭނެ، ކޮވިޑަކީ އާދައިގެ ރޯގައެއްކަމަށް ގޮވި މީހުން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ، މާސްކު ދަތްދޮޅީގައި އަޅައިގެން ކަންމަތި ތަކުގައި ކޮފީބޯން ތިބި މީހުންވެސް ޒިންމާ ނަގަން ޖެހޭނެ.
ލަދުވެސް ކުޑަ ސޮރެއް
ފެއިލްވީމަ ނޫންތޯ ލުއިތައް ޕާޓީގެ ހައްގުގަ ދީގެން ރަށްރަށައް ކޮވިޑް ފެތުރީ. ދެން ކޮން އިއުތިރާފެއްތޯ. ނަސީދު ފުރެންޑް ބުނާ ގޮތް ހަދާގެން ހުރޭ. ދެން ފައިބަން އުޅޭ
މުޅި ބަޖެޓާއި ހިލޭ އެހީ، ވެރިކަމައް އަންނަން ފަންޑުކުރި މީހުންނައް، ބަދަލުގެ ގޮތުގައި، ދީ ހުސްކުރީމައި، ދެން ކޮވިޑްގެ މިހާލަތް މެނޭޖްކުރަން ހޭދަކުރާނެ ފައިސާއެއް ނެތޭ. ވަގު ސުލޯލިހު އިސްތިއުފާ!!. ދިވެހިން ބޭނުމެއްނުވޭ މިހާރު މިކަހަލަ ނޮންކޮންކުރީޓް ޖަޒީރާ ބީތާ ތަރައްގީއެއް.
ރައްޖެ ހަދާފަ އޮތީ މުއްސަދި ޤައުމުތަކަށް ދިއުމައްޓަކައި 14 ދުވަހުގެ ކަރަންޓީނުވާ ފެސިލިޓީއެއްގެ ގޮތުގައި، ކަރަންޓީނު ވާމީހުން ވައިރެސް ސާފުކޮށް ފޮޅާ ތަނެއްގެ ގޮތުގައި އަދިވެސް އޮތުމުން ' ބަލި ބޮޑަށް ފެތުރެން ފެށީ ކަރަންޓީނާއި ހިލާފު ވުމުން !
މޮޔަ އިބުރާހިމު އެހެން ރޭރޭ ހުންނަނީ ބިރުންގޮސް ގަޔަށް ސީލެވޭވަރުވެފަ. ވެދާނެ މުސްކުޅިންކޮޅު މަރުވެގެންދާތީ އުފަލުން އެ ދޭންޖެހޭ 5000ރުފިޔާ މި މީހުންނަށް ބައި އަޅަން ހުންނާނެތީކަންނޭގެ. އަވަހަށް އެވެސް ދިރުވާލާ
ރައީސްގެ އިޢުތިރާފާއެކު ސަރުކާރު ހިންގަންތިބި ވެރިންނަށް ދަޢުވާ ކުރެވެންވާނެ.
މިކަމުގައި ހުރިހާ މޮޅެއް ހޯދަން އުޅުނީ އެމް.ޑީ.ޕީ. .. ކައުންސިލް އިންތިޚާބުވެސް ލަސްވެގެން މަޖްލިސް ގެ ރައީސް ތަޅުމުގައި ރޭސްވެ އިންތިޚާބު ބޭއްވޭނެއޭ ތިމަންނަގެ ދަރިފުޅު ސުކޫލަށް ނުދާން ދައްކާ ކަހަލަ ވާހަކަ ދައްކާނެ ކަމެއްނެތޭ ވިދާޅުވެ ވަރަށް އަޑުގަދަ ކުރެއްވި. ދެދުވަހެއްގެ ތެރޭގައި އެޗް.ޕީ.އޭ އިން "ޚާއްޞަ އުޞޫލެއް" ހަމަޖެއްސި. މި އުޞޫލުގެ ޚާއްޞަ ކަމުގެ ފައިދާ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ނަގައި ކެމްޕޭނު ދަތުރުތައް ފެށި. އިންތިޚާބަށް 2 ދުވަހަށް ކައިރިވީމާ މާލޭގައި ތިބި އެހެން ރަށްރަށު މީހުން ، ކާނެ މަސް ހޯދަން ހެދުނު ގޮސްފައި ހަވީރު ހާއްޔަށް އަންނަ ދޫނިތައް ފަދައިން ވަރަށް ލުއިފަސޭހަ ގޮތަކަށް ވޯޓްލާން ދެވޭނެ އުޞޫލެއް އެޗް.ޕީ.އޭ އިން ހަމަޖެއްސި.
ގަލްފްގެ ޤަވްމުތަކުން އިންޑިއާއަށް އަންނަ އިންޑިއާ މީހުން ގެ ކަރަންޓީނު ހާއްޔަކަށް ރާއްޖެ ހެދި. ނަތީޖާއެއްގެ ގޮތުން ގަލްފުން އައި އިންޑިއާ މީހުން ރާއްޖެ އައިސް ނަމަކަށް ކަރަންޓީނުވި.
މިކަހަލަ ކަންކަމުގެ މޮޅު އެމް.ޑީ.ޕީ އާ އެޕާޓީ ގެ މަތީ މީހުން ނެގި.
އާޚިރުގައި ހުރިހާ ދެރައެއް މި ލިބުނީ ދިވެހި ރަޢިއްޔަތުންނަށާ ޤަވްމަށް. އެހެންބަޔަކު ފޮނިކޮޅު ބޮއި ނިންމީމާ ޢާންމުން މިޖެހުނީ ގޭގައި ބަންދުވާން. މިހާވަރަށްވެސް މި އެއްބަސްވީ ކޮވިޑް ގެ މަސްއަލާގައި ސަރުކާރު ފޭލްވެ ފެސިލިޓީޒް ސެންޓަރ ގެ ދޯހަޅިކަން ފަޅާއަރައި ނޫސްތަކުގެ ފަލަ ސުރުޚީއަށް ވީމާ. މަރުވަމުން ދާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވާ ވާހަކަ މުޅި ޤަވްމުގައި ގުގުމާލީމާ.
ފިތުނަ އުފެއްދުމާއި ،ދޮގުހެދުމާއި ، މީހުންނަށް ތެދުޚަބަރު ފެތުރުމާއި މިއީ ދެކަމެއް. " އަހަރެންއަޑުއަހަން އިންވަގުތު ރައީސް ވިދާޅުވީ " ސަރުކާރުން ދެވުނު ލުއިތަކަކީ މިގޮތަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް ކަމުގއިވުމުގެ ފުރުޞަތުއެބައޮތޭ" އެކަމަކު ހަމައެވަގުތުވެސް ، ކޮންމެވެސް ބޭފުޅަކު ވަގުތުން ސުރުޚީ ހަދާލާ ލިޔުއްވީ ސަރުކާރުން ކޮވިޑުފެތުރީކަމަށް ، މިމޭރުމުން ، އަހަރުން ހަނދާން ބަލިނޫންނަމަ ، މުޒާހަރާތަކާއި ، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއްނާޅާ އުޅުމީހުންނާއި ދަތުރުތަކާއި ،ޙަފުލާތައްބާވާ މަޖާކުރިމީހުންނާއި ކެފޭތަކާއި ރެސްޓޯރެންޓުތަކުއި އެތައްގަޑިއެއްވަންދެން ސިނގިރެޓުބުއިމާއި ވާހަކަދެއްކުމުގަތިބިކަން ހަނދާން އާކޮށްލެއްވުނން ރަނގަޅު. ދުނިޔޭގަ ވެކްސިންލިބުނން ދަތިވެފއިވީ ދުވަސްކޮޅުވެސް ލިބުނު ނިޢުމަތަށް ޝުކުރުވެރިވުމުުގެ ބަދަލުގައި ، ގެރިގުޔޭ ، ޓެސްޓުނުކޮށް ދިވެހިންގެގަޔާށް ޖަހަންގެނނައި އެއްޗެކޭ ކިޔައި ނޫސްކޮފަރެންސުތައްބޭއްވި އެކިގޮތްގޮތައް ހެޑިންތައްލިޔެ ވިރުވެރިކަން އުފެއްދި މީހުންވެސް ތިބޭނެ،، އޭގެ ނަތީޖާއެއްގެގޮތުން ، ވެކްސިން ޖަހަން ދިވެހިން ނުގޮސްތިއްބާ ބޭރު ްައިުމުތަކަށް ނިސްބަތްވާ މީހުން އޭގެ ބޭނުން ހިފިކަންވެސް ހަނދުމަނެތުނީތޯ ، އިލެކްސަން ބޭވުންެސް މީ މީގެ އެއްސަބަބު، ތިމާމެން ފޮރުވިގެންތިބެ ތިޔާލިޔުމާއި އުފައްދާ ފިތުނަތަކުން އަދި ދައްކާ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހޭދުވަހެއް އެބައޮތްކަން ހަނދުމަކޮށްދެން ، މިއަދު މިޤައުމުގައި ކޮންމެ ދެމަފިރިއަކަށް ނޫހެއްނެރެގެން ކުރަނީ ކޮންކކަމެއްކަންވެސް ދިވެހިރައްޔިތުންނަށްއެނގޭ! ދުރުމަޒީއެއްގައެއްނޫން 2 ނޫހާއި 3 ޓީވީއެއް ހުރިޒަމާންދިޔައީ ، އަވަހަށް ވިސްނާލާ ޤައުމުސަލާމަތްކުރަން މަސައްކަތްކުރަމާހިނގާ . މިކޮމަންޓު ޖަހައިދިނުންއެދެން.
އެހާ ލުއިގޮތަކަށް ނިންމައެއް ނުލެވޭ. އިންޑިޔަން ވޭރިއަންޓް އިމްޕޯޓް ކުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ، ބަލިވެ، އާއިލާތަކަށް އެތައް ގެއްލުމެއް ނަފްސާނީ ގޮތުންނާ މާލީ ގޮތުން ލިބި، މުޅި ރާއްޖެ ހާލުގަ ޖެއްސީ. މިކަމަށް ޒިންމާނަގާ، މާފަށް އެދެން ޖެހޭ.
ހިއެއްނުވޭ ރޭގަ އެއްފަހަރުވެސް މި ލިބެމުންދާގެންލުންތަކާ ހެދި ހިތާމަ ކުރާކަމެއް، މި ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރުނީތީ މާފަށް އެދުނު ހެން.
ހަމަ ހުރިހާކަމެއް އޯކޭ ކިޔާފަ ކުރިޔަށް. މާފެއް ނުކުރެވޭނެ!!